ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފްލެޓުގެ ބަދަލު ހޯދަން 170އަށްވުރެ ގިނަ މީހުން ސޮއިކޮށްފި

ގުޅީފަޅުން ފްލެޓު ގަތް މީހުންނަށް ބަދަލު ދިނުމުގެ އެގްރީމަންޓުގައި ސޮއިކުރުވަނީ: ފޮޓޯ / ޕްލޭނިން މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ގުޅީފަޅުން ފްލެޓު ގަތުމަށް ފައިސާ ދެއްކި ފަރާތްތަކާއި ޓާޓާ ފްލެޓަށް ދައްކަން ޖެހުނު ފައިސާ ހަމަނުޖެހުނު ފަރާތްތަކުގެ ތެރެއިން ބަދަލު ހޯދުމަށް މިހާތަނަށް 170އަށް ވުރެ ގިނަ މީހުން ސޮއިކޮށްފިއެވެ.

ހައުސިން މިނިސްޓްރީން ބުނީ ޓާޓާ ފްލެޓަށް ދައްކަން ޖެހުނު ފައިސާ ހަމަނުޖެހުނު 73 މީހަކު، ބަދަލު ހޯދުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށެވެ.

ގުޅީފަޅުން ފްލެޓު ގަތުމަށް ފައިސާ ދެއްކި މީހުންނަށް ސަރުކާރުން އަންނަނީ ބަދަލު ދިނުމުގެ އެގްރީމަންޓުތަކުގައި ސޮއި ކުރަމުންނެވެ. ގުޅީފަޅުން ފްލެޓު ގަތް މީހުންގެ ތެރެއިން 142 މީހަކަށް އަދިވެސް ބޯހިޔާވަހިކަން ނުލިބޭއިރު ފްލެޓު ގަތުމަށްޓަކައި 50 މިލިއަން އެ އާއިލާތަކުން ވަނީ އިންވެސްޓު ކޮށްފައެވެ.އެގްރީމަންޓުތަކުގައި ސޮއި ކުރަމުން އަންނައިރު ބަދަލު ދެމުން ދަނީ ދެ ގޮތަކަށެވެ.

އެއީ މިހާރު ހިޔާ މަޝްރޫއުގެ ފްލެޓުން ފްލެޓު ދިނުން ނުވަތަ ސަރުކާރުން އެންމެ އަވަހަށް އިމާރާތް ކުރާ ތިން ކޮޓަރީގެ ފްލެޓެއް ދިނުމެވެ. ގެއްލުމުގެ ބަދަލުގެ ގޮތުގައި ފައިސާ އިން ދެނީ 432،000 ރުފިޔާއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: