ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިރާގު ބިޒް ފައިބަރ ބްރޯޑްބޭންޑް ޕެކޭޖްތަކަށް ބޮޑު ބަދަލެއް!

ޝެއާރކޮށްލާ ކަހަލަދޯ؟

ދިރާގުން އެކުންފުނީގެ ބިޒް ފައިބަރ ބްރޯޑްބޭންޑް ޕެކޭޖްތަކަށް ބޮޑެތި ބަދަލުތަކެއް ތަޢާރަފުކޮށްފިއެވެ. މިއައި ބަދަލުތަކާއެކު މިހާރު ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އިތުރު ލުޔެއް ލިބިގެންދާނެއެވެ.

އެގޮތުން މި ގެނައި ބަދަލާއިއެކު އިތުރު ހަރަދަކާ ނުލާ 40 ޕަސެންޓާއޮ 100 ޕަސެންޓާ ދެމެދުގެ އަދަދަކަށް އިތުރު ޑޭޓާ އަދި އެންމެ ބާރު ސްޕީޑްވެސް ލިބިގެންދާނެއެވެ. ދިރާގު ބިޒް ފައިބަރ ބްރޯޑްބޭންޑްގެ ހުރިހާ ޕެކޭޖްތަކެއްގެ އަޕްގްރޭޑް ސެޕްޓެމްބަރ މަހުގެ ފުރަތަމަ ހަފުތާގައި ނިމޭނެއެވެ.

ދިރާގުގެ ބިޒްނަސް ކަސްޓަމަރުންނަށް އިތުރު އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ދިރާގުން ވަނީ ބިޒް ފައިބަރ ބޭސިކް 10އެމް ޕެކޭޖުން މަތީގެ ޕެކޭޖޭގް ގެންގުޅުއްވާ ވިޔަފާރިތަކަށް އެއް އަހަރު ދުވަހުގެ ނިޔަލަށް ހިލޭ ވަރޗުއަލް މީޓިންގ ރޫމް ޚިދުމަތް ދިނުމަށްވެސް ހަމަޖައްސާފައިއެވެ. އަދި މިއީ “ކްލައުޑް ހޮސްޓެޑް” ޚިދުމަތެއްގެ އިތުރުން، އޯޑިއޯ އަދި ވީޑިއޯ ކޯލްވެސް ކުރެވޭ ޚިދުމަތެކެވެ.  އެހެންކަމުން ވިޔަފާރިތަކަށް މިހާރު ވަރޗުއަލް މީޓިންތައް ބޭނުން އިރެއް ވަންދެން ކޮންމެ ވަގުތެއްގައިވެސް ހިލޭ ބޭއްވޭނެއެވެ. އަދި ހަމަ މިއާއެކު، ވިޔަފާރިތަކުގެ މަސައްކަތްތެރިކަމަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދިނުމަށް ދިރާގުން ވަނީ މަކްރޯސޮފްޓް އޮފީސް 365 އެޑް-އޮންސް ވިޔަފާރިތަކަށް ހާއްސަކޮށްގެން ތައާރަފުކޮށްފައިއެވެ. އޮފީސް 365ގައި ހިމެނޭ އެންމެ ފަހުގެ އެޕް ތަކާއި، ކްލައުޑް ޚިދުމަތުގެ އިތުރުން ދުނިޔޭގެ ފެންވަރުގެ ސެކުއިރީޓީގެ ސަބަބުން ވިޔަފާރިތަކަށް މަސައްކަތުގައި އިތުރު ކުރިއެރުމާއި ފަސޭހަ ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

ދިރާގުގެ ޑިރެކްޓަރ ބިޒްސަސް ސޮލިއުޝަންސް މުސްތާގް އަހުމަދު ދީދީ ވިދާޅުވި ގޮތުގައި، ނިއު ނޯމަލްގައި މަސައްކަތް ކުރަން ޖެހިފައިވާ މި ދަނޑިވަޅުގައި ވިޔަފާރިތަށް މިވަނީ ޑިޖިޓަލް ޓެކްނޮލޮޖީ އަށް ވަރަށް ބޮޑަށް ބަރޯސާވާން ޖެހިފައިކަމަށެވެ. އެހެންކަމުން ބިޒް ފައިބަރ ޕެކޭޖްތަކަށް ގެނައި ބަދަލުގެ އިތުރުން، ދިރާގުން ފޯރުކޮށްދޭން ގަސްތުކޮށްފައިވާ އިތުރު ވެލިއު އެޑެޑް ސަރވިސްތަކުގެ ސަބަބުން ދިރާގުގެ ބިޒްނަސް ކަސްޓަމަރުންގެ ޑިޖިޓަލް ކޭޕަބެލިޓީސް އާއި ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަވެގެން ދާނެކަމަށް އުންމީދު ކުރާކަމަށެވެ.

ދިރާގުން ބިޒްނަސް ފައިބަރ ބްރޯޑްބޭންޑް ޚިދުމަތައް ދިރާގުން މިހާ ބޮޑު ބަދަލެއް ގެނެސްފައިވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރި ތަކުގެ އިތުރުން ބޮޑު ވިޔަފާރިތަކަށްވެސް ޑިޖިޓަލް ޚިދުމަތް ހޯދުމަށް ލުއިފަސޭހަތައް ފޯރުކޮށްދިނުމަށް ކެނޑިނޭޅި ކުރަމުންދާ މަސައްކަތްތަކުގެ ދަށުންނެވެ. އަދި ދިރާގުން ދާފި ފަހުން ދިރާގު ހޯމް ފައިބަރ ބްރޯޑްބޭންޑް ޕެކޭޖްތަކަށްވެސް ހެޔޮ ބަދަލުތަކެއް ގެނެސްފައިއެވެ.

ދިރާގުން ދަނީ ފައިބަރ ބްރޯޑްބޭންގެ ޚިދުމަތް ރާއްޖޭގެ އެކި ހިސާބުތަކަށްވެސް އިތުރަށް ފުޅާކުރަމުންނެވެ. އެގޮތުން މިހާރު ރާއްޖޭގެ 61 ރަށަށް މި ޚިދުމަތް ދިރާގުން ވަނީ ފޯރުކޮށްދީފައިއެވެ. ދިރާގު ފައިބަރ ބްރޯޑްބޭންޑް ޚިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ގިނަ އެލަވަންސް އަދި އެންމެ މަތީ ސްޕީޑްގެ ޕެކޭޖްތައް ހިމެނޭ ޚިދުމަތެވެ. އަދި ހަމަ އެހެންމެ، ދިރާގު ފައިބަރ ބްރޯޑްބޭންޑް ނެޓްވޯކަކީ ރާއްޖޭގެ އެންމެ ބޮޑު ފައިބަރ ނެޓްވޯކް ވެސް މެއެވެ.

ދިރާގަކީ އިނޮވޭޝަނާއި ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަސްޓަމަރުންގެ ދިރިއުޅުމަށް ފާގަތިކަން ގެނެސްދީ ޑިޖިޓަލް ރާއްޖެއަކަށް ދިވެހި ރާއްޖެ ވާސިލްވުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުންދާ ކުންފުންޔެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: