ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާއްމު ސިއްހަތުގެ ނިޒާމަށް ހުރަސް އެޅުން ބަލައެއް ނުގަނެވޭނެ: އިމްރާން

ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ. ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

އެއްވެސް ސަބަބަކާ ހުރެ، އާންމު ސިއްހަތުގެ ނިޒާމަށް ހުރަސްއެޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، އެފަދަ މައްސަލަތައް ބަލައި އަޅަންޖެހޭ ފިޔަވަޅު ސަރުކާރުން އަޅާނެ ކަމަށް، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިމްރާން މިފަދައިން ވިދާޅުވިއިރު އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ކޮވިޑް-19 ގެ ސަބަބުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާއްމުކޮށްފައިވާ ގައިޑްލައިންތަކާއި ހިލާފަށް އިދިކޮޅު ކޯލިޝަނުން މިދިޔަ ހުކުރު ދުވަހު މާލޭގައި ބޭއްވި ސައިކަލު ބުރަކާއި ގުޅިގެން އެ ކޯލިޝަންގެ އިސްވެރިންތަކެއް ވަނީ ފުލުހުންގެ އިދާރާއަށް ހާޒިރު ކުރައްވާފައެވެ.

މީގެތެރެއިން ބައެއް ބޭފުޅުން ވަނީ މާސްކު ނާޅާ އުޅުމުން ކަމަށް ވިދާޅުވެ 1،000 ރުފިޔާއިން ޖޫރިމަނާ ކޮށްފައެވެ. ފުލުހުންގެ އިދާރާއަށް ހާޒިރު ކުރެއްވި ބޭފުޅުންގެ ތެރޭގައި އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރު އަދި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދާއި ޕީއެންސީގެ ރައީސް އަދި އިދިކޮޅު ކޯލިޝަން މިވަގުތު ލީޑު ކުރައްވަމުން ގެންދަވާ އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އަދި ޕީއެންސީގެ ނާއިބު ރައީސް އިބްރާހީމް ޝުޖާއުގެ އިތުރުން ޕީޕީއެމްގެ ނާއިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ހިމެނިވަޑައިގަންނަވައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: