ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިނަދޫގައި ކޮވިޑް ފެސިލިޓީ ގާއިމުކުރަން ނިންމައިފި!

ޝެއާރކޮށްލާ ކަހަލަދޯ؟

ގދ.އަތޮޅު ތިނަދޫގައި ކޮވިޑް ފެސިލިޓީއެއް ޤާއިމުކުރުމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ނިންމަވައިފިކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ސަނީފު ވިދާޅުވެއްޖެއެވެ.

ސަންގަށް މައުލޫމާތު ދެއްވަމުން ސަނީފު ވިދާޅުވީ، ހޯމަ ދުވަހު ވިލިނގިލީގައި ހިނގާދިޔަ ކަންތައްތަކުގެ ސަބަބުން ތިނަދޫގައި ކޮވިޑް ފެސިލިޓީއެއް ޤާއިމުކުރުމަށް ނިންމިކަން ރައީސް އޮފީހުން އަންގާފައިވާކަމަށެވެ.

ސަނީފު ވިދާޅުވީ، މިވަގުތު އާ އިމާރާތެއް ނޭޅުނަސް ރަށުން އެ ފަދަ އިމާރާތެއް ހޯދުމުގެ މަސައްކަތް މާދަމާ ފަށާނެކަމަށާއި، މި ބަލިމަޑުކަމުން އަރައިގަނެވޭނީ އެންމެން އެކަކު އަނެކަކަށް އެހީތެރިކަން ފޯރުކޮށްދީގެން ކަމަށެވެ. އަދި މިފަދަ ދަނޑިވަޅެއްގައި ރައީސް މިފަދަ ނިންމެވުމެއް ނިންމެވުމަކީ ރައްޔިތުންގެ ސިއްޙަތާއި ރައްކާތެރިކަަށް ރައީސް ޞާލިހު ދެއްވާ އަހަމިއްޔަތު ހާމަވެގެންދާ ކަމެއް ކަމަށެވެ.

އަދި މި ފުރުސަތުގައި ތިނަދޫ އަދި ހުވަދު އަތޮޅުގެ ރައްޔިތުންގެ ނަމުގައި ރައީސް ޞާލިހަށް ޝުކުރު އަދާކުރާކަމަށްވެސް ސަނީފު ވިދާޅުވިއެވެ.

ތިނަދޫގައި ފެސިލިޓީއެއް ޤާއިމުކުރުމަށް ރައީސް މި ނިންމަވާފައިވަނީ ތިނަދޫން ކޮވިޑަށް ޕޮޒިޓިވް ވި ފަރާތް ވިލިނގިލީގައި ހުންނަ ކޮވިޑް ފެސިލިޓީއަށް ބަދަލުކުރަން ދިޔުމުން އެރަށް އެރިޔަ ނުދީ ފޮނުވާލުމުންނެވެ.

ވަރަށް ގަދަ
74%ވަރަށް ގަދަ 14%ވަރަށް ގަޔާވޭ 6%ބޮޑު ޖޯކެއް 1%ހައިރާންވެއްޖެ 2%ވަރަށް ދެރަ 4%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

3 Responses

  1. ހުވަދު އަތޮޅަކީ ތިނަދޫ ތޯ ؟ މުޅި ހ އަތޮޅަކީ މިވެރިންގެ ތ މުދާގަނޑެއް ކ ދެކިގެން އުޅޭ. ަަަަަބއެއް މުޅި ހުވަދު އަތޮޅުގެ އަގު ވައްޓާލާފަ ތިބި ބާގީން ތަކެއް ، ފައްކާ ޔަހޫޒާއިންތަކެއް ، ބައްލަވާ މަޑަވެލި ނިޔާވި ބޭބެޔަށް ހެދިގޮތް،،،،

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: