ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބިދޭސީ ވަކީލުންނަށް ރާއްޖޭގެ ކޯޓުތަކުގައި ވަކާލާތު ކުރުމުގެ ހުއްދަ ދެނީ

ވަކީލުން ހުވާކުރެއްވުމުގެ ރަސްމިއްޔާތެއް: ފޮޓޯ އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ރާއްޖޭގެ ކޯޓުތަކުގައި ހިނގާ މައްސަލަތަކުގައި ވަކާލާތު ކުރުމުގެ ހުއްދަ، ފުރަތަމަ ފަހަރަށް ބިދޭސީ ވަކީލުންނަށް ދޭން ނިންމއިފިއެވެ.

މިއަދުން ފެށިގެން އަމަލު ކުރެވެން ފަށާ މި ޤަވާއިދުގައި ބުނާ ގޮތުން ބިދޭސީ ވަކީލުންނަށް ރާއްޖޭގެ ކޯޓުތަކުގައި ހިނގާ މައްސަލަތަކުގައި ވަކާލާތު ކުރެވޭނީ ވަކި ޝަރުތުތަކެއް ހަމަވުމާއި އެކު، ވަކި މުއްދަތެއް ވަންދެނެވެ. އަދި ބިދޭސީ ވަކީލަކަށް ވަކާލާތު ކުރުމުގެހުއްދަ ދިނުމަށް އެދި، ބާ ކައުންސިލަށް ހުށަހެޅޭނީ އެޓާނީ ޖެނެރަލްގެ އޮފީހާއި،ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ އިތުރުން ރަޖިސްޓްރީކޮށްފައިވާ ލޯ ފާމްތަކަށް ކަމަށްވެސް އެ ގަވާއިދުގައިވެއެވެ.

ބިދޭސީ ވަކީލަކަށް ރާއްޖޭގެ ކޯޓުގައި ވަކާލާތު ކުރުމަށް ހުއްދަ ދެވޭނީ އޭނާ ވާހަކަ ދައްކާ ބަހަކުން ކޯޓުގައި ވާހަކަ ދެއްކުމަށް އޭނާވާހަކަ ދައްކަމުން ދާ ބަސް ދިވެހި ބަހަށް ތަރުޖަމާ ކުރެވޭނެ މީހަކު ގެނެސްގެން ކަމަށް ވެސް މި ގަވައިދުގައިވެއެވެ.

ހައިކޯޓުގައި ބިދޭސީ ވަކީލަކު ވަކާލާތު ކުރަން ބޭނުންވާ ކަމުގައި ވާނަމަ ތިން އަހަރުގެ ތަޖުރިބާއާ އެކު އެ ވަކީލަކު ނިސްބަތްވާ ގައުމެއްގެ އިސްތިއުނާފީ ކޯޓުގައި ވަކާލާތު ކުރުމުގެ ހުއްދަ އޮންނަންޖެހެއެވެ.އަދި ސުޕްރީމް ކޯޓުގައި ހިނގާ މައްސަލަތަކުގައި ނަމަ ފަސް އަހަރުގެ ތަޖުރިބާއާ އެކު އެ ވަކީލަކު ނިސްބަތްވާ ގައުމުގެ އެންމެ މަތީ ކޯޓުގައި ވަކާލާތު ކުރުމުގެ ހުއްދަ އޮތުމަަކީ ވެސް ބިދޭސީ ވަކީލުންނަށް ހުއްދަ ދިނުމުގެ ޝަރުތެއް ކަމަށް އެ ގަވާއިދުގައިވެއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: