ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

100 ދުވަހަށް ފަހު ތައިލެންޑުން ކޮމިއުނިޓީ ސްޕްރެޑެއް ފެނިއްޖެ

ކޮވިޑް-19
ޝެއާރކޮށްލާ ކަހަލަދޯ؟

ސަތޭކަ ދުވަހަށް ފަހު ތައިލެންޑުން މުޖްތަމައު ތެރޭން ބަލިފެނިފައިވާ ކަމަށް ފުރަތަމަ ފަހަރަށް ރިޕޯޓްކޮށްފި އެވެ.

ހެލްތު އޮފިޝަލުން ބުނީ ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައި ވަނީ ކުށެއް ސާބިތުވެގެން ދާދި ފަހުން ބެންކޮކުގެ ޖަލެއްގައި ބަންދު ކުރި މީހެއް ކަމަށެވެ. ގައިދީން ކޮންމެ ދުވަހަކު ވެސް ޗެކް ކުރާ އުސޫލުން ޗެކްކުރި އިރު ޕޮޒިޓިވްވި އެ މީހާ އަކީ މިއިން ދުވަހަކު ގައުމުން ބޭރަށް ދަތުރުކޮށްފައިވާ މީހެއް ނޫން ކަމަށް ވެސް އޮފިޝަލުން ބުނެ އެވެ.

އުމުރުން 37 އަހަރުގެ އެ މީހާއާ، ވޭތުވެދިޔަ ދެ ހަފުތާ ތެރޭ ބައްދަލުވި އެންމެން ދެނެގަނެވި އެ މީހުން އައިސޮލޭޓްވުމަށް މިހާރު ވަނީ އަންގައިފަ އެވެ. އޭގެ ތެރޭގައި އެ މީހާ މަސައްކަތް ކުރި ތިން ތަނެއްގެ މުވައްޒަފުންނާއި އޭނާގެ މައްޗަށް ހުކުމްކުރި ކޯޓުގެ އޮފިޝަލުން ހިމެނެ އެވެ.

އެ ގައުމުން މިހާތަނަށް ޕޮޒިޓިވްވެފައި ވަނީ 3،427 މީހުންނެވެ. ތައިލެންޑުން 58 މީހުން މަރުވި އިރު އެކްޓިވްސް ކޭސްގެ އަދަދަކީ މިހާރު 96 އެވެ. އޭގެ ތެރޭން ސީރިއަސް ހާލަތުގައި އޮތީ އެންމެ މީހެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: