ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުރިއަށް އޮތް ދެ ހަފްތާވެސް މާލޭގެ ސްކޫލްތަަކުގައި ކިޔަވައިދޭނީ އޮންލައިންކޮށް

ސްކޫލެއްގެ ކިޔަވާ ދަރިވަރުންތަކެއް:ފޮޓޯ މީސްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިއަށް އޮތް ދެ ހަފްތާވެސް މާލޭގެ ސްކޫލްތަކުގެ ކްލާސްތައް އޮންލައިންކޮށް ކުރިއަށް ގެންދަން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ކުރި ޓުވީޓެއްގައި ބުނީ އޮންލައިންކޮށް ކްލާސްތައް ކުރިއަށް ގެންދަން ނިންމީ ކޮވިޑްގެ މިހާތުގެ ހާލަތައް ރިއާޔަތްކޮށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ ލަފަޔާ އެއްގޮތަށް ކަމަށެވެ.

އޮންލައިންކޮށް ކިޔެވުންގެންދަން ނިންމި ނަމަވެސް މިހާލަތުން ގްރޭޑް 11 އަދި 12 އިގެ ދަރިވަރުން އިސްތިސްނާ ވާނެއެވެ. އެއީ އެ ކުދިންގެ އޭލެވެލް އިމްތިހާންތަކަށް ތައްޔާރުވުމަށް އެހީތެރިވުމުގެ ގޮތުންނެވެ. އެ ގްރޭޑްތަކުގެ ދަރިވަރުން މިހާރުވެސް ސްކޫލަށް ގޮސް ކިޔަވަމުންދެއެވެ.

ކޮވިޑާ ގުޅިގެން އެންމެ ފުރަތަމަ ސްކޫލްތައް ބަންދުކުރީ މިދިޔަ މާޗް މަހުއެވެ. އޭގެ ފަހުން ޓެލެކިލާސް އަދި އޮންލައިން ކްލާސްތައް ދިޔައީ ކުރިއަށް ގެންދަމުންނެވެ.

މިދިޔަ ޖުލައި މަހު މާލޭގައި ގްރޭޑް ނުވަޔަކުން މަތީގެ ދަރިވަރުން ސްކޫލްތަކަށް ގޮސް ކިޔަވަމުން ދިޔައެވެ. އޭރު ކްލާސްތަކުގައި ކިޔަވައިދެމުން ގެންދިޔައީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރަށް ބޮޑަށް އަޅައިގެންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: