ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމް.އެމް.ޕީ.އާރް.ސީ އިން ވެބިނަރ ސީރީޒް އެއް ފަށައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ޖުލައި 2020 ވަނަ ދުވަހު ދިވެހިރާއްޖޭގެ ބޯޑަރު އަލުން ފަތުރުވެރިންނަށް ހުޅުވާލުމާއި އެކު މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން އެމް.އެމް.ޕީ.އާރް.ސީ އިންވަނީ ކެންޕެއިނެއް ލޯންޗްކޮށްފަ އެވެ.

މި ކެން ޕެއިންގެ މައިގަނޑު މަޤުސަދަކީ ފަތުރުވެރިންނަށް އަލުން މަރުޚަބާކިޔަން ދިވެހިރާއްޖެ ތައްޔާރަށް އޮތްކަންހާމަކޮށް ދިވެހިރާއްޖެ އަކީ މަޤުބޫލު ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި
އިޝްތިހާރުކުރުމެވެ.

މި ކެންޕެއިނަށް ލިބުނު ތަރުޚީބާއެކު ކެންޕެއިން އިތުރަށް ފުރިހަމަ ކުރުމުގެ ގޮތުންނާއި ފަތުރުވެރިންގެ މެދުގައި ދިވެހިރާއްޖެއާ މެދު އޮންނަ އިތުބާރު އިތުރުކުރުމުގެ ގޮތުން އެމް.އެމް.ޕީ.އާރް.ސީ އިން ވަނީ މި ކެންޕެއިންގެ ދަށުން ” ރި ޑިސްކަވަރ މޯލްޑިވްސް ‘ ގެ ނަމުގައި ޙާއްސަ ވެބިނާ ސީރީސް އެއް މިއަދު ތަޢާރަފް ކޮށްފަ އެވެ.

މިއީ ފަތުރުވެރިކަން ރަނގަޅު ކުރުމަށް ކުރަމުން އަންނަ އެކި މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކަންކަމުގެ ދަށުން ދިވެހިރާއްޖެ އަށް ފަތުރުވެރިން
އަންނަ ބޮޑެތި މާކެޓްތަކުގެ ޓްރެވަލް ޓްރޭޑް އާއި މީޑިއާތަކަށް ޙާއްސަކުރެވިގެން ބޭއްވޭ ވެބިނާ ތަކެކެވެ.

އެއް މަސް ދުވަހުގެ މުއްދަތަކަށް ބަހާލެވިގެން ކަނޑައެޅޭ މާކެޓްތަކަކަށް ހަފްތާއަކު އެއް ދުވަހު އެއް ގަޑިއިރަށް ކުރިއަށް ގެންދެވޭ މި ވެބިނާތަކުގައި
އެމް.އެމް.ޕީ.އާރް.ސީ ގެ ފަރާތުންނާއި އެކި މާކެޓްތަކުގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާގައި ޙަރަކާތްތެރިވާ ބޭފުޅުން ބައިވެރިވާނެ އެވެ.

މި ވެބިނާގައި ކޯވިޑް-19 ގެ ސަބަބުން ކުރިމަތިވި ދަތިތަކާއި އެކަންކަމުން އަރައިގަތުމަށް އެޅުނު ފިޔަވަޅުތަކާއި ކުރެވެމުން
އަންނަ ކަންކަމުގެ އިތުރުން “ނިއު ނޯމަލްގެ” ދަށުން ދަތުރުކުރާއިރު ފަތުރުވެރިން އިސްކަންދޭންވީ މުހިންމު ކަންތައްތަކަށް އަލިއަޅުވާލާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: