ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާންމު އިޖްތިމާއީ މިންގަނޑުތަކާ ހިލާފު އަމަލުތައް އިނގޭތަ؟

މުޒާހަރާއެއްގެ ތެރެއިން: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައި އާންމު އިޖުތިމާއީ މިންގަނޑުތަކާއި ހިލާފް އަމަލުތައް ހިންގާ ވާހަކައަކީ އަބަދުވެސް ދައްކަމުންދާ ވާހަކަތަކެކެވެ. ނަމަވެސް ސުވާލަކީ އާންމު އިޖުތިމާއީ މިންގަނޑުތަކާއި ހިލާފް އަމަލުތަކަކީ ކޮބައިކަން އެނގެނީ ކިންތައް މީހުންނަށްތޯއެވެ. އަދި މީހަކު ނުވަތަ ބަޔަކު ކުށެއް ކުރާއިރު ނުވަތަ ކުށުގެ އަމަލަކަށް އަރައިގަންނައިރު އެ ކުށަކީ ނުވަތަ އެ އަމަލަކީ އާންމު އިޖުތިމާއީ މިންގަނޑުތަކާއި ހިލާފް އަމަލެއްކަން އެނގެނީ ކިތައް މީހުންނަށްތޯ މިއީ ވެސް އުފެދޭ ސުވާލެކެވެ.

އެހެން ކަމުން އާންމު އިޖުތިމާއީ މިންގަނޑުތަކާއި ހިލާފް އަމަލުތައް ހިންގުން ރާއްޖޭގައި އެއް ދުވަހުން އަނެއް ދުވަހަސް އިތުވަމުންދާއިރު އާންމު އިޖުތިމާއީ މިންގަނޑުތަކާއި ހިލާފް ކުަށްތަކަކީ ކޮބައި ކަމާއި އަދި އެފަދަ ކުށެއް ހިންގައިފި މީހަކަށް ކަނޑައެޅިފައިވާ އަދަބަކީ ކޮބައިކަން އެނގުމަކީ ވަރަށް މުހިންމު ކަމެކެވެ. ހާއްސަކޮށް އާންމު އިޖުތިމާއީ މިންގަނޑުތަކާއި ހިލާފް އަމަލުތައް ގާނޫނީ ނިޒާމުގައި ކަނޑައަޅާފައިވާ ގޮތް ކޮންމެ މީހަކަށް ވެސް ސާފުވެފައި އޮތުމަކީ މިއަދު ވަަރށް މުހިންމު ކަމެއް ކަމަށް އަޅުގަނޑު ދެކެމެވެ.

މުޖްތަމައުގައި ހިމެނޭ ބައެއް ފަރުދުންގެ އަމަލުތަކުގެ ސަބަބުން އުފެދޭ ބިރުވެރިކަމާއި، ހާސްކަމާއި، ނުތަނަވަސްކަމުން މުޖްތަމައުގެ އެހެން ފަރުދުންނާއި މުޅި މުޖްތަމައު ސަލާމަތްކޮށްދިނުމުގެ ގޮތުން، ވަކި ބާވަތްތަކެއްގެ އަމަލުތަކަކީ އާންމު އިޖްތިމާއީ މިންގަނޑުތަކާ ހިލާފު އަމަލުތަކެއް ކަމުގައި ކަނޑައަޅައި، އެފަދަ އަމަލުތައް ކުރާ މީހުން އެފަދަ އަމަލުތައް ކުރުން ހުއްޓުވުމުގެ ގޮތުން އެޅޭނެ ފިޔަވަޅުތައް ކަނޑައަޅައި ބަޔާންކުރުމުގެ ގާނޫނެއް އޮވެއެވެ. އެ ގާނޫނުގެ ނަމަކީ އާންމު އިޖުތިމާއީ މިންގަނޑުތަކާއި ހިލާފް އަމަލުތައް ހުއްޓުވުމުގެ ގާނޫނެވެ.

ގާނޫނުގެ މަގްސަދު.

މި ގާނޫނުގެ ބޭނުމަކީ، އަންނަނިވި މަގްސަދުތައް ހާސިލްކުރުމެވެ.

(ހ) އާންމު އިޖްތިމާއީ މިންގަނޑުތަކާ ހިލާފު އަމަލުތައް ހުއްޓުވުން.

(ށ) އާންމު އިޖްތިމާއީ މިންގަނޑުތަކާ ހިލާފު އަމަލުތައް ހިންގާ ފަރާތްތަކާމެދު އެޅޭނެ ފިޔަވަޅުތައް ކަނޑައެޅުން.

(ނ) އާންމު އިޖްތިމާއީ މިންގަނޑުތަކާ ހިލާފު އަމަލުތައް ހުއްޓުވުމުގައި މަސައްކަތްކުރާ ފަރާތްތަކަށް ހާއްސަ ބާރުތަކެއް ދިނުން.

(ރ) އާންމު އިޖްތިމާއީ މިންގަނޑުތަކާ ހިލާފު އަމަލުތައް ކުރާ ކުޑަކުދިންގެ ބެލެނިވެރިން ޒިންމާދާރުކުރުވުން.

ގާނޫނުގެ ދަށުން އާންމު އިޖްތިމާއީ މިންގަނޑުތަކާ ހިލާފު އަމަލުތައް ކަމުގައި ކަނޑައަޅާފައިވާ އަމަލުތަކަކީ 

  1. މަގުމަތީގައި އަދި އާންމު ތަންތާނގައި ހިންގާ އަމަލު.
  2. ތިމާވެށްޓާގުޅޭ އަމަލު.
  3. ގޯތިގޯއްޗާއި ކުއްޔަށްދޭ ތަންތަނާގުޅޭ އަމަލު.

އާންމު އިޖްތިމާއީ މިންގަނޑުތަކާ ހިލާފު އަމަލުތައް ކުރާ މީހުންނާމެދު ގާނޫނުގެ ދަށުން އެޅޭނެ ފިޔަވަޅުތައް ކަމުގައި ބަޔާންކޮށްފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނެނީ  އިންޒާރުގެ ސިޓީ.ދިނުން، އިޖްތިމާއީ އެއްބަސްވުމެއް ހެދެން،  އިޖްތިމާއީ އަމުރު.ނެރުން، ބެލެނިވެރިކަމުގެ އެއްބަސްވުން. ހެދުން، ބެލެނިވެރިކަމުގެ އަމުރު. ނެރުން،  ޖޫރިމަނާގެ ނޯޓިސް. ދިނުން،  ވަގުތީ އަމުރު.ގެ އިތުރުން ބައެއް ބާވަތުގެ އަމަލުތަކަކީ ކުށްކަމުގައި ކަނޑައެޅުން. ހިމެނެއެވެ.

ގާނޫނުގައި ބުނެފައިވާ ގޮތުގައި އިޖްތިމާއީ އެއްބަސްވުމަކީ، މީހަކު އާންމު އިޖްތިމާއީ މިންގަނޑުތަކާ ހިލާފު އަމަލެއް ކުރުމުން، ކުރިއަށްއޮތް ތާނގައި އޭނާ އެފަދަ އަމަލުތައް ހިންގުން ހުއްޓުވުމަށްޓަކައި އެމީހަކާ ކަމާބެހޭ އިދާރާއަކާ ދެމެދު ވެވޭ އެއްބަސްވުމެކެވެ. އިޖްތިމާއީ އެއްބަސްވުމެއްގެ މަގްސަދަކަށްވާނީ، އާންމު އިޖްތިމާއީ މިންގަނޑުތަކާ ހިލާފު އަމަލު ހިންގި މީހާއަށް، އޭނާ ހިންގި އަމަލުގެ ނަތީޖާ ވިސްނައިދީ، އެކަންކަމަށް ޒިންމާ އުފުލުވުމެވެ.

ގާނޫނުގައި ބުނެފައިވާ ގޮތުގައި ބެލެނިވެރިކަމުގެ އެއްބަސްވުމަކީ، ކުޑަކުއްޖަކު އާންމު އިޖްތިމާއީ މިންގަނޑުތަކާ ހިލާފު އަމަލެއް ކުރުމުން، ކުރިއަށް އޮތްތާނގައި އެ ކުއްޖާ އެފަދަ އަމަލުތައް ހިންގުން ހުއްޓުވުމުގެ ގޮތުން، އެ ކުއްޖެއްގެ ބެލެނިވެރިޔާއާއި ކަމާބެހޭ އިދާރާއާ ދެމެދު ވެވޭ އެއްބަސްވުމެކެވެ  ބެލެނިވެރިކަމުގެ އެއްބަސްވުމެއްގެ މަގްސަދަކަށް ވާނީ، އާންމު އިޖްތިމާއީ މިންގަނޑުތަކާ ހިލާފު އަމަލު ހިންގި ކުޑަކުއްޖާއަށް، އޭނާ ހިންގި އަމަލުގެ ނަތީޖާ ވިސްނައިދީ، އެ ކުއްޖާ އެކަންކަމަށް ޒިންމާދާރުކުރުވުމުގައި، ބެލެނިވެރިޔާގެ ދައުރު ވިސްނައިދީ، އެކަންކަމުގައި ބެލެނިވެރިޔާ ޒިންމާދާރުކުރުވުމެވެ.

މީގެއިތުރުން ގާނޫނުގައި ބުނެފައިވާ ގޮތުގައި އިޖްތިމާއީ އަމުރަކީ، މީހަކު އާންމު އިޖްތިމާއީ މިންގަނޑުތަކާ ހިލާފު އަމަލެއް ކުރުމުން، އޭނާ އާންމު އިޖްތިމާއީ މިންގަނޑަށް ރުޖޫއަކުރުމަށްޓަކައި، ވަކި ކަންތައްތަކެއް ކުރުން އޭނާއަށް މަނާކޮށް ނުވަތަ ވަކި ކަންތައްތަކެއް ކުރުމަށް އޭނާއަށް ލާޒިމުކޮށް ކޯޓުން ކުރާ މަދަނީ އަމުރެކެވެ.

އާންމު އުނދަގޫކުރުން.

މީހަކު ނުވަތަ ގިނަ މީހުންތަކެއް އެކުވެގެން ނަމަވެސް، އެމީހެއް ނުވަތަ އެބަޔެއްގެ އަވަށްޓެރިއަކާމެދު ވަކި ކަހަލަ ނުވަތަ ވަކި ބާވަތެއްގެ އަމަލެއް ހިންގައިފިނަމަ، އެމީހާ ނުވަތަ އެބަޔަކާމެދު ގާނޫނުގެ ދަށުން ފިޔަވަޅުއެޅޭނެއެވެ. އެގޮތުން ގާނޫނުގައި ބުނެފައިވާ ގޮތުގައި  ފޮށުމާއި، ބިރުދެއްކުމާއި، ގަޔަށް އަތްލުމާއި،  އަވަށްޓެރިޔާގެ ގެއަށް އެއްޗެހި އުކުމާއި،  ހުއްދަނުހޯދައި ގޯތިގެދޮރަށް ވަނުމަކީ ކުށެކެވެ. ހަމައެހެންމެ ޖިންސީ ގުނަވަނެއް ހާމަކުރުމާއި، ޖިންސީ ގުނަވަނެއް ނުވަތަ ޖިންސީ ހަރަކާތެއް ސިފަކޮށްދޭ މަންޒަރު ނުވަތަ ލިޔުން އެކުލެވޭ ހެދުން ބޭނުންކުރުމަކީ ވެސް ގާނޫނުގެ ދަށުން ކުށެކެވެ. މީގެއިތުރުން އިސްލާމްދީން ފިޔަވައި އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި ގެންގުޅުމާއި ބޭނުންކުރުމަކީ ވެސް ކުށެކެވެ. އަދި މީހުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭނެ ނުވަތަ މީހަކަށް ގެއްލުމެއް ލިބިދާނެ އެނޫންވެސް އަމަލެއް ހިންގުމަކީ ވެސް ގާނޫނީ ގޮތުން ކުށެކެވެ.

އާންމު އުނދަގުލަށް ވާގޮތަށް އަޑުގަދަކުރުން

ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައި އާންމު ރައްޔިތުންނަށް އުނދަގޫވާތައް އެކި ބާވަތުގެ ހަރަކާތްތައް ހިންގާ ވާހަކައަކީ ވެސް ކެނޑިނޭޅި ދެކެވޭ ވާހަކަތެކެވެ. އަދި އޭގެ ސަބަބުން އެކި އުމުރުގެ މީހުންނަށް ބޮޑެތި އުނދަގޫތަކާއި ކުރިލާން ޖެހޭ ވާހަކަ އަޑުއިވޭލެއް މަދެއް ނޫނެވެ. އާންމު އިޖުތިމާއީ މިންގަނޑުތަކާއި ހިލާފް އަމަލުތައް ހުއްޓުވުމުގެ ގާނޫނުގައި ބުނެފައިވާ ގޮތުގައި ގޯތިގެދޮރާއި އިމާރާތްތަކުގައި، އަވަށްޓެރިންނަށް އުނދަގޫވާގޮތަށް، ބާރަށް ލަވަޖަހައި ނުވަތަ ޓީ.ވީގެ އަޑު ބާރުކޮށްގެން ޓީ.ވީ ބަލައި ނުވަތަ އެނޫންވެސް ގޮތަކަށް އަޑުގަދަކޮށް ހަދައިފިނަމަ، އެކަން ކުރި މީހާއާމެދު ފިޔަވަޅު އެޅޭނެއެވެ.

މީގެއިތުރުން  ރެސްޓޯރަންޓެއް ނުވަތަ ކެފޭއެއް ނުވަތަ ކޮފީ ށޮޕެއް ނުވަތަ ސައިހޮޓަލެއް ނުވަތަ ކުޅިވަރުކުޅޭ ތަނެއް ނުވަތަ އެނޫންވެސް، ޒުވާނުންނާއި ބޮޑެތި މީހުން މުނިފޫހިފިލުވުމަށް ގޮސްއުޅޭ ތަނެއްގައި، ކައިރި ހިސާބުތަކުގެ މީހުންނަށް އުނދަގޫވާ ގޮތަށް ބާރަށް ލަވަޖަހައި ނުވަތަ ޓީ.ވީ ބަލައި ނުވަތަ އެނޫންވެސް ގޮތަކަށް އަޑުގަދަކޮށް ހެދުމަކީ ވެސް ގާނޫނީ ގޮތުން ކުށެކެވެ. އެފަދަ ކުށެއް ބަޔަކު މީހުން ކުރާނަމަ އެފަދަ މައްސަލަތައް ހުށަހަލަން ޖެހޭނީ ރަށެއްގައި ނަމަ ރަށު ކައުންސިލަށެވެ. ސިޓީއެއްގައި ނަމަ ސީޓީ ކައުންސިލްއަށެވެ. ނުވަތަ ފުލުހުންގެ އިދާރާއަށް ވެސް ހުށަހެޅިދާނެއެވެ.

ކޮންމެއަކަސް މި ރިޕޯޓުގައި މި ހިމަނާލީ އާންމު އިޖުތިމާއީ މިންގަނޑުތަކާއި ހިލާފް އަމަލުތައް ހުއްޓުވުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ކުށްތަކާއި އެ ކުށްތައް ކުރާ މީހުހްނަށް ގާނޫނުގައި ކަނޑައެޅިފައިވާ މުޖުތަމައުގެ ތެރޭގައި ހިނގާ އާންމު އިޖުތިމާއީ މިންގަނޑުތަކާއި ހިލާފް ކުށްތައް ހުއްޓުވަން ބޭނުންވާނަމަ ގާނޫނީ ގޮތުން އާންމު އިޖުތިމާއީ މިންގަނޑުތަކާއި ހިލާފް ކުށްތައް އެނގުމަކީ ވެސް ވަރަށް މުހިންމު ކަމެކެވެ. ހަގީގަތަކީ ކުށް ހުއްޓުވުމަސް ބޭނުންވާނަމަ ކުށަކީ ކޮބްއިކަން އެނގެން ޖެހެއެވެ. އެހެން ނޫންނަމަ ކުށް ހުއްޓުވުމަކީ ކުރެވޭނެ ކަމެއް ނޫނެވެ.

ވަރަށް ގަދަ
33%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 67%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. އިނގޭތަ އާއި އެނހޭތަ މިއީ ދެ ހާލަތެއްގައި ބޭނުންކުރާ ދެ ބަހެއްކަން އެނގޭތަ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: