ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖިނާއީ މައްސަލަތަކުގައި ޢަމަލުކުރާނެ މައިގަނޑު ސިޔާސަތުގެ ދަށުން ދެ ރިޕޯޓެއް ޕީޖީ މަޖިލީހަށް ހުށަހަލައިފި

ޕީޖީ ހުސެން ޝަމީމް: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ބަންޑާރަނާއިބު ކަނޑައަޅުއްވާފައިވާ “ޖިނާއީ މައްސަލަތަކުގައި ޢަމަލުކުރާނެ މައިގަނޑު ސިޔާސަތު” ގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަން ޖެހިވަޑައިގަންނަވާ 2 ރިޕޯޓެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.

31 ޑިސެންބަރު 2018 ދުވަހު ބަންޑާރަނާއިބު ކަނޑައަޅުއްވާފައިވާ “ޖިނާއީ މައްސަލަތަކުގައި ޢަމަލުކުރާނެ މައިގަނޑު ސިޔާސަތު” ގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލް، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ފުރަތަމަ ރިޕޯޓަކީ ޖިނާއީ މައްސަލަތަކުގައި ހައްޔަރުކުރެވޭ މީހުންނާއި، ބަންދުކުރެވޭ މީހުންނާއި، ދަޢުވާއެއް އުފުލުމުގެ ކުރިން ނުވަތަ އުފުލާފައިވާ ޙާލަތުގައި ޝަރީޢަތް ނިމެންދެން ބަންދުކޮށްފައިވާ މީހުންނާ ގުޅޭ މަޢުލޫމާތު ހިމެނޭ ރިޕޯޓެކެވެ.

މި ރިޕޯޓުގައި ޤާނޫނު ތަންފީޛްކުރާ އިދާރާތަކުން މީހުން ހައްޔަރުކުރުމާއި، މީހުން ބަންދުކުރާ މަރުކަޒުތަކުގެ ތަފްސީލާއި، އެތަންތަނުގައި މީހުން ގެންގުޅުމުގައި ދިމާވާ ގޮންޖެހުންތަކާއި، އެ ގޮންޖެހުންތަކުގެ ޙައްލުކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްއަށް ފެނިވަޑައިގަންނަވާ ކަންކަން ހިމަނުއްވާފައިވެއެވެ.

މި ރިޕޯޓުގައި ޤާނޫނުއަސާސީގެ 223 ވަނަ މާއްދާގެ (ބ) އިން ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިދޭ ބާރުގެ ދަށުން، ޝަރީޢަތް ނިމެންދެން ބަނދުގައިތިބޭ މީހުންގެ ބަންދު މުރާޖަޢާ ކުރަމުންގެންދިއުމާއި، އެ މީހުންގެ މައްސަލަތައް އަވަހަށް ނިންމެވުމަށް ކުރައްވަމުންގެންދަވާ މަސައްކަތްތަކާއި، ބަންދުގައި މީހުން ބައިތިއްބާފައިތިބޭ މަރުކަޒުތަކުގެ ކަންކަން ބެލެހެއްޓެވުމަށް 01 ޖަނަވަރީ 2020 އިން ފެށިގެން 15 ޖޫން 2020 ގެ ނިޔަލަށް ކުރައްވާފައިވާ މަސައްކަތްތައް ބަޔާންކުރައްވާފައިވެއެވެ.

ހަމައެހެންމެ ޖިނާއީ މައްސަލަތަކުގެ ޝަރީޢަތް ނުނިމި ލަސްވުން ނިމުމަކަށް ގެންނެވުމަށް ކުރެވިދާނެކަމަށް އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ކަންކަން ބަޔާންކުރައްވާފައިވެއެވެ.

01 ޖަނަވަރީ 2020 އިން ފެށިގެން 15 ޖޫން 2020 އަށް ހިނގާދިޔަ މުއްދަތުގައި ޤާނޫނުއަސާސީގެ 223 ވަނަ މާއްދާގެ (ބ) ގައި ބަޔާންކުރާ މަސްޢޫލިއްޔަތުތައް އަދާކުރެއްވުމަށް ކޮވިޑް-19 އާ ގުޅިގެން ކުރިމަތިވެވަޑައިގެންނެވި ގޮންޖެހުންތަކުގެ ތަފްސީލުވެސް މި ރިޕޯޓުގައި ހިމަނުއްވާފައިވެއެވެ.

ބަންޑާރަނާއިބު ކަނޑައަޅުއްވާފައިވާ “ޖިނާއީ މައްސަލަތަކުގައި ޢަމަލުކުރާނެ މައިގަނޑު ސިޔާސަތު” ގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ދެވަނަ ރިޕޯޓަކީ ޤާނޫނު ތަންފީޛްކުރާ އިދާރާތަކުން ހިންގާ ޖިނާއީ ތަޙްޤީޤްތައް ހިންގަނީ ޤާނޫނާ އެއްގޮތައްތޯ ބެއްލެވުމަށާއި، ޤާނޫނު ތަންފީޛްކުރާ އިދާރާތަކުން ކުރާ މަސައްކަތުގައި އެކަށީގެންނުވާ ގޮތެއްގައި އެއްވެސް މީހެއްގެ އަސާސީ ޙައްޤަކަށް އުނިކަން ނާންނާނެކަން ކަށަވަރުކުރުމަށް ކުރައްވާފައިވާ މަސައްކަތްތަކުގެ ތަފްސީލާއި، ޖިނާއީ މައްސަލަތައް ތަޙްޤީޤްކުރުމުގެ އަމުރު ނެރުއްވުމުގައި ޕްރޮސިކިއުޓަރ ޖެނެރަލް ޢަމަލުރައްވާފައިވާގޮތުގެ މަޢުލޫމާތު ހިމެނޭ ރިޕޯޓެކެވެ.

މި ރިޕޯޓްގައި ޤާނޫނުއަސާސީގެ 223 ވަނަ މާއްދާގެ (ރ) ގެ ދަށުން ތަޙްޤީޤްކުރާ އިދާރާތަކުން ޖިނާއީ ތަޙްޤީޤްތައް ހިންގަނީ ޤާނޫނާ އެއްގޮތަށްކަން ކަށަވަރުކުރުމަށް އިންވެސްޓިގޭޝަން ރިވިއު ސެކްޝަންއެއް އުފެއްދުމާއި، ޖިނާއީ ތަޙްޤީޤް ހިންގުމުގައި ޤާނޫނާއި ގަވާޢިދާ އެއްގޮތަށް ޢަމަލުކުރިކަމާމެދު ޕްރޮސިކިއުޓަރުންނަށް ޝައްކުވާ މައްސަލަތައް ރެކޯޑްކޮށް ލޮގް ކުރުމަށްޓަކައި “ޝިކާޔަތު ޕޯޓަލް” ގެ ނަމުގައި ޕޯޓަލްއެއް އުފައްދަވައި، އެކަންކަން ހަރުދަނާ ނިޒާމަކުން ބެލޭނެ އިންތިޒާމް ހަމަޖެއްސެވުމަށް ކުރައްވާފައިވާ މަސައްކަތްތައް ބަޔާންކުރައްވާފައިވެއެވެ.

ހަމައެހެންމެ ޤާނޫނުއަސާސީގެ 223 ވަނަ މާއްދާގެ (ޅ) ގެ ދަށުން ތަޙްޤީޤްކުރުމުގެ އަމުރު ނެރުމުގައި ޢަމަލުކުރާނެ އުޞޫލެއް އެކުލަވައިލެއްވުމާއި، ޖިނާއީ ބޮޑެތި މައްސަލަތައް ތަޙްޤީޤްކުރުމުގެ މުއްދަތު އިތުރުކޮށްދިނުމުގައި ޢަމަލުކުރާ އުޞޫލެއް އެކުލަވައިލެއްވުމާއި، ޖިނާއީ ތަޙްޤީޤްކުރުމުގެ ބާރުލިބިފައިވާ އިދާރާތަކުން ޢަމަލުކުރާ އުޞޫލުތައް މުރާޖަޢާކުރުމަށް ކޮށްފައިވާ މަސައްކަތްތަކުގެ ތަފްޞީލް މި ރިޕޯޓުގައި ބަޔާންކުރައްވާފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: