ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފެރީ ދަތުރުތަކުގެ ބޭނުމަކީ އިންޑިޔާއިން އިގްތިސާދަށް އަތްގަދަކުރުން: އަދުރޭ

ޕީއެންސީގެ ރައީސް އަބްުއްރަހީމް އަބްދުﷲ
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިޔާއާއި ރާއްޖެއާ ދެމެދު ފަށާ ފެރީ ދަތުރުތަކުގެ ބޭނުމަކީ އިންޑިޔާއިން ރާއްޖޭގެ އިގްތިސާދަށް އަތްގަދަކުރުން ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ސަރުކާރު ބަދަލުވެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާއި ހަވާލުވެވަޑައިގަތް ފަހުން އިންޑިޔާއާއި ރާއްޖެއާ ދެމެދު ގާތް ގުޅުމެއް ވަނީ އުފެދިފައެވެ، އަދި ފެށުނީއްސުރެ މިގުޅުމަށް އިދިކޮޅު ކޯލިޝަނުން އަންނަނީ ފާޑު ކިޔަމުންނެވެ. އެގޮތުްން ގައުމުތަކުގެ މެދުގައި ހަމަހަމަ ގުޅުމެއް ނުބޭއްވޭ ކަމަށާއި ރާއްޖެ މިދަނީ އަޅުވެތިކަމަކާއި ދިމާއަށް ކަމަށް ބުނެ އިދިކޮޅު ކޯލިޝަަންގެ ބޭފުޅުން އަންނަނީ ފާޑު ވިދާޅުވަމުންނެވެ.

އަބްދުއްރަހީމް ވިދާޅުވީ އިންޑިޔާ ކާގޯ ފެރީގެ ޚިދުމަތް ރާއްޖެއަށް ފެށުމުގެ ބޭނުމަކީ ރާއްޖޭގެ އިގްތިސާދަށް އަތްގަދަ ކުރުން ކަމަށެވެ. އަދި މިއީ ދިވެހި ވިޔަފާރަވެރިން ފުނޑާލުމުގެ ބޭނުމުގައި ކުރަމުންދާ ކަމެއްގޮތުގައި ވަނީ ފާހަގަކުރައްވާފައެވެ. ގައުމު މިދަނީ އަޅުވެތިކަމަކާއި ދިމާއަށް ކަމަށާއި ވޯރާ ވިޔަފާރަވެރިންގެ ޒަމާން އަލުން އިއާދަވާން އުޅެނީކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

އިންޑިޔާއާއި ރާއްޖެއާ ދެމެދު ކާގޯ ފެރީގެ ޚިދުމަތް ގާއިމްކުރުމުގެ ވާހަކަތައް އެންމެ ފުރަތަމަ ދެކެވެން ފެށީ 2011 ވަނަ އަހަރު ރާއްޖޭގައި ބޭއްވުނު ސާކް ސަމިޓަށް ފަހުއެވެ. އަދި އެއަހަރު ފަހުކޮޅު ދަތުރުތައް ފެށުމަށް އައީ ތައްޔާރުވަމުންނެވެ. އެހެންނަމަވެސް، 2012 ވަނަ އަހަރު ރައީސް ނަޝީދުގެ ވެރިކަން ބަދަލުވިއިރުވެސް، އެމަސައްކަތް ފަށާފައެއް ނުވެއެވެ.

އެއަށްފަހު، ރައީސް ސޯލިހު ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު، އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރާއްޖެއަށް ކުރެއްވި ދަތުރެއްގައި އެކަމާއި ގުޅުންހުރި އެއްބަސްވުންތަކެެއްގައި ވަނީ ސޮއިކުރައްވާފައެވެ.

މިކަންކަމާއި ގުޅިގެން މިހާރަކަށް އައިސް މިދަތުރުތަކާއި ރާއްޖޭގައި އިންޑިޔާގެ އަސްކަރީ ސިފައިން ހަރަކާތްތެރިވަމުންދާ ކަމުގެ ވާހަކަތަކުގެ އަޑު ވަނީ ގަދަވެފައެވެ. ސޯޝަލް މީޑިޔާގައި ހޭޝްޓެގް އިންޑިޔާ އައުޓްގެ ނަމުގައި ބޮޑު ކެމްޕެއިނެއްވެސް އަންނަނީ ކުރިއަށް ގެންދަމުންނެވެ.

އިންޑިޔާ ސިފައިން ރާއްޖޭގައި ނުތިބެވޭނެކަމަށް ގޮވާލައި އަޑު އުފުލަމުން އަންނައިރު، އެމްޑީޕީއަށް ނިސްބަތްވާ ނުވަތަ ތާއީދުކުރާ މީހުން އަންނަނީ ރާއްޖެއާއި އިންޑިޔާއާ ދެމެދު އޮންނަ ގުޅުމަށް މަރުހަބާ ކިޔައި ތާއީދުކުރާކަންވެސް ހާމަކުރަމުންނެވެ. އަދި އެކަމާއި އިދިކޮޅުހަދާ، ދައްކަމުންދާ ބައެއް ވާހަކަތަކަކީ ޓެރަރިޒްމްއަށް ހިތްވަރުދޭ ވާހަކަތަކެއްކަމަށް ބުނެ އެކަންކަން ބަލައި ތަހުގީގުކުރުމަށްވެސް އެމްޑީޕީ މެމްބަރުން އަންނަނީ ގޮވާލަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: