ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝަހުވަތުގެ ދާނުގައި ކަމަނާ ތި އޮށޯންނަނީ ކާކު ރުއްސަންހެއްޔެވެ؟

ޝެއާރކޮށްލާ ކަހަލަދޯ؟

އަންހެން ކަނބަލުން އައުރަ ނިވާ ކޮށްގެން ތިބުމަކީ އިސްލާމްދީން ނުހަނު ބާރު އަޅާ ނަސޭޙަތްތެރިވާ ކަމެކެވެ. އެއީ އައުރަ ނިވާ ނުކޮށް ހުރުމުން ލިބޭނެ ގެއްލުމާއި ފާފައިން އެކަނބަލުން ސަލާމަތް ކުރުމަށެވެ. އެހެނީ އައުރަ ނިވާ ނުކުރާ އަންހެނަކާއި ހަމައަށް ސުވަރުގޭގެ ވަސްވެސް ނުފޯރާނެކަމަށާއި ސުވަރުގޭގެ ވަހަކީ އެތައް އެތަކެއް މޭލު ދުރުމިނަށް ފެތުރިފައިވާ ވަހެއް ކަމުގައި ކީރިތި ޤުރްއާނުގައި ވެސް މާތް ﷲ ވަޙީ ކުރައްވާފައިވާތީއެވެ.

އައުރަ ނިވާ ކުރުމަކީ ތިމާމީހާގެ ބޮލުގައި ހަމައެކަނި ފޮތިކޮޅެއް އޮޅާލުމެއް ނޫނެވެ. ތިމާގެ ހަށިގަނޑުގެ ވަނާތައް އެހެން މީހުންނަށް ފާޅު ނުވާނޭހެން ވެސް ހެދުން އެޅުމެވެ. ބުރުގާ އަޅާފައި ގަޔަށް ބާރު ޓޮޕު ކޮޅާއިއެކު ފަޔަށް ބާރު ޖީންސް ލާފައި ހުރުމަކަށް އައުރަ ނިވާ ކުރުމެކޭ ނުކިޔާނެއެވެ. އަދި އެފަދައިން ބުރުގާ އަޅާފައި ހުރުމަކުން ވާފައިދާއެއް ވެސް ނެތެވެ.

ކަމަނާއެވެ. އިތާމުތަށްވުރެ އަގު ބޮޑީ ކަމަނާގެ ކަރާމާތެވެ. ކަމަނާގެ ތިއަ ނިޔަނެތި އަތްތަކުން މިއުންމަތަށް ހިދުމަށްކޮށްދޭނެ އެތަކެއް ދަރިންތަކެއް ތަރުބިއްޔަތު ކުރަމުއެވެ. ކަމަނާތިއީ ރާނީއެކެވެ. ޖަވާހިރެކެވެ. ވީއިރު ވަގުތީ ތައުރީފަށް ތިބާގެ ވަނާތަށް މުޅި ސޯޝަލް މީޑިއާއަށް ތިޔަ ދޫކޮށްލަނީ ކީއްވެގެންތޯއެވެ. ކަމަނާއެވެ. ބިރުވެތިވާށެވެ. ހައްގު ނޫން ތައުރީފަކުން ކަމަނާގެ ކަރުގައި ތިއަ އެޅިގެންދާ ހާރު ތިބާއަށް ނޭންގި ހުއްޓާ ކަރަށް ބާރުކޮށްލަފާނެއެވެ. ހަތް އުޑު މަތިން ރައްބުލް ކާއިނާތުގެ ނިޔާ ކަމަނާގެ މައްޗަށް އަންނަ ހިދު ތި ލިބުނު ” ލައިކްސް” ތަކުން ތިބާއަށް ކުރާނޭ ފައިދާއެއް މަންފާއެއް ނޯންނާނެއެވެ.

ރަގަނޅެވެ. ކަމަނާ ކުރުކޮށް ހެދުންލަނީ މަސްތުގެ ހާލުގައި ތިބި، ދިވެހި އަސްރާފުންގެ ސަހުވަތުގެ ނާސްތާއަކަށް ވާކަށްނޫނެވެ. އެހެންނަމަވެސް މައާފުުކުރާށެވެ. އައުރަ ނިވާަކުރުމަށް އަންގާފައިވަނީ ކަމަނާގެ ރައްކާތެރިކަމަށެވެ. ވީއިރު ކަމަނާ ކުރުކޮށް ހެދުންތިލަނީ ސަހުވަތުގެ ދާނަށް އަސްރާފުންނަށް މަރުހަބާ ކިޔަމުންނޫންކަމުގައިވީނަމަވެސް، އެކަމަކުން ކަމަނާއަށް ކުރާ ފައިދާއެއްވެސް ނެތެވެ. ބަދަލުގައި ތިޔަ ހުށަހެޅެނީ ބޭކާރު ހުށަހެޅުންތަކަކަށެވެ.

ތަފާތު ގޮތްގޮތަށް ތިމާގެ ފޮޓޯއާއި ވީޑިޔޯ ނެގުމަށްފަހު، ސޯޝަލް މީޑިއާތަކަށްލައި ޢާއްމުކުރާ އުޚުތުން ފަހަކަށް އައިސް ވަރަށް ބޮޑަށް އިތުރުވެފައި ވެއެވެ. އެގޮތުން؛ ޝަރީޢަތުގައިވާފަދައިން ޢައުރަ ނިވައިނުކޮށް ނަގާ ފޮޓޯތަކާއި، އަނގަޔާއި ތުންފަތަށް ގެނެވޭ ޙަރަކާތްތަކުން، އެހެންމީހުންގެ ސަމާލުކަން ދަމައިގަންނަފަދަ، ބޭއަދަބީ ފޮޓޯތައް ހިމެނެއެވެ. އިސްލާމީ ނަޒަރުން ބަލާއިރު، މިއީ އެއްވެސް ޙާލެއްގައި ހުއްދަވެގެންވާ ކަމެއްނޫނެވެ. އެއީ އެކަނބަލުންގެ ޢައުރަ ފާޅުކުރުމުގެ އިތުރުން، އެކަމުގެ ސަބަބުން ފިތުނަވެރިކަން ޢާއްމުވެ، ފާޙިޝް ޢަމަލުތައް އިތުރުވެގެން ހިނގައިދާނެކަމެކެވެ. އަދި ބައެއް ފަހަރަށް، ތިމާއަކީ ކުށްވެރިއެއްކަމުގައި ލޭބަލްކުރެވި، މީސްތަކުންގެމެދުގައި ފަޟީޙަތްވުމުގެ ސަބަބެއް ވެސް މެއެވެ.

އެހެންކަމުން ޢިލްމުވެރިން ވިދާޅުވާގޮތުގައި؛ ޢައުރަ ނިވައިކުރުމާއެކު ވެސް، އަންހެނާގެ މޫނު ހިމެނޭ ފޮޓޯތައް ޢާއްމުންގެތެރެއަށް ދޫކޮށްލުމީ ނުރައްކާތެރިކަމެކެވެ. އެއީ އެފަދަ ފޮޓޯތައް ބޭނުންކޮށްގެން، ނުބައި ޢަމަލުތައްކުރުމަށް ފެންބޮވައިގެންފައިވާ ފާޖިރުންނަށް ފޯރުކޮށްދެވޭ ނުރައްކާތެރި ހަތިޔާރެކެވެ. އެގޮތަށް ދޫކޮށްލެވޭ ތިމާގެ ފޮޓޯއާއި، ފާޙިޝް ޢަމަލުތައް ކުރާ މީހުންގެ ފޮޓޯ އެއްކޮށް އެޑިޓުކުރުމަށްފަހު، މީޑިޔާގެ ވަސީލަތްތަކަށް ދޫކޮށްލުމުން، އެއީ ތިމަންނައެއްނޫނޭ، ބަޔަކު ހަދާފައިވާ އެއްޗެކޭ ބުނުމަކުން ކުރާނެ މާބޮޑު ފައިދާއެއް ނޯންނާނެއެވެ.

ކަމަނާއެވެ. ވިސްނާލާށެވެ. ޝަހުވަތުގެ ދާނުގައި ކަމަނާ ތި އޮށޯންނަނީ ކޮން ކަމެއް ހާސިލްކުރާންހެއްޔެވެ؟ ތިޔަ ފޮޓޯތައް އެކި އަރިއަރިން ތިޔަ ފޮނުވަނީ ކާކުގެ އިތުބާރު ހޯދުމަށްހެއްޔެވެ؟ އާހިރުގައި ތިޔަ ކުރި އިތުބާރުން، ތިޔަ ފޮޓޯތައް މިއަދު އެ ހިފަނީ ހަމަ ކަމަނާގެ ކަރުގައި ނޫންހެއްޔެވެ؟ އުޚުތާއެވެ، އިމްޕްރެސްކުރަންވީ ތިމާގެ ފޮލޯވަރުންނެއް ނޫނެވެ، އިމްޕްރެސްކުރަންވީ ހާލިގުވަންތަ މާތް ރަސްކަލާނގެ ﷲ ސުބުހާނަހޫ ވަތައާލާއެވެ.

 

 

ވަރަށް ގަދަ
36%ވަރަށް ގަދަ 55%ވަރަށް ގަޔާވޭ 9%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: