ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގެސްޓް ހައުސްތައް ހުޅުވަން ހުއްދަ ދޭނީ އެރަށެއްގެ ކައުންސިލުން އެއްބަސްވުމުން

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 އާ ގުޅިގެން ބަންދުކޮށްފައިވާ ގެސްޓް ހައުސްތައް އަންނަ މަހުގެ 15 ވަނަ ދުވަހު ހުޅުވަން ނިންމި ނަމަވެސް، އެ ގެސްޓް ހައުސްތައް ހުޅުވަން ހުއްދަ ދޭނީ އެރަށެއްގެ ކައުންސިލުން އެއްބަސްވުމުން ކަމަށް ޓުއަރިޒަމް މިނިސްޓްރީން ނެރުނު އުސޫލުގައި ވިދާޅުވެއްޖެ އެވެ.

ގެސްޓް ހައުސް ހުޅުވުމާއި ގުޅޭގޮތުން ޓުއަރިޒަމް މިނިސްޓްރީން އެކުލަވާލި އެ އުސޫލުގައި ގެސްޓް ހައުސްތައް ހުޅުވާއިރު، ރަށްރަށުން ފުރިހަމަ ކުރަންޖެހޭ ކަންކަން ބަޔާންކޮށްފައި ވެއެވެ. އެގޮތުން ރަށު ކައުންސިލުން އެރަށުގައި ހުރި ގެސްޓްހައުސްތައް ފަތުރުވެރިކަމަށް ހުޅުވާލުމަށް އެއްބަސްވެ، އެކަމަށް އެދި މިނިސްޓްރީއަށް ހުށައަޅައި ހުއްދަ ހޯދަން ޖެހޭނެ ކަމަށް ބަޔާންކޮށްފައި ވެއެވެ.

މިގޮތުން ގެސްޓް ހައުސްތައް ހުޅުވާއިރު، ގެސްޓް ހައުސްއަކުން ފަތުރުވެރިއަކު ނުވަތަ ސްޓާފަކު ކޮވިޑް-19 އަށް ފައްސިވެއްޖެ ހާލަތުގައި އައިސޮލޭޓް ކުރާނެ އިންތިޒާމުތައް ހަމަޖައްސާފައި ހުންނަން ޖެހޭނެއެވެ. އަދި ފައްސިވާ މީހާގެ ކޮންޓެކްޓްސް ކަރަންޓީނު ކުރާނެ އިންތިޒާމުތަކާއި، ކޮވިޑް ޓާސްކް ފޯސްއެއް އުފައްދަން ޖެހޭނެ ކަަަމަށް ބަޔާންކޮށްފައި ވެއެވެ.

 

 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: