ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިދިކޮޅު ޕީޕީއެމް/ޕީއެންސީ އިން ސްޓިއަރިން ކޮމިޓީތަކެއް އެކުލަވާލަނީ، އިންތިހާބު އަންނަ މަހު 16ގައި!

ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ހަރަކާތްތައް ވަރުގަދަ ކުރުމަށްޓަކައި ރަށު ސްޓިއަރިން ކޮމިޓީތަކެއް އެކުލަވާލުމަށް ނިންމައިފިއިފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިންތިޚާބީ ކޮމިޓީގައި އެންމެ އިސްކޮށް ހަރަކާތްރެރިވާ ޕީޕީއެމްގެ ނައިބް ރައީސް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މި އިންތިޚާބުގެ އެންމެބޮޑު މަސައްކަތަކީ އަތޮޅު ތެރޭގައާއި އިދިކޮޅު ހަރަކާތްތައް ފުޅާކުރުން ކަމަށެވެ.

މިކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އިންތިޚާބީ ކޮމިޓީގެ މެމްބަރު އަދި ގައްދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ރަޝީދު ވިދާޅުވީ އިންތިހާބުގައި ހޮވާނީ ރަށްރަށުގެ އާބާދީތަކަށް ބަލައި ފަސް މެމްބަރުންނާއި 11 މެމްބަރުންނާ ދެމެދުގެ އަދަދަކަށް ކަމަށެވެ.

އޭނާ ވިދާޅުވީ އިންތިހާބު އޮންނާނީ އަންނަ މަހުގެ 16 ވާ ހުކުރު ދުވަހު ކަމަށާއި މި އިންތިހާބު ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި އޮންނާނެ ކަމަށެވެ. އަދި މީގެ އިތުރުން މާލޭގެ އަވަށްތަކުގައި ވެސް އިންތިހާބު އިންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ސްޓިއަރިން ކޮމިޓީގެ ރައީސް އިންތިހާބު ކުރުމަށްޓަކައި ހޮވުނު މެމްބަރުންގެ ތެރެއިން ކުރިމަތިލާ ބޭފުޅުންގެ މެދުގައި އާންމު މެމްބަރުންގެ ވޯޓެއް ނެގުމަށް ހަމަޖެހިފައިވާކަމަށް ރަޝީދު ވިދާޅުވިއެވެ.

އެ އިންތިހާބުގައި ޒުވާނުންނާއި އަންހެނުންނަށް ޚާއްސަ ސްލޮޓެއް ކަނޑައެޅުމަށް ވަނީ ހަމަޖެހިފައެވެ. އަދި އިންތިހާބާއި ގުޅޭ ގޮތުން ތަފްސީލީ މައުލޫމާތު މިއަދު އާންމުކުރާނެކަމަށް އިދިކޮޅުން ބުނެއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: