ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

95 ސަފާރީއެއް އޮޕަރޭޓްކުރުމުގެ ހުއްދަ ދީފި!

ހުޅުމާލޭ ފަޅުތެރޭގައި އަޅާފައިވާ ސަފާރީތަކެއް: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

95 ސަފާރީއެއް އޮޕަރޭޓްކުރުމުގެ ހުއްދަ މިނިސްޓްރީ އޮފް ޓުއަރިޒްމްއިން ދީފިއެވެ.

ނޭޝަނަް ބޯޓިން އެސޯސިއޭޝަނުން ވަނީ ހުއްދަ ދީފައިވާ95 ސަފާރީގެ މައުލުމާތު އާންމުކޮށްފައެވެ. މިމަހުގެ27 ވަނަ ދުވަހު95 ސަފާރީއަކަށް ހުއްދަ ދީފައިވާއިރު، މިމަހުގެ ކުރީކޮޅުވެސް45 ސަފާރީއެއް އޮޕަރޭޓްކުރުމުގެ ހުއްދަ ވަނީ ދީފައެވެ.

ސަފާރީތައް އޮަޕރޭތްކުރުމަށް ޓުއަރިޒްމް މިނިސްޓްރީއިން ހުއްދަ ދެމުންދާއިރު، ސަފާރީތަކުން ފުރާ ފަތުރުވެރިން ކޮވިޑް-19އަށް ޓެސްޓުކުރެވޭނެ އިންތިޒާމް މިހާރު ވަނީ ހަމަޖައްސާފައެވެ. އެގޮތުން، ސަފާރީތަކުން ފުރާ މީހުންގެ ޕީސީއާރު ޓެސްޓު ހެދުމުގެ އިންތިޒާމް ހުޅުމާލޭގައި ވަނީ ހަމަޖައްސާފައެވެ.

ސަފާރީތައް އަލުން އޮޕަރޭޓްކުރުމަށްް ހެލްތު ޕްރޮޓެކްޝަަން އެޖެންސީގެ ގައިޑްލައިންއާއި އެއްގޮތަށް ސަފާރީގެ ކަންކަންވެސް ބަދަލުކުރަންޖެހެއެވެ. އަދި އެޗްޕީއޭ އާއި ޓޫރިޒަމް މިނިސްޓްރީގެ މިންގަނޑުތަކަށް ސަފާރީގެ ކަންކަން ބަދަލުކުރުމަށްފަހު އޮޕަރޭޓްކުރުމަށް އެމިނިސްޓްރީން ނަގަން ޖެހޭ ހާއްސަ ހުއްދައެއް ނަގަންޖެހޭކަމަށްވެސް އެމިނިސްޓރީއިން ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: