ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަލިފާނުގެ ޙާދިސާ ކޮންޓުރޯލް ކުރުމުގައި އެ ސަރަހައްދުގެ ޒުވާނުން ދެއްކީ ނަމޫނާއެއް!

ހެންވޭރު ޓިއޯލޯ ކެފޭގައި ހިނގި އަލިފާނުގެ ހާދިސާ/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސްޓޭޓް ބޭންކް އޮފް އިންޑިއާގެ ރާއްޖެ އޮފީސް ކައިރީގައި ރޭ ހިނގި އަލިފާނުގެ ހާދިސާ ކޮންޓުރޯލް ކުރުމުގައި އެ ސަރަހައްދުގެ ޒުވާނުން ދެއްކީ ވަރަށް ފުރިހަމަ ނަމޫނާއެކެވެ.

އަލިފާނުގެ ޙާދިސާ އެންމެ ފުރަތަމަ ހިނގި ވަގުތުގައި އެ ޝަރަހައްދުގައި ހުރި މީހަކު ސޯސަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނ ީއެސަރަހައްދުގެ ގެ ތަކުގައި އުޅޭ ފަރާތްތަކުން ގެތަކުން ނެރުމުގައި އެސަރަހައުދުގެ ޒުވާނުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރިކަމަށާއި އަދި އަލިފާނުގެ ޙާދިސާ ހިނގި ކެފޭގެ ތެރެއިން ގޭސް ފުޅިތަށް ފަދަ ގިނަ ސާމާނުތަކެއް ޒުވާނުން ވަދެ ނެރެފައިވާ ކަމަށެވެ.

އެ ޕޯސްޓުގައި އިތުރަށް އޭނާ ބުނެފައިވަނީ ރޭގެ ހަގީގީ “ހީރޯ” އިންނަކީ އެ ސަރަހައްދުގައި ތިބި ޒުވާނުން ކަމަށާައި ކަމާބެހޭ ފަރާތްތަކުން އައުމުގެ ކުރިން އާންމުންގެ ރައްކާތެރިކަމަށް އެމީހުން ގިނަ މަަސައްކަތްތަކެއް ކުރިކަމަށެވެ.

ރޭ ހިނގި އަލިފާނުގެ ހާދިސާ ކޮންޓްރޯލް ކުރެވުނީ، 11:34 ކަންހާއިރު އެވެ.

ރޭ ފުރަތަމަ އަލިފާން ރޯވީ ސްޓޭޓް ބޭންކް އޮފް އިންޑިއާގެ އޮފީސް ހުންނަ ގަދަގޭ މުހައްމަދުފުޅު ބިލްޑިންގްއާ އިންވެގެން ހުރި ކެފޭއެއްގަ އެވެ. ކެފޭ އެއްކޮށް އެނދިއިރު އަލިފާންގަނޑު ގަދަގޭ މުހައްމަދުފުޅު ބިލްޑިންގުގެ އެކި ފަންގި ފިލާތަކަށްވެސް ފެތުރުނެވެ. އޭގެ އިތުރުން ކެފޭއާ އިންވެގެން ހުރި މަނީ އެކްސްޗޭންޖް މަސައްކަތް ކުރާ ތަނެއްގައިވެސް ރޯވި އެވެ.

ރޭގެ އަލިފާނުގައި އެއްވެސް މީހަކަށް އަނިޔާއެއް ނުލިބި ސަލާމަތްވި އެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: