ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖުލައި މަސް: ދަޢުލަތަށް ލިބުނު އާމްދަނީ ބޮޑު ތަނުން ދަށަށް

ޝެއާރކޮށްލާ ކަހަލަދޯ؟

ހުސްވި ޖުލައިމަހުގައި ދަޢުލަތަށް ލިބުނު އާމްދަނީ ބޮޑުތަނުން ދަށަށް ހިނގައްޖެއެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު 2019 ވަނަ އަހަރުގެ ޖުލައިމަހުގައި ދަޢުލަތަށް ލިބުނު އާމްދަނީއާއި އަޅާބަލާއިރު މި އަހަރުގެ ޖުލައިމަހުގެ ލިބުނު އާމްދަނީ %78 ދަށަށް ގޮސްފައެވެ.

ހުސްވި 2019 ވަނަ އަހަރު ޖުލައިމަހުގައި އާމްދަނީއާއި އެހީގެގޮތުގައި ދަޢުލަތަށް ލިބިފައިވަނީ 682.2 މިލިއަން ރުފިޔާއެވެ.

ނަމަވެސް މިއީ ހުސްވި އަހަރުގެ ޖުލައިމަހުގައި ދަޢުލަތަށް ލިބުނު 3.1 ބިލިއަން ރުފިޔާގެ އާމްދަނީއާ އަޅާބަލާއިރު 78 އިންސައްތަ ދަށް ޢަދަދެކެވެ.

ހުސްވި އަހަރުގެ ޖުލައިމަހުގައި ޓެކްސްގެ ގޮތުގައި ދަޢުލަތަށް 2.2 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. ނަމަވެސް މި އަހަރުގެ ޖުލައިމަހު ލިބިފައިވަނީ 589.2 މިލިއަން ރުފިޔާއެވެ.

ޓެކްސް ފިޔަވައި އެހެނިހެން ގޮތްގޮތުން އާމްދަނީގެ ގޮތުގައި ހުސްވި އަހަރުގެ ޖުލައިމަހުގައި 414 މިލިއަން ރުފިޔާ ލިބިފައިވާއިރު މި އަހަރުގެ ޖުލައިމަހުގައި ދަޢުލަތަށް ލިބިފައިވަނީ 87.8 މިލިއަން ރުފިޔާއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: