ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖޫރިމަނާ ކުރުމައްފަހު އިދިކޮޅަށް ނަސޭހަތް ވެސް ދީފި

ސައިކަލު ބުރުގެ ތެރެއިން ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ގާނޫނާ ހިލާފަށް ކުރިއަށް ގެންދިޔަ ސިޔާސީ ހަރަކާތެއްގައި ތަކުރާރުކޮށް ބައިވެރިވެފައިވާތީ އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީގެ އިސް ބޭފުޅުންނަށް ނަސޭހަތް ދީފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

އިލެކްޝަންސް އިން މިއަދު ބުނެފައިވަނީ ޕީޕީއެމް އާއި ޕީއެންސީ ގެ އިސް ބޭފުޅުން އެފަދަ އަމަލެއް ތަކުރާރު ނުކުރުމަށް ނަސޭހަތް ދީފައިވާ ކަމަށެވެ.

އެޗްޕީއޭގެ ގައިޑްލައިންތަކާ ހިލާފަށް އެއްވުން ބޭއްވުމުން އީސީއިން އިއްޔެ ވަނީ ޕީޕީއެމް އާއި ޕީއެންސީ، ކޮންމެ ޕާޓީއެއް 75،000 ރުފިޔާއިން ޖޫރިމަނާކޮށްފަ އެވެ.

އޭގެ އިތުރުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲއާއި އެ ޕާޓީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއުގެ އިތުރުން ނައިފަރު ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ފުލުހަށް ހާޒިރުކޮށް، އެއިން ކޮންމެ ބޭފުޅަކު 1،000 ރުފިޔާ އިން ޖޫރިމަނާކޮށްފައިވެ އެވެ.

އެ އެއްވުންތަކުގައި ބައެއް އިސް ބޭފުޅުން މާސްކު ނާޅުއްވާ އުޅުނު މައްސަލަވެެސް ވަނީ ފެންމަތިވެފަ އެވެ. އެގޮތުން ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ވަނީ އެ މައްސަލައާ ގުޅިގެން ފުލުހަށް ހާޒިރުކޮށްފަ އެވެ. ނަމަވެސް ވަކީލެއްގެ ހާޒިރުގައި އެ މައްސަލަ ކުރިއަށް ގެންދިޔުމަށް ރައީސް ވަހީދު ބޭނުންފުޅުވެލެއްވުމުން އެ މައްސަލަ ވަނީ އެ ދުވަހު ކުރިއަށް ނުގެންގޮސްފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: