ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަބްދުއްރަހީމް ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް 1000ރ އިން ޖޫރިމަނާކޮށްފި

ޕީއެންސީގެ ރައީސް އަބްދުއްރަހީމް ފުލުހުންގެ އިދާރާއަށް ހާޒިރު ވުމަށް ފަހު މީޑިއާތަކަސް މައުލޫމާތު ދެއްވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ހަލުވި ކަމާއިއެކު މާލޭގައި ކޮރޯނާ ވައިރަސް ފެތުރެމުންދާ ދަނޑިވަޅެއްގައި ހެލްތް ޕްރޮޓެކްޝަންސް އެޖެންސީ (އެޗްޕީއޭ) ގެ ގައިޑްލައިންއާއި ހިލާފަށް މާލޭގައި އިހުތިޖާޖު ކޮށްފައި ވާތީ އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް1000ރ އިން ޖޫރިމަނާ ކޮށްފިއެވެ.

އަބްދުއްރަހީމް ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ޖޫރިމަނާ ކޮށްފައި ވަނީ ހުކުރު ދުވަހު ހަވީރު “ގައުމު ވިއްކާލުމާއި ދެކޮޅަށް” ނަމުގައި ވެރިރަށް މާލޭގައި މާސްކް ނާޅައި ގައިދުރުކަން ބެހެއްޓުމެއް ނެތި މުޒާހަރާކޮށްފައިވާ ކަމަށް ބުނެއެވެ.

ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް ފަހު ނިކުމެ ވަޑައިގެން މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އަބްދުއްރަހީމްގެ ގާނޫނީ ވަކީޅުން ވިދާޅުވީ  އަބްދުއްރަހީމް ޖޫރިމަނާ ކޮށްފައިވަނީ ގައިދުރު ކަމެއް ނެތި ސައިކަލު ދުއްވި މައްސަލައާ ގުޅިގެން ކަމަށެވެ. ނަމަވެސް އެޗްޕީއޭގެ ގައިޑްލައިނާ އަބްދުއްރަހީމް ހިލާފުވެފައި ނުވާ ކަމަށާއި އެހެންކަމުން ޖޫރިމަނާގެ މައްސަލަ ކޯޓަށް ހުށަހަޅުއްވާނެ ކަމަށް ވަކީލު ވިދާޅުވިއެވެ.

ނޫސްވެރިންނާއި ވާހަކަ ދައްކަމުން އަބްދުއްރަހީމް ވިދާޅުވީ އެޗްޕީއޭގެ ގައިޑްލައިނާ ހިލާފުވި ކަމަށް ބުނެ އޭނާ ޖޫރިމަނާ ކުރިއިރު ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު “ދެ ރަދުން” ގެ ގޮތް ނެރުއްވައި ފޮތް ބެއްސެވިއިރު ވެސް ހުންނެވީ މާސްކް ނާޅުއްވާ ކަމަށާއި އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙް އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދަށް ވަދައިގެންނެވިއިރު ވެސް އެއްވެސް ގައިދުރު ކަމެއް ނެތް ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. އެހެން ކަމުން އޭނާ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް އެޗްޕީއޭގެ ގައިޑްލައިންއާއި ހިލާފްވި ކަމަށް ބުނެ ޖޫރިމަނާ ކުރީ ބިރުދެއްކުމުގެ ގޮތުން ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

ޝުޖާއު އާއި އަބްދުއްރަހީމްގެ އިތުރުން އެ އެއްވުމާ ގުޅިގެން އިދިކޮޅު ލީޑަޝިޕްގެ ބޭފުޅުން އަންނަނީ ފުލުހަށް ހާޒިރުކުރަމުންނެވެ. އެގޮތުން އިއްޔެ ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދު ހަސަން މަނިކު ވެސް ހާޒިރުކޮށްފައިވާއިރު ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވެސް ވެސް ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: