ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޑަކުއްޖަކާއި ދެކޮޅަށް ކުރާ ކުށްތަކުގެ ތަހުގީގު 24 ގަޑިއިރު ތެރޭގައި ފަށައި ފިޔަވަޅު އަޅަން ޖެހޭ ގޮތަށް ކަނޑައަޅައިފި

ޖެންޑަރ މިނިސްޓަރ ޢައިޝަތު މުހައްމަދު ދީދީ
ޝެއާރކޮށްލާ ކަހަލަދޯ؟

ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ކުށެއް ނުވަތަ އެހެން ޤާނޫނެއްގައި ބަޔާންކޮށްފައިވާ ޖިނާއީ ޢަމަލެއް ކުޑަކުއްޖަކާ ދެކޮޅަށް ކޮށްފައިވާކަމަށް ބެލެވޭނަމަ، އެފަދަ މައްސަލައެއްގެ މަޢުލޫމާތު ލިބޭތާ ގިނަވެގެން 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި ޖިނާއީ ގޮތުން އެ މައްސަލައެއް ތަޙުޤީޤުކޮށް ފިޔަވަޅު އެޅުމުގެ ކަންކަން ފަށަން ޖެހޭނެ ކަމަށް ޖެންޑަރ މިނިސްޓްރީން ކަނޑައަޅައިފިއެވެ.

މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން މިގޮތަށް ކަނޑައަޅާފައި ވަނީ އެ މިނިސްޓްރީން އެކުލަވާލި ކުޑަކުދިންގެ ޙައްޤުތައް ރައްކައުތެރި ކުރުމުގެ އާންމު ގަވާއިދުގެ ދަށުންނެވެ.

ޖެންޑަރ މިނިސްޓްރީން އެކުލަވާލި ކުޑަކުދިންގެ ޙައްޤުތައް ރައްކައުތެރި ކުރުމުގެ އާންމު ގަވާއިދަގެ މަގުސަދަކީ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ 26 ވަނަ މާއްދާގެ (ބ) އަށް ރިޢާޔަތްކޮށް، ތަމްރީނު ދިނުމަށާއި، ޢާއިލާއިން ކުރާ މަސައްކަތްތަކުގައި ކުދިން ބައިވެރިކުރުމާބެހޭ އުސޫލުތަކާއި، އެފަދަ މަސައްކަތްތަކުގައި ހިފަހައްޓަންޖެހޭ މިންގަނޑުތައް ކަނޑައެޅުމާއި، ކުޑަކުދިން ބައިވެރިކުރުން މަނާ މަސައްކަތްތައް ކަނޑައެޅުމެވެ.

ހަމައެހެންމެ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ 40 ވަނަ މާއްދާގެ _ނ) އަށް ރިޢާޔަތްކޮށް، ކުއްޖެއްގެ އުފަންވުން ޤާނޫނުގައިވާ ގޮތުގެ މަތިން ރަޖިސްޓަރީނުކުރާ މައިންބަފައިންނާމެދު ފިޔަވަޅު އެޅުމުގައި ޢަމަލުކުރަންވީ އުސޫލު ކަނޑައެޅުމަކީ ވެސް މިގަވާއިދުގެ މަގުސަދެކެވެ.

މީގެއިތުރުން ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ 48 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، ކުޑަކުދިންނަށް ޚިދުމަތް ފޯރުކޮށްދިނުމުގައި އެއްވެސް ޚިދުމަތެއް ޕްރައިވެޓައިޒް ކުރާނަމަ ޢަމަލުކުރަންޖެހޭ ގޮތުގެ އުސޫލު ވެސް ކަނޑައަޅާނީ މި ގަވާއިދުގެ ދަށުން ކަމަށް ވަނީ ބުނެފައެވެ. އަދި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ 53 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، ކުޑަކުދިންގެ ޙައްޤުތަކަށް އުނިކަން ލިބޭގޮތަށް ވާހަކަދައްކައި، އެކަންކަމަށް ހިތްވަރުދޭ ފަރާތްތަކާމެދު ފިޔަވަޅު އެޅުމާބެހޭ އުސޫލު ވެސް މިގަވާއިދުގެ ދަށުން ކަނޑައެޅިގެންދާނެއެވެ.

ކުޑަކުދިންތަކެއް ކުޅުމުގައި: ފޮޓޯ މިހާރު

ޖެންޑަރ މިނިސްޓްރީން އެކުލަވާލި ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ އާންމު ގަވާއިދުގެ ދަށުން  ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއެއް އުދެދިގެންދާނެއެވެ. ގަވާއިދުގައި ބުނެފައިވާ ގޮތުގައި މި ސާވިސްގެ މސްއޫލިއްޔަތަކީ  ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު( އާއި، އެ ޤާނޫނުގެ ދަށުން އެކުލަވައިލާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން، އެހީތެރިކަމަށް ބޭނުންވެފައިވާ ކުޑަކުދިންނަށާއި، އެ ކުދިންގެ ޢާއިލާތަކަށް އެހީތެރިކަމާއި އެއްބާރުލުން ދިނުމާއި، ކުޑަކުދިންގެ ޙައްޤުތަކާ ގުޅޭ ގޮތުން ހުށަހެޅޭ މައްސަލަތައް ބަލައި، ކަމާބެހޭ އިދާރާތަކުގެ އެހީތެރިކަމާއި އެއްބާރުލުމާއެކު އެ މައްސަލަތަކަށް ޙައްލު ހޯދައިދިނުމެވެ.

ގަވާއިދުގައި ބުނެފައިވާ ގޮތުގައި  ރަށު ކައުންސިލުތަކާއި އަތޮޅު ކައުންސިލުތަކާއި ސިޓީ ކައުންސިލުތަކުގެ އިޚްތިޞާޞް ހިނގާ ސަރަޙައްދުތަކުގައި، އެއިން ކޮންމެ ކައުންސިލަކީ އެ ސަރަޙައްދަށް ޢައްޔަނު ކުރާ އޭޖެންޓެއް ކަމުގައި މިނިސްޓަރު ކަނޑައަޅާ ހާލަތުގައި، އެއިން ކޮންމެ ކައުންސިލެއްގެ މައްޗަށް މި ގަވާއިދުގައިވާ މަސްއޫލިއްޔަތުތައް ހިނގާނެއެވެ.

ގަވާއިދުގައި ބުނެފައިވާ ގޮތުގައި އެއްވެސް މަސްއޫލިއްޔަތެއް ނުވަތަ ބާރެއް ކައުންސިލަކާ ހަވާލު ކުރަންވާނީ، އެ ކަމެއް ތަންފީޛުކުރުމަށް ބޭނުންވާ ވަސީލަތްތައް އެ ކައުންސިލަކަށް ދިނުމާއެކު، މިނިސްޓަރު ކަނޑައަޅާ ސިޔާސަތާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

މީގެއިތުރުން ރަށު ކައުންސިލުތަކާއި އަތޮޅު ކައުންސިލުތަކާއި ސިޓީ ކައުންސިލުތަކުގެ ފެންވަރުގައި، ކުޑަކުދިންގެ ޙައްޤުތައް ރައްކައުތެރި ކުރުމުގެ މަސްއޫލިއްޔަތު އަދާކުރާ ފަރާތްތަކާއި، ކުޑަކުދިންގެ ޙައްޤުތައް ރައްކައުތެރި ކުރުމާ ގުޅޭ ގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތްކުރާ ފަރާތްތަކާއި، ކުޑަކުދިންނަށް ކުރާ އަނިޔާއިން ސަލާމަތްކުރުމަށްޓަކައި މަސައްކަތްކުރާ ފަރާތްތަކުގެ މައްޗަށް ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްގެ އިރުޝާދާއި ބާރު ހިނގާނެ ކަމަށް ގަވާއިދުގައި ވަނީ ބުނެފައެވެ.

ޖެންޑަރ މިނިސްޓްރީން އެކުލަވާލާފައިވާ ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ އާންމު ގަވާއިދުގައި ބުނެފައިވާ ގޮތުގައި ކުޑަކުދިންނަށް ދޭ އެއްވެސް ޚިދުމަތެއް ޕްރައިވެޓައިޒް ކުރާނީ، ކުޑަކުދިންގެ ޙައްޤުތައް ރައްކައުތެރި ކުރުމާބެހޭ ކައުންސިލުގެ ލަފާގެ މަތިން މިނިސްޓަރު ކަނޑައަޅާ ގޮތެއްގެ މަތިންނެވެ. އެގޮތުން  ކުޑަކުދިންނަށް ދޭ ޚިދުމަތެއް ޕްރައިވެޓައިޒް ކުރުމަށް މިނިސްޓަރު ނިންމާ ހާލަތުގައި، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން ހަދައިފައިވާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން، އެ ޚިދުމަތެއް ދިނުމުގައި ހުންނަންޖެހޭ މިންގަނޑުތަކާބެހޭ ވަކި އުސޫލެއް އެކުލަވައިލެވިދާނެ ކަމަށް ގަވާއިދުގައި ވަނީ ބުނެފައެވެ.

ކުޑަކުދިންގެ ހަްގުތައް ރައްކާތެރި ކުރުމުގެ އާންމު ގަވާއިދުގައި ބުނެފައިވާ ގޮތުގައި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ކުށެއް ނުވަތަ އެހެން ޤާނޫނެއްގައި ބަޔާންކޮށްފައިވާ ޖިނާއީ ޢަމަލެއް ކުޑަކުއްޖަކާ ދެކޮޅަށް ކޮށްފައިވާކަމަށް ބެލެވޭނަމަ، އެފަދަ މައްސަލައެއްގެ މަޢުލޫމާތު ލިބޭތާ ގިނަވެގެން 24 ގަޑިއިރުގެ ތެރޭގައި ޖިނާއީ ގޮތުން އެ މައްސަލައެއް ތަޙުޤީޤުކޮށް ފިޔަވަޅު އެޅުމަށްޓަކައި މޯލްޑިވްސް ޕޮލިސް ސަރވިސްއަށް، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއިން ފޮނުވަންވާނެއެވެ.

ގަވާއިދުގައި ބުނެފައިވާ ގޮތުގައި ކުއްޖެއްގެ އުފަންވުން، ޤާނޫނުގައިވާ ގޮތުގެ މަތިން އެ ކުއްޖާގެ މައިންބަފައިން ރަޖިސްޓަރީ ނުކޮށްފިނަމަ، އެ ކުއްޖާއާމެދު އިހުމާލުވީ ކަމުގައި ބަލައި، އެ ކުއްޖެއްގެ މައިންބަފައިންގެ މައްސަލަ، މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއިން ފޮނުވަންވާނެއެވެ.

މީގެއިތުރުން ކުޑަކުދިންނާއި މެދު އިހުމާލުވާ ފަރާތްތަކާއި ކުޑަކުދިންނަށް އަނިޔާކުރާ ފަރާތްތަކާއި މެދު އަޅަން ޖެހޭނެ ފިޔަވަޅުތައް ޖެންޑަރ މިނިސްޓްރީން އެކުލަވައިލި ކުޑަކުދިންގެ ހައްގުތަް ރައްކާތެރި ކުރުމުގެ އާންމު ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: