ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަލިފާނުގެ ހާދިސާ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމެޓީން ބަލަނީ

އަލިފާނުގެ ހާދިސާގައި ކެފޭ ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފަ
ޝެއާރކޮށްލާ ކަހަލަދޯ؟

އެސްބީއައި ކައިރީގައި ހުރި ކެފޭއަކާއި އެސްބީއައި އިމާރާތުގައި ރޭ އަލިފާން ރޯވި މައްސަލަ ރައްޔިތުންގެ މަޖިލީހުން ބެލުމަށް ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކާއި ބެހޭ ކޮމެޓީން މި މައްސަލަ ބަލަން ނިންމާފައިވާއިރު، މިހާރު ވަނީ އެ ކޮމެޓީގެ ބައްދަލުވުމެއް ހޯމަ ދުވަހުގެ ހެނދުނު 10:00 ޖަހާއިރު ބޭއްވުމަށް ނިންމައި ކޮމެޓީ މެންބަރުންނަށް އެ ބައްދަލްވުމުގެ ނޯޓިސް ވަނީ ފޮނުވާފައެވެ.

މަޖިލީހުގެ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި އެ ކޮމެޓީން ރޭ މާލެ ސިޓީގައި ހިނގި އަލިފާނުގެ ބޮޑު ހާދިސާއާއި ގުޅޭގޮތުން މަޝްވަރާ ކޮށް  ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އާއި ފުލުހުން ކަމާގުޅޭ އިދާރާތަކުގެ އިސް ވެރިންނާއި ބައްދަލް ކުރުމަށް ވަނީ ނިންމާފައެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ލިބިފައި ނުވާއިރު އަލިފާން ރޯވި އިމާރާތަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: