ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެސްޓީއޯ ހޮޓާ ވިއްކުން ހުއްޓުމަކަށް، މަޝްވަރާކޮށް އެޗްޑީސީ ލީސް ރެންޓްގެ ލައިބިލިޓީތައް ވޭވް އޮފް!

އެސްޓީއޯ ހުޅުމާލެ ހޮޓެލް/ ފޮޓޯ: އަމްރު... ޓްވިޓާރ
ޝެއާރކޮށްލާ ކަހަލަދޯ؟

އެސްޓީއޯގެ ހުޅުމާލެ ހޮޓަލަށް ދައްކަން ޖެހޭ ހަތަރު މިލިއަން ޑޮލަރު ހައުސިން ޑެވެލޮޕްމެންޓް ކޯޕަރޭޝަނާއި އެކު ކުރިޔަށް ގެންދެވުނު މަޝްވަރާތަކުގެ ދަށުން “ވޭވް އޮފް” ކުރެވިފައި ވާކަމަށް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވިދާޅުވެއްޖެއެވެ.

ކޮވިޑުގެ ސަބަބުން ޖަލްސާތަކާއި އެއްވުންތައް ކުރިޔަށް ނުގެންދެވޭތީ އަހަރީ އާއްމު ޖަލްސާ ކުރިޔަށް ގެންގޮސްފައިވަނީ މައިކްރޮސޮޕްޓް ޓީމްސް ލައިވް އިވެންޓްސް މެދުވެރިކޮށެވެ. އޮންލައިންކޮށް ކުރިޔަށް ގެންދިޔަ އެ ޖަލްސާގައި 52 ހިއްސާދާރުން ބައިވެރިވިއެވެ. އަދި ޕްރޮކްސީގެ ގޮތުގައި 41 ހިއްސާދާރުން ރެޖިސްޓްރީވެ ވަނީ ބައިވެރިވެފައެވެ.

އޭޖީއެމްގައި ބައިވެރިންނާއި ވާހަކަ ދައްކަވަމުން އަމްރު ވިދާޅުވީ، ރާއްޖެއަށް ދިމާވާ ކޮންމެ ދަތި އުނދަގޫ ހާލަތެއްގައި ރައްޔިތުންނާއި އެންމެ ގާތުން މަަސައްކަތް ކުރާ ކުންފުންޏަކީ އެސްޓީއޯ ކަމަށެވެ. އެއާއި އެކު ކުންފުނި އުފެދުމުގެ އަސްލާއި ހިފަހައްޓާ ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ދެމިތިބޭނެ ކަމުގެ ޔަގީންކަން އަމްރު ވަނީ ދީފައެވެ.

2019 ވަނަ އަހަރު ކުންފުންޏަށް ގިނަ ކުރިއެރުންތައް ލިބިގެންދިޔަކަން ފާހަގަކޮށް އަމްރު ވިދާޅުވީ، ކުންފުނީގެ ކުރިއެރުމަށާއި އިންފްރާސްޓްރަކްޗާއަށް ގިނަ މަސައްކަތްތަކެއް ކުރެވުނު ކަމަށެވެ. އެސްޓީއޯގެ ހިންގުން ގަސްތުކުރާ ގޮތުގެ ތަސައްވުރެއް އަމްރު ވަނީ މިދިޔަ އަހަރުގެ އަހަރީ އާއްމު ޖަލްސާގައި ހިއްސާ ކުރައްވާފައެވެ، އޭގެ ތެރޭގައި ހިމެނެނީ ރައްޔިތުންނާއި ހިއްސާދާރުންގެ ވެސް ބޮޑެތި ކަންބޮޑުވުންތަކެއް އެކުލެވޭ ހުޅުމާލޭގެ ހޮޓެލް އާއި، މިފްކޯއަށް ވަމުންދާ ގެއްލުމުގެ ސަބަބުން އެސްޓީއޯ ގްރޫޕަށް ކުރާ އަސަރުތަކަށް އަވަސް ހައްލެއް ގެނައުމަށް މަސައްކަތް ކުރުން އަމްރު ފާހަގަ ކުރައްވާފައި ވެއެވެ.

އަމްރު ވިދާޅުވީ ހުޅުމާލޭގެ ހޮޓެލް ތަރައްގީ ކުރުމަށް ކޮންޓްރެކްޓުތަކެއް ހެދިފައި ވީ ނަމަވެސް، މިިހާރު މަޝްވަރާތަކާއި އެއްގޮތަށް އެ އެއްބަސްވުންތައް ޓާމިނޭޓު ކުރުމަށް ނުވަތަ އުވާލުމަށް އެއްބަސްވެވިފައިވާ ކަމަށެވެ. އަދި މި ޓާމިނޭޝަންގެ ސަބަބުން އެސްޓީއޯއަށް އެއްވެސް ލައިބިލިޓީއެއް ނާންނާނެކަމުގެ ޔަގީންކަން ލިބޭކަމަށް އަމްރު ވިދާޅުވިއެވެ.

“މި އަހަރުގެ ފަހުކޮޅު ހޮޓެލް ގަންނާނެ ފަރާތެއް އިއުލާނު ކުރެވި އެކަށީގެންވާ އަގަކަށް ހޮޓާ ގަންނާނެ ފަރާތެއް ވަނީ ހޯދިފައި. އެހެން ނަމަވެސް ދުނިޔެއަށް ދިމާވެފައިވާ ކޮވިޑުގެ މި ހާލަތާއި ގުޅިގެން އެފަރާތުން ވަނީ މިކަމުގައި އިތުރަށް މަޝްވަރާތައް ކުރިޔަށް ނުގެންދިއުމަށް ނިންމާ އެކަން އެސްޓީއޯއަށް އަންގާފައި. ލީސް ރެންޓުގެ ގޮތުގައި އެޗްޑީސީއަށް ދައްކަން ޖެހިފައިވާ ހަތަރު މިލިއަން ޔޫއެސް ޑޮލަރު ވަނީ އެޗްޑީސީއާއި އެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ވޭވް އޮފް ކުރެވިފައި. މި އެއްބަސްވުމަކީ ދެ ފަރާތް ގުޅިގެން ހޮޓާ ވިއްކާލުމަށް ވެފައިވާ އެއްބަސްވުމަކަށް ވާތީ މުއްދަތު އިތުރު ކުރުމާއި އަދި ހޮޓާގެ ކުލި ހައްލު ކުރުމަށް ހުރި ގޮންޖެހުންތަކަށް މިހާރު ވަނީ ނިމުމެއް ގެނެވިފައި” އަމްރު

އެސްޓިއޯއިން މިދިޔަ އަހަރު ބޭއްވި 2018 ވަނަ އަހަރުގެ އަހަރީ ޢަންމު ޖަލްސާގައި، އެސްޓީއޯ ހޮޓެލް އާއި ގުޅޭގޮތުން އަމްރު ވިދާޅުވެފައިވަނީ، ފަތުރުވެރިންނަށް ހާއްސަކޮށްގެން ހުޅޫމާލޭގައި ހަދާ ސިޓީ ހޮޓަލުގެ މަސައްކަތް ހުއްޓުވާފައިވަނީ ކުރީގެ ސަރުކާރުން ކަމަށެވެ. އަދި ވިދާޅުވީ 2014 ވަނަ އަހަރު ރައީސް އޮފީހުން އެސްޓީއޯއަށް ހޮޓަލުގެ ވިޔަފާރި ނުކުރެވޭނެކަން އަންގައި ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ.

މީގެ އިތުރުން 2015 ވަނަ އަހަރުގެ ތެރޭގައި ވެސް ސިޓީ ހޮޓާ ވިއްކާލުމަށް އަަންގާ ރައީސް އޮފީހުން ސިޓީއެއް ފޮނުވިކަމަށް ވެސް އަމްރު ވިދާޅުވެފައި ވެއެވެ.

ހުޅުމާލޭގައި ތަރައްޤީކުރަން ފަށާފައިވާ ސިޓީ ހޮޓާގެ މަސައްކަތްތައް އެޗްޑީސީ އާއި ގުޅިގެން ކުރިއަށް ގެންދިއުމަށް އެއްބަސްވުމެއްގައި ސޮއި ކުރީ މިދިޔަ ޖުލައި މަހުގެ ތެރޭގައެވެ.

ހުޅުމާލޭގައި ހޮޓާ އަޅަން އެމެރިކާގެ ކުންފުންޏަކާ ގުޅިގެން އެސްޓީއޯއިން މަސައްކަތް ފަށީ 2011 ވަނަ އަހަރުގަ އެވެ. އެހެން ނަމަވެސް އަހަރުތަކެއް ފާއިތުވެ، މަސައްކަތް ނުނިމި ދިގު ލައިގެން ގޮސް އެންމެ ފަހުން 2018 ވަނަ އަހަރު އެތަން ވިއްކާލަން ނިންމިއެވެ.

އެސްޓީއޯ އިން ޓޫރިޒަމަށް ނުކުންނަން ބޭނުންވެ ހުޅުމާލޭގައި 250 ކޮޓަރީގެ ހޮޓަލެއް ހަދަން ބިން ނެގީ 25 އަހަރަށެވެ. އަދި އެތަން ނަގާފައިވަނީ 2033 ވަނަ އަހަރާ ހަމައަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 100%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: