ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ސާލިޙް ބޭރަށް ނިކުމެވަޑައިގަތީ އެޗްޕީއޭގެ ގަވާއިދާ ހިލާފަށް، އެއްވުން ހަޖަމެއް ނުވި: ޝިޔާމް

ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް: ފޮޓޯ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގައި އަލިފާނުގެ ބޮޑު ހާދިސާ ހިނގި ސަރަހައްދަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙް ވަޑައިގެންނެވީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ގަވާއިދާ ހިލާފަށް ކަމަށް ޕީޕީއެމްގެ ނައިބް ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް މިފަދައިން ވިދާޅުވީ މާލެ ސިޓީގައި ނުރައްކާތެރި މިންވަރަކަށް ކޮވިޑު ބަލި ފެތުރެމުންދާ ދަނޑިވަޅެއްގައި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން އިންތިޒާމުކޮށްގެން ބޭއްވި، އިހުތިޖާޖަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފާޑުވިދާޅުވުމާއި ގުޅިގެންނެވެ.

ހެންވޭރު ޑޮލަރު އޭޓީއެމްއާއި ޖެހިގެން ހުރި ކެފޭއެއްގައި ހިނގި އަލިފާނުގެ ހާދިސާއަށް ފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ އެ ސަރަހައްދަށް ވަޑައިގެންފައެވެ.

ހާދިސާ ހިނގި ސަރަހައްދަށް ވަޑައިގެން ރައީސް ސޯލިހު ވަނީ މީޑިއާތަކާއި ބައްދަލު ކުރައްވާފައެވެ. އަދި އެމަނިކުފާނުގެ ވާހަކަފުޅުގައި ވިދާޅުވީ މި ދުވަސްވަރަކީ ކޮވިޑްގެ ބަލިމަޑުކަމުގެ ނުރައްކާ ވެރިރަށް މާލެ ސިޓީގައި ބޮޑު ދުވަސްވަރެއް ކަމަށެވެ.އެހެން ނަމަވެސް ހެލްތް ެޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ގައިޑްލައިންތަކާއި ހިލާފަށް ބަަޔަކު އުޅެމުންދާ މަންޒަރު ފާހަގަ ކުރެވޭ ކަމަށެވެ.

ރައީސް ސާލިޙްގެ އެ ވާހަކަފުޅާއި ގުޅިގެން ޝިޔާމް ކުރެއްވި ޓުވިޓުގައި ވިދާޅުވީ އެޗްޕީއޭގެ ގަވާއިދާ ހިލާފަށް ރައީސް ސާލިޙް ބޭރަށް ނިކުމެވަޑައިގެން ދެއްވި އިންޓަވިއުއަކީ އަލިފާނުގެ ހާދިސާއަށްވުރެ ބޮޑަށް ހުކުރު ދުވަހު ހަވީރު ރާއްޖޭގެ ހުރިހައި ހިސާބެއްގައި ރައްޔިތުން ނިކުމެ ގައުމު ވިއްކާލުމާއި ދެކޮޅަށް ކުރި އިހުތިޖާޖު ހަޖަމް ނުވެގެން ދެއްވި އިންޓަވިއުއެއް ކަމަށެވެ. އަދި ވިދާޅުވީ ޕީޕީއެމް، ޕީއެންސީ އަބަދުވެސް ދާނީ ކުރިއަށް ކަމަށެވެ.

އިދިކޮޅު ކޯލިޝަނުން ހުކުރު ދުވަހު ހަވީރު ބޭއްވި އިހުތިޖާޖަކީ އެޗްޕީއޭގެ ގަވާއިދާ ހިލާފަށް ކުރިއަށް ގެންދިޔަ ހަރަކާތެއް ކަމަށް ރައީސް ސާލިޙް ވިދާޅުވެފައިވާއިރު ފުލުހުން ވިދާޅުވެފައި ވަނީ އިދިކޮޅު ކޯލިޝަނުން މާލޭގައި ކުރިއަށް ގެންދިޔަ ސައިކަލް ބުރަކީ އެޗްޕީއޭގެ ގަވާއިދާ ހިލާފަށް ބޭއްވި އެއްވުމެއް ކަމަށާއި އަދި އެ މައްސަލަ ބަލާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވި ޕީޕީއެމް،ޕީއެންސީ އިން ބޭއްވި ސިޔާސީ ހަރަކާތުގައި އެޗްޕީއޭގެ މިންގަނޑުތަކާއި އެއްގޮތަށް ގައިދުރުކަން ބަހައްޓާފައިނުވާ ކަމަށާއި އަދި މާސްކު ނާޅާ ހަރަކާތްތެރިވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އެކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާނެ ކަމަށެވެ.

ވަރަށް ގަދަ
20%ވަރަށް ގަދަ 20%ވަރަށް ގަޔާވޭ 20%ބޮޑު ޖޯކެއް 20%ހައިރާންވެއްޖެ 0%ވަރަށް ދެރަ 20%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: