ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނިޔާވެފައިވާ ފަރާތަކަށް ނިޔާވިފަހުން ފައިސާ ދިން މައްސަލައެއް ފެންމަތިކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ލޮކްޑައުންގެ މުއްދަތުގައި ރާއްޖޭން ބޭރުގައި ނިޔާވެފައިވާ ފަރާތަކަށް، ނިޔާވި ތާރީޚުގެ ފަހުން ފައިސާގެ އެހީ ދީފައިވާ މައްސަލައެއް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ފެންމަތިކޮށްފިއެވެ.

މިކަން ހާމަކޮށްފައިވަނީ ކޮވިޑް-19 އާއި ގުޅިގެން އެންސްޕާ އާއި އާސަންދަ ކުންފުނިން ކުރި ހަރަދުތަކުގެ ކޮމްޕަލަޔަންސް އޮޑިޓް ރިޕޯޓުގައެވެ.

އެ ރިޕޯޓުގައި ބުނެފައި ވަނީ ކޮވިޑް-19އާ ގުޅިގެން އާސަންދަ އިން ބޭސްފަރުވާ ކުރުމަށް އިންޑިއާ އަދި ސްރީލަންކާއަށް ގޮސް ތިބި ދިވެހިންގެ ތެރެއިން ހާލުގައި ޖެހިފައިވާ މީހުންނަށް ފައިސާގެ އެހީ ދީފައިވާ ގޮތް ޗެކުކުރުމުގައި، ލޮކްޑައުން ގެ މުއްދަތުގައި ރާއްޖޭން ބޭރުގައި ނިޔާވެފައިވާ ފަރާތަކަށް، ނިޔާވި ތާރީހުގެ ފަހުން ފައިސާގެ އެހީ ދީފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެގޮތުން އާސަންދައިގެ ދަށުން ބޭސްފަރުވާ ކުރުމަށް ރާއްޖެއިން ބޭރުގައި ހުރި ފަރާތެއް، 15 އޭޕްރީލް 2020 ގައި ނިޔާވެފައިވާކަން އޮޑިޓަރުންނަށް ލިބިފައިވާ ލިޔެކިޔުންތަކުން ފާހަގަވި ކަމަށާއި ބަލިމީހާ ނިޔާވިކަން 16 އޭޕްރީލް 2020 ގައި ހޮސްޕިޓަލުން އާސަންދަ ކުންފުންޏަށް އަންގާފައިވާ ކަމަށް އާސަންދަ ކުންފުނިން އޮޑިޓަށް މައުލޫމާތު ދީފައިވާ ކަމަށެވެ.

ނަމަވެސް، އެ ފަރާތް ނިޔާވި ތާރީޚުގެ ފަހުން އާސަންދަ ކުންފުނިން އަދި އެންސްޕާއިން ފައިސާގެ އެހީގެ ގޮތުގައި 9،898 ރުފިޔާ އެ ފަރާތުން ދީފައިވާ ބޭންކް އެކައުންޓަށް ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް އޮޑިޓުގައި ބުނެފައިވެއެވެ.

އޮޑިޓް ރިޕޯޓުގައި ވަނީ ނިޔާވެފައިވާ ފަރާތަށް ނިޔާވި ފަހުން ދީފައިވާ ފައިސާ ދިނުމުގައި އިހުމާލު ވެފައިވާ މުވައްޒަފުން މެދުވެރިކޮށް، މި ފައިސާ ހޯދާ ދައުލަތުގެ ޕަބްލިކް ބޭންކް އެކައުންޓަށް ޖަމާކުރުމަށް އަންގާފައެވެ.

މީގެ އިތުރުން ދައުލަތުގެ އޮފީސްތަކުގެ މުވައްޒަފުންގެ އިހުމާލުން ދައުލަތަށް ލިބޭ ގެއްލުންތަކަށް އެ މުވައްޒަފުން ޒިންމާ އުފުލަން ޖެހޭނެ ކަމަށާއި މިފަދަ މައްސަލައެއްގައި އެ މުވައްޒަފަކު އިއުތިރާޒު ކުރާނަމަ، ކަމުގެ ކުޑަބޮޑުމިނަށް ބަލައި އެ މައްސަލައެއް ހުށަހަޅަންޖެހޭ ފަރާތަކަށް ހުށަހެޅުމަށް ވެސް ވަނީ އަންގާފައެވެ.

އޭގެއިތުރުން މުސްތަޤުބަލުގައި މި ފަދަ ކަމެއް މެދުވެރި ނުވާނެ ގޮތަށް ކަންތައްތައް އިންތިޒާމްކޮށް ކަމާގުޅޭ އެންމެހައި ލިޔެކިޔުންތަކާއި ރިކޯޑުތައް އަދާހަމަކުރުމަށް ވެސް ވަނީ ލަފާދީފައެވެ.

ވަރަށް ގަދަ
33%ވަރަށް ގަދަ 67%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: