މިއަދު އިރުއޮއްސި 18:00 އާއި ހަމައަށް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެ އިން އިތުރު 109 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.
މިއަދު ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރޭގައި 80 ދިވެހިން ހިމެނެއެވެ. ދެން ފައްސިވީ ބަންގްލަދޭޝްގެ 24 މީހަކާއި އިންޑިއާގެ ދެމީހަކާއި ސްރީލަންކާގެ ދެމީހަކާއި ނޭޕާލް މީހެކެވެ.
މިއަދު ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން 106 މީހަކު ފައްސިވީ މާލެއިންނެވެ. ތިން މީހަކު ފައްސިވީ އަތޮޅުތަކުންނެވެ.