ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލޭގައި ހިނގި އަލިފާނުގެ ހާދިސާއަކީ އިންޑިއާއި މެދު ނަފްރަތު އުފައްދަން ހިންގި ޓެރެރިޒަމްގެ އަމަލެއް :އަނދުން ހުސެން

ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެން ޝަމީޟް: ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގައި ހިނގި އަލިފާނުގެ ބޮޑު ހާދިސާއަކީ އިންޑިއާއި މެދު ނަފްރަތު އުފައްދަން ބަޔަކު ހިންގި ޓެރެރިޒަމްގެ އަމަލެއް ކަމަށް ރައްޔިތުންގެ މަޖިލީޙުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެން ޝަމީޟް (އަނދުން ހުސެން) ވިދާޅުވެއްޖެއެވެ.

ހެންވޭރުގައި ހިނގި އަލިފާނުގެ ބިޑު ހާދިސާ އަކީ ބަޔަކު މީޙުން ހިންގި ޓެރެރިޒަމްގެ އަމަލެއް ކަމަށް އަނދުން ހުސެން ތުހުމަތު ކުރެއްވީ އިންޑިއާގެ ބޭންކް ސްޓޭޓް ބޭންކް އޮފް އިންޑިއާ ހުންނަ އިމާރާތުހައި އަލިފާން ރޯވެ ބެންކް ހިންގަމުންދާ އިމާރާތަށް ބޮޑެތި ގެއްލުންތަކެއް ލިބުމާއި ގުޅިގެންނެވެ.

އެސްބީއައި، އާއި އުރީދޫގެ އޮފީހާއި ބޮޑެތި އެހެން ކުންފުނިތަކުގެ އޮފީސްތައް ހިންގާ، ގަދަގޭ މުހައްމަދުފުޅު ބިލްޑިންގުގެ އެންމެ މަތީ ފްލޯއާއި ޓެރަހުގައި އަލިފާން ރޯ ގެއްލުންތައް ވެފައި ވެއެވެ.

މި ހާދިސާއަކީ ގަސްތަތުގައި ބަޔަކު ހިންގި އަމަލެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ސިފަ ކުރަމުންނެވެ. އެގޮތުން އަލިފާނުގެ މި ހާދިސާއަކީ ހިނގި އެކްސިޑެންޓެއްގެ ސަބަބުން ވީ ކަމެއް ނޫން ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ސާޝަލް މީޑިއާގައި އަލިފާނުގެ ހާދިސާއާއި ގުޅިގެން ގިނަ ވާހަކަތަކެއް ދެކެވެމުންދަނިކޮށް އަނދުން ހުސެން  ކުރެއްވި ޓުވިޓުގައި ވިދާޅުވީ މާލޭގައި ހިނގި އަލިފާނުގެ ބޮޑު ހާދިސާއަކީ އެކްސިޑެންޓަކަށްވުރެ ބޮޑަށް އިންޑިއާއާއި މެދު ނަފްރަތު އުފައްދަން ބަޔަކު ހިންގި ޓެރެރިޒަމްގެ އަމަލަކަށް ވުން ގާތް ކަމަށެވެ. އެކަމުގެ ހެއްކަކީ އިންޑިއާ ބޭންކުގައި އަލިފާން ރޯވެ އެނދުން ކަމަށް އަނދުން ހުސެން ވިދާޅުވިއެވެ.

އަނދުން ހުސެން ވަނީ މި އަމަލު ހިންގުމުގެ އަޑީގައި ތިބި މީހުން ހޯދާ އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ފުލުހުންނަށް ގޮވާލާފައެވެ.

މާލޭގައި ހިނގި އަލިފާނުގެ މި ބޮޑު ހާދިސާ މުޅިން ކޮންޓްރޯލް ކުރެވުނުއިރު ބޮޑެތި ގެއްލުންތަކެއް ލިބިފައި ވެއެވެ. އަލިފާން ކޮންޓްރޯލް ކުރުމަށް ތިން ގަޑިއެއްހާއިރު ވަނީ ހޭދަވުމަށް ފަހު އެވެ. ފުރަަތަމަ އަލިފާން ރޯވީ ބޮޑުތަކުރުފާނު މަގުން އާޓިފިޝަލް ބީޗާ ދިމާއަށް ވާގޮތަށް ހުންނަ “ކެފޭ ޓިއޯލޯ” ގެ ނަމުގައި ކެފޭއެއް ހިންގަމުން އައި ދެ ބުރި އިމާރާތުގަ އެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: