ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަވަލްނީ މަރާލަން މަސައްކަތް ކޮށްފައިވަނީ ނާވް އޭޖެންޓެއް ބޭނުންކޮށްގެން: ޖަރުމަނު

ޝެއާރކޮށްލާ ކަހަލަދޯ؟

ރަޝިޔާގެ އިދިކޮޅު ސީޔާސީ ލީޑަރެއްކަމަށްވާ އެލެކްސީ ނަވަލްނީއަށް ގެއްލުންދިނުމަށް ނާވް އޭޖެންޓެއް ބޭނުންކޮށްފައިވާކަމަށް ޖަރުމަނުވިލާތުން ބުނެފިއެވެ.

މިދިޔަ މަހުގައި މޮސްކޯއަށް ދަތުރުކުރައްވަން މަތިންދާބޯޓެއްގައި އިންނަވަނިކޮށް ނަވަލްނީގެ ހާލުކޮޅު ދެރަވެ މަތިންދާބޯޓުވަނީ ކުއްލި ޙާލަތުގައި ސައިބީރިއާގެ އޮމްސްކަށް ޖައްސައި، އެ ސިޓީގެ ހަސްފަތާލެއްގެ އައިސީޔޫގައި ފަރުވާ ދީފައެވެ.

ނަވަލްނީއަށް ޒަހަރު ދީފައިވާކަމަށް އޭނާގެ ޢާއިލާއާއި ވާގިވެރިން ތުހުމަތުކުރިއެވެ. ނަމަވެސް ނަވަލްނީއަށް ފަރުވާދިން ހަސްފަތާލުންވަނީ އޭނާއަށް ޒަހަރު ދީފައިވާކަމުގެ ހެއްކެއް ފެނިފައި ނުވާކަމަށް ބުނެފައެވެ.

އޭގެ ފަހުން، ޢާއިލާގެ އެދުމުގެ މަތިން އޭނާވަނީ އިތުރު ފަރުވާއަށް ޖަރުމަނުވިލާތަށް ގެންގޮސްފައެވެ. ބާލިންގައި ހުންނަ ހަސްފަތާލެއްގައި އޭނާއަށް މިހާރު ފަރުވާދެމުންދަނީ ވެންޓިލޭޓަރުގެ އެހީގައި އައިސީޔޫގައެވެ.

ޖަރުމަނު ޗާންސެލަރގެ ތަރުޖަމާނު ސްޓެފަން ސެއިބާޓް ވިދާޅުވީ ނަވަލްނީއަށް ގެއްލުން ދިނުމަށް ސޮވިއެޓް ޒަމާނުގެ ނާވް އެޖެންޓެއް ކަމަށްވާ ނޮވިޗޮކް ބޭނުންކޮށްވާކަމަށެވެ.

ނަވަލްނީ މަރާލަން މަސައްކަތްކޮށްފައިވާކަން މިހާރު ޔަގީންވެފައިވާކަމަށާއި އެކަމާގުޅޭ ގޮތުން ރަޝިޔާއިން ޖަވާބުދާރީވާން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. ނޭޓޯގެ ބައިވެރިންނާއެކު މައްސަލައާ ގުޅޭގޮތުން ޢަމަލުކުރާނެ ގޮތަކާމެދު މަޝްވަރާކުރައްވާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެއާއެކު ރަޝިޔާއަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފާނެކަމުގެ ފުރުޞަތު އޮތްކަމަށްވަނީ ބެލެވިފައެވެ.

ރަޝީއާގެ ރައީސް ތަރުޖަމާނު ޑިމިޓްރީ ޕެސްކޮވް ވިދާޅުވީ ޖަރުމަނުގެ ހޯދުންތައް ރިޝިއާ ސަރުކާރާ ހިއްސާ ކޮށްފައިނުވާ ކަމަށާއި އެކަލަ ޑޭޓާއެއް ވެސް ލިބިފައިނުވާ ކަމަށެވެ.

ނަވަލްނީ މަރާލަން ރަޝިޔާއިން އެއްވެސް މަސައްކަތެއް ކޮށްފައި ނުވާނެ ކަމަށާއި ޖަރުމަނުވިލާތުން ކުރަމުންދާ ތުހުމަތުތަކަށް ބާރުދޭ އެއްވެސް ހެއްކެއް ނެތްކަމަށެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: