ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި ދަނޑިވަޅުގައި މާލީ ދަތިކަމާއި މާޔޫސްކަން އިތުރުވާ ގޮތަށް މިންގަނޑުތައް ތަންފީޒު ކުރުން އިންސާފުވެރިއެއް ނޫން: އަނަސް

އެމްޑީޕީ ޓިކެޓްގައި މާލޭ މޭޔަރުކަމަށް ވާދަކުރައްވާ އަނަސް އަބްދުލް ސައްތާރު... ފޮޓޯ:ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

މި ދަނޑިވަޅުގައި މާލީ ދަތިކަމާއި މާޔޫސްކަން އިތުރުވާ ގޮތަށް މިންގަނޑުތައް ތަންފީޒު ކުރުން އިންސާފުވެރިއެއް ނޫން ކަމަށް އެމްޑީޕީގެ ކުރީގެ ސެކްރަޓަރީ ޖެނެރަލް އަދި މާލޭ ސިޓީ މޭޔަރު ކަމަށް އެމްޑީޕީ ޓިކެޓްގައި ވާދަކުރާ އަނަސް އަބްދުއްސައްތާރު ވިދާޅުވެއްޖެ އެވެ.

އަނަސް މިހެން ވިދާޅުވީ ރަޖިސްޓްރީ ނުކޮށް އޮންލައިންކޮށް ކާބޯތަކެތީގެ ވިޔަފާރި ނުކުރެވޭ ގޮތަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނިންމުމުންމާ ގުޅިގެންނެވެ.

އަނަސް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތަކީ އުފެއްދުންތެރިކަމަށް ހިތްވަރުދީ، އާމްދަނީ ހޯދުމުގެ ފުރުސަތު ފަހިކޮށް ދިނުން މުހިއްމުވެފައިވާ ދަނޑިވަޅެއް ކަމަށެވެ. ދިމާވެފައިވާ މާލީ ދަތިކަމާއި، މާޔޫސްކަން އިތުރުވާ ގޮތަށް މިންގަނޑުތައް ތަންފީޒު ކުރުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށް އަނަސް ވިދާޅުވިއެވެ.

“މި ދަތި ހާލަތުން އަރައިގަތުމަށް ރައްޔިތުން ގޭގައި ކުރާ އަމިއްލަ ބުރަ މަސައްކަތް ހުއްޓުވާލުމަށް ވުރެ އެކަށީގެންވާ ވަގުތު ދިނުމާއެކު ކާބޯތަކެތި ތައްޔާރު ކުރުމާއި، ޕެކޭޖް އަދި ޑެލިވަރީގެ ސަލާމަތީ މިންގަނޑުތައް އެކުލަވާލައި، އަމަލު ކުރެވޭނެ މަގު ފަހިކޮށްދިނުމަށް އެޗްޕީއޭއަށް ގޮވާލަން،” އަނަސް ވިދާޅުވިއެވެ.

އެޗްޕީއޭއިން އޮގަސްޓް 31 ވަނަ ދުވަހު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ރަޖިސްޓްރީ ނުކުރާ ބަދިގެ ފަދަ ތަންތަނުގައި ކާބޯތަކެތި ތައްޔާރުކޮށް ވިއްކުމާއި ފިހާރަތަކާއި ގޭގޭގައިި ކާބޯތަކެތީގެ ބާވަތްތަކާއި ދުންފަތުގެ ބާވަތްތައް އޮންލައިން ޕްލެޓްފޯމްތަކުގައި އިސްތިހާރުކޮށް ވިއްކާ ނަމަ ގަވާއިދުގާވާ ގޮތުގެ މަތިން ފިޔަވަޅު އެޅުމަށް ނިންމާފައިވާ ކަމަށެވެ.

އެޗްޕީއޭގެ މި ނިންމުމަށް ގިނަ ބަޔަކު ފާޑުކިޔަމުން އަންނައިރު ކުދި އަމިއްލަ ވިޔަފާރިތަކަށް ހުރަސް ނޭޅުމަށްވެސް މީސް މީޑިއާގައި އަންނަނީ ގޮވާލަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: