ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް މައުމޫންގެ ޙާލުކޮޅު ރަނގަޅު, ދަރިކަނބަލުން ޔުމްނާ ކަަރަންޓީނުގައި

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 އިގެ އާލަސްކަންފުޅުގައި އުޅުއްވާ ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމްގެ ހާލުކޮޅު ރަނގަޅުވަމުން އަންނަކަމަށް އެ މަނިކުފާނު ދަރިކަނބަލުން  ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން  ވިދާޅުވެއްޖެއެވެ.

ރައީސް މައުމޫންގެ ހާލުކޮޅު ބަޔާންކުރައްވައި މިނިސްޓަރު ޔުމްނާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ  ބައްޕާފުޅުގެ ހާލުކޮޅު މިހާރު ރަނގަޅުވަމުން އަންނަ ކަމަށެވެ.  މީގެ އިތުރުން ޔުމްނާ ވިދާޅުވީ މަންމާފުޅު ނަސްރީނާ އިބްރާހިމްގެ ހާލުކޮޅު ވެސް  ރަނގަޅު ކަމަށާއި ބައްޕާފުޅު ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން ހޯމް ކަރަންޓީނުގައި ހުންނެވިކަމަށެވެ.

މިނިސްޓަރު ޔުމްނާ ހޯމް ކަރަންޓީނުގައި ހުންނެވިކަމަށް ވިދާޅުވެފައިވާއިރު ރައީސް މައުމޫނުގެ ދަރިކަލުން ޣައްސާން މައުމޫން ވަނީ ބައްޕާފުޅު ޕޮޒިޓިވްވުމާއި ގުޅިގެން ކޮވިޑަށް ޓެސްޓުކޮށްފައެވެ. މި ގޮތުން ޣައްސާންގެ ސާމްޕަލްނަގައި ހެދި ތަހުލީލުތަކުން ދައްކާގޮތުގައި އޭނާ ވަނީ ނެގެޓިވްވެފައެވެ.

ރައީސް މައުމޫން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަމަށް ވިދާޅުވީ މިދިޔަ އަންގާރަ ދުވަހުގައެވެ. ހައިރިސްކް ކެޓަގަރީގައި ހިމެނިވަޑައިގަންނަވާ ޢުމުރުފުޅުން 82 އަހަރުގެ ރައީސް މައުމޫން ފަރުވާ ހޯއްދަވަމުން ގެންދަވަނީ ދަރުމަވަންތަ ހޮސްޕިޓަލުގައެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 25%ވަރަށް ގަޔާވޭ 25%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: