ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީގެ ލީޑަރޝިޕުން ފުލުހުންނާއި ސިފައިންގެ ކިބައިން މާފަށް އެދެން ޖެހޭ: ޑރ ޖަމީލް

ކުރީގެ ނައިބް ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު: ފޮޓޯ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ލީޑަރޝިޕްގެ ފަރާތުން ސިފައިންނާއި ފުލުހުންގެ ކިބައިން މާފަށް އެދެން ޖެހޭ ކަމަށް ކުރީގެ ނައިބް ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ފުލުހުންގެ އިންސްޕެކްޝަންސް ޑޭއާއި ގުޅުވައިގެން ކުރިއަށް ގެންދާ ހަރަކާތްތަކާއި ގުޅިގެން ޑރ ޖަމީލް ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ އެމްޑީޕީގެ ލީޑަޝިޕުން ސަލާމަތީ ބާރުތަކަށް ޖެއްސުންކޮށް އަނިޔާކުރުމަށް ގޮވައި ހިންގާފައިވާ ކަންކަމަށް ފުލުހުންނާއި ސިފައިންގެ ކިބައިން މަޢާފަށް އެދެންޖެހޭ ކަމަށެވެ. އަދި މަޖިލީހުގެ އެމްޑީޕީ މެމްބަރުންނަށްވެސް ފުލުހުންގެ ޚިދުމަތުގެ މުޙިންމުކަން އުނގަންނައިދޭންޖެހޭ ކަމަށް ޑރ ޖަމީލް ވިދާޅުވިއެވެ.

މީގެއިތުރުން ޑރ ޖަމީލް ވިދާޅުވީ ޤައުމީ ތަރައްޤީގެ ތަޞައްވަރެެއް ލީޑަރުން އަތުގައި އޮންނަންޖެހޭ ކަމަށާއި ފުލުހުންގެ ތަރައްޤީއަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ކޮށްދެއްވި މަސައްކަތް މިއަދު ހުޅުވުނު އިމާރާތުންވެސް ފެނިގެންދާ ކަމަށެވެ. އަދި ޕީޕީއެމް/ޕީއެންސީއަކީ ބިނާކުރާ ފިކުރު ކަމަށާއި ހުޅުޖަހައި ފުލުހުންނަށް އެންމެ ބޮޑު ގެއްލުމެއް ލިބުނީ 8 ފެބްރުއަރީގައި ކަމަށް ޑރ ޖަމީލް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: