ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެޗްޑީއެފްސީގެ ލޯނުތައް މި މަހުން ފެށިގެން ދައްކަން ޖެހޭނެ!

ޝެއާރކޮށްލާ ކަހަލަދޯ؟

ހައުސިން ޑިވަލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އިން ލޯނުތަކަށް ދީފައިވާ މޮރިޓޯރިއަމް މުއްދަތު ހަމަވުމާއި ގުޅިގެން މިމަހުން ފެށިގެން ލޯނުތަކަށް ފައިސާ ދައްކަން ޖެހޭނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ކޮވިޑް-19އާ ގުޅިގެން އެ ކުންފުނިން ވަނީ ނަގާފައި ލޯނުަތަކަށް ހަ މަސް ދުވަހުގެ މޮރިޓޯރިއަމް މުއްދަތެއް ދީފައިވާއިރު، އެ މުއްދަތު މިދިޔަ މަހުގެ ނިޔަލަށް ވަނީ ހަމަވެފައެވެ. އެ މުއްދަތު ހަމަވުމާއެކު އެ ކުންފުނިން ވަނީ އިތުރު މުއްދަތެއް ނުދޭން ނިންމާ އެކަން އާންމުކޮށް އިއުލާން ވެސް ކޮށްފައެވެ.

މީގެ އިތުރުން މިއަދުވަނީ ސްޓޫޑަންޓް ލޯނު އަނބުރާ ދެއްކުން އަންނަ އަހަރަށް ފަސްކޮށްފައެވެ. މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން ބުނީ އެގޮތަށް ނިންމީ ކޮވިޑް19 ގެ ބަލިކަމުގެ މިހާލަތުގައި ގިނަ ފަރާތްތަކެއްގެ އާމްދަނީއަށް އަސަރުކޮށްފައިވުމާއިއެކު، އާއްމު ހާލަތަށް ރުޖޫއަވުމަށް ވަގުތުނަގާނެ ކަމަށް ބެލެވޭތީ ކަމަށެވެ.

ކޮވިޑް-19ގެ ސަބަބުން އެތައް ބަޔަކަށް ވަޒީފާ ގެއްލި އެތައް ބަޔަކު ވަނީ ނޯޕޭގެ ހާލަތަށް ވެސް ގޮސްފައެވެ. ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ވެސް ބޮޑު އަސަރެއް މިބަލިމަޑުކަމުގެ ސަބަބުން ކޮށްފައިވާއިރު ގިނަ ބައެއްގެ އާމްދަނީއަށް ވަނި އަސަރު ކޮށްފައެވެެ. ކަން މިހެން ހުރުމުގެ ސަބަބުން ފައިނޭސިންގް ހިދުމަތް ދޭ ގިނަ ތަންތަނުން ވަނި ލޯނުތައް ދެއްކުމަށް 6 މަސް ދުވަހުގެ މޮރިޓޯރިއަމް މުއްދަތެއް ދީފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: