ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް ކޮންޓްރޯލް ނުވީ އެމްޑީޕީން ތަކުރާރުކޮށް އެޗްޕީއޭގެ ގައިޑްލައިނާ ޚިލާފްވުމުން: ޑރ ޖަމީލް

ކުރީގެ ނައިބް ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު: ފޮޓޯ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ހަލުވި ކަމާއިއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސް ރާއްޖޭގައި ކޮންޓްރޯލް ނުވީ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީން ތަކުރާރުކޮށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ގައިޑްލައިންތަކާއި ހިލާފްވުމުން ކަމަށް ކުރީގެ ނައިބް ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ޑރ ޖަމީލް މިފަދައިން ވިދާޅުވީ ކޮވިޑް19 މާލޭގައި ހަލުވި ކަމާއިއެކު ފެތުރެމުންދާ ދަނޑިވަލެއްގައި އެޗްޕީއޭގެ ގަވާއިދުތަކާއި ހިލާފަށް އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީން ވެރިރަށް މާލޭގައި އިހުތިޖާޖުކޮށްފައިވާ ކަމަށް ބުނެ ޕީޕީއެމް އަދި ޕީއެންސީގެ ލީޑަރޝިޕްގެ ބޭފުޅުން ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް އެންގުމުންނެވެ،.

ހުކުރު ދުވަހު ހަވީރު ވެރިރަށް މާލޭގައި އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީން ބޭއްވި ސައިކަލް ބުރާއޮ ގުޅިގެން ޕީއެންސީގެ ނައިބް ރައީސް އިބްރާހިމް ޝުޖާއުއާއި އަދި ޕީޕީއެމްގެ އެޑުވައިޒަރު ކުރީގެ ރައީސް ޑރ މުހައްމަދު ވަހީދު ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް ވަނީ އަންގާފައެވެ.

މިކަމާއި ގުޅިގެން ޑރ ޖަމީލް ކުރެއްވި ޓުވިޓުގައި ވިދާޅުވީ  ކޮވިޑް ކޮންޓްރޯލް ނުވީ އެމްޑީޕީން ތަކުރާރުކޮށް އެޗްޕީއޭގެ ގައިޑްލައިނާ ޚިލާފްވުމުން ކަމަށެވެ..އަދި  ޕީޕީއެމް/ޕީއެންސީ ގޯސްވީ ސަރުކާރަށް ރައްޔިތުންގެ ނުރުހުން އޮތްވަރު ހާމަވުމުން ކަމަށާއި ފުލުހުން ސިޔާސީ ކުރުމުގެ ނުރައްކާ ބޮޑުވާނެ ކަމަށް ޑޜ ޖަމީލް ވިދާޅުވިއެވެ.

މީގެއިތުރުން ޑރ ޖަމީލް ވިދާޅުވީ ހުކުރު ދުވަހު ހަވީރު އިދިކޮޅު ކޯލިޝަނުން ބޭއްވި އިހުތިޖާޖު ސަރުކާރަށް ހަޖަމް ނުވި ކަމަށާއި އިދިކޮޅު ކޯޅިޝަނުން އަދާކުރަނީ ގާނޫނީ ޒިންމާ ކަމަށް ޑރ ޖަމީލް ވިދާޅުވިއެވެ.

ޕީޕީއެމް އަދި ޕީއެންސީން ހުކުރު ދުވަހު ކުރި އިހުތިޖާޖާއި ގުޅިގެން ދެ ޕާޓީގެ ލީޑާރޝިޕްގެ ބޭފުޅުން ފުލުހުންގެ އިދާރާއަށް ހާޒިރު ކުރުމަށް ނިންމާފައިވާއިރު އިދިކޮޅުން ހުކުރު ދުވަހު އިހުތިޖާ ކުރިއަށް ގެންދިޔައީ އެޗްޕީއޭގެ ގަވާއިދާ ހިލާފަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙް ވެސް ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
33%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 67%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: