ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޭޔަރުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިޔަށް ނުގެންދެވޭނެކަމަށް އެލްޖީއޭއިން އަންގައިފި

ސިޓީ ކައުންސިލްގެ މޭޔަރު އަދި ޑެޕިއުޓީ މޭޔަރު
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ސިޓީ ކައުންސިލްގެ މޭޔަރު ސިފާ މުޙައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިޔަށް ނުގެންދެވޭނެކަމަށް ލޯކަލް ގަވަރމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން އަންގައިފިއެވެ.

މޭޔަރު ޝިފާގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލަ މިއަދު 3 ޖަހާއިރަށް އެޖެންޑާކޮށްފައިވަނިކޮށް އެލްޖީއޭއިން އެކަން ހުއްޓުވީ އެ އޮތޯރިޓީން ކުރިޔަށް ގެންދާ އިންކުއަރީއަކާއި ގުޅިގެންނެވެ. އެކަން އަންގާފައިވަނީ އެލްޖީއޭގެ ސީއީއޯ އަފްޝަން ލަތީފެވެ.

ސިޓީ ކައުންސިލްގެ 13 މެންބަރުންގެ ތެރެއިން 8 މެންބަރަކު ސޮއިކޮށް ޝިފާގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅީ، 39 މައްސަލައެއް ފާހަގަކޮށެވެ. އެ މައްސަލަ ހުށަހެޅީ މެންބަރު ފަޒީނެވެ. އޭނާގެ ތުހުމަތަކީ ލާމަރުކަޒީ ގާނޫނާ ޚިލާފަށް، މޭޔަރު ބޭނުންވާ ގޮތަށް ކައުންސިލް ހިންގުމެވެ.

އެލްޖީއޭއިން ފޮނުވި ސިޓީގައިވަނީ ސިޓީ ކައުންސިލްގެ 2 ކައުންސިލަރެއްގެ މައްސަލައެއް އެލްޖީއޭއަށް ހުށަހެޅި، އެ މައްސަލައިގެ އިންކުއެރީ ނުނިމެނީސް އެ ދެކައުންސިލަރުން ސޮއިކޮށް ހުށަހަޅާފައިވާ މައްސަލަ ކުރިޔަށް ނުގެންދެވޭނެކަމަށެވެ.

“އިންކުއަރީ ހެދުމުގެ މަސައްކަތް އޮތޯރިޓީން ކުރަމުންގެންދާ މި ދަނޑިވަޅުގައި، މައްސަލަ ރައްދުވާ ކައުންސިލަރަކު ހުށަހަޅުއްވާފައިވާ، ތިޔަ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދާއި ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފްގެ އިތުބާރު ނެތްކަމުގެ ވޯޓު މިވަގުތު ކުރިއަށް ނުގެންދެވުމަށް ދެންނެވީމެވެ،”

އެ އިންކުއަރީ ހަދަނީ ފަޒީން އާއި ހެންވޭރު ދެކުނު ދާއިރާގެ ކައުންސިލަރު އިބްރާހިމް މަނިކާ ގުޅޭގޮތުން އެލްޖީއޭ އަށް ޝިފާ ހުށަހެޅުއްވި މައްސަލައާ ގުޅިގެންނެވެ. މުވައްޒަފުންނަށް ބިރުދެއްކުން ފަދަ ކަންކަންކުރާ ކަމުގެ ތުހުމަތުކޮށް އެ މައްސަލަ އެލްޖީއޭ އަށް ހުށަހެޅުއްވީ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 100%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: