ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައްޔިތުންގެ ހައްގުގައި ބޭއްވި އެއްވުމުގައި، ގައިދުރުކަން ނެތް، މައްސަލަ ބަލަނީ!

ސައިކަލު ބުރުގެ ތެރެއިން ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅު ކޯލިޝަނުން މިއަދު ހަވީރު މާލެ ސަރަހައްދުގައި ބޭއްވި ސައިކަލު ބުރުގައި ހެލްތު ޕްރޮޓެކްޗަން އެޖެންސީގެ ގައިޑްލައިންތަކާއި ޚިލާފްވި މައްސަލަ ބަލަމުންދާނެ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން ބުނެފިއެވެ.

މީޑިޔާތަކަށް މައުލުމާތު ދެއްވަމުން ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވި މިއަދު ބޭއްވި ސިޔާސީ ހަރަކާތުގައި އެޗްޕީއޭގެ މިންގަނޑުތަކާއި އެއްގޮތަށް ގައިދުރުކަން ބަހައްޓާފައިނުވާ ކަމަށާއި އަދި މާސްކު ނާޅާ ހަރަކާތްތެރިވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އެކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާނެ ކަމަށެވެ.

މިއަދުގެ އެއްވުމާއި ގުޅިގެން ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ ރައްޔިތުންގެ ސިއްޙީ ރައްކާތެރިކަން ނަގާލުމާއި، ހިޔާލްފާޅުކުރުމުގެ މިނިވަން ކަމާއި ދެމެދު ވަރަށް ބޮޑު ފަރަގެއްވާ ކަމަށެވެ.

އެގޮތުން މިނިސްޓަރ އިމްރާން ވިދާޅުވީ ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅިގެން އެޗްޕީއޭއިން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ހުރިހައި ފަރާތްތަކަކުން ތަބާވުމަށް ގޮވާލާ ކަމަށެވެ.

މީގެ ކުރިން އިދކޮޅު ކޯލިޝަނުން ހަވާލުނުވެ، ބައިވެރިވަމުން ގެންދިޔަ މުޒާހަރާތަކުގައިވެސް މިފަދަ މައްސަލަތައް ވަނީ ފެންމަތިވެފައެވެ. އެގޮތުން، މީގެ ދުވަސްތަކެއް ކުރިން ރޭގަނޑުގެ ވަގުތުތަކުގައި ބާއްވަމުންދިޔަ މުޒާހަރާތަކުގައި މާސްކު ނާޅާ އުޅުމާއި، މާސްކް ބިންމައްޗަށް އުކުންފަދަ ކަންކަން ވަނީ ފެންމަތިވެފައެވެ. އެހެންނަމަވެސް، އޭރު މިކަމާއިމެދު ފުލުހުން އެއްޗެއް ހާމަކޮށްފައިނުވިނަމަވެސް، މުޒާހަރާގެ ތެރޭގައި ފުލުހެއްގެ ގަޔަށް ހައްޕުޑު ޖެހި މައްސަލަ ބަލަމުންދާނެކަމަށް ވަނީ ބުނެފައެވެ.

މިވަގުތަކީ، ކޮވިޑް-19ގެ ކޭސްތައް ފެންނަ މިންވަރު އިތުރުވަމުންދާ ދުވަސްކޮޅެއްކަމަށް ވުމާއެކު މިަފަދަ ހަރަކާތްތަކުގެ ސަބަބުން ކޭސްތަކުގެ ނަމްބަރުތައް އިތުރުވަމުންދާނެކަމަށް ބުނެ ގިނަ އަދަދެއްގެ އާންމު ރައްޔިތުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އިލެންޝަންސް ކޮމިޝަނުން ވަނީ ސިޔާސީ ހަރަކާތްތައް ހިންގުމުގެ ގާނޫނުތަކާއި ހިލާފުވާނަމަ ފިޔަވަޅު އަޅާނެކަމުގެ އިންޒާރުވެސް ދީފައެވެ. އެހެންނަމަވެސް، އޭރު ބާއްވަމުން އައިސްފައި ވަނީ އިދިކޮޅު ކޯލިޝަންގެ މުޒާހަރާއެއްނޫން ކަމަށާއި އެއީ ރައްޔިތުން ބާއްމުންދިޔަ މުޒާހަރާތަކެއް ކަމުގައި އިދިކޮޅުން ދިޔައީ ބުނަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: