ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވިޔަފާރި ބަނދަރުން ދަންވަރު ގަޑީގައި ހިދުމަތް ދޭން ނަގާ ސާޗާޖު ކަނޑާލަނީ!

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ހިދުމަތްތައް/ ފޮޓޯ: އެމްޕީއެލް
ޝެއާރކޮށްލާ ކަހަލަދޯ؟
Share on facebook
Share on twitter
Share on whatsapp
Share on telegram
Share on print

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މާލޭގެ ވިޔަފާރި ބަނދަރުން ދަންވަރު ގަޑީގައި ހިދުމަތް ދޭން، ނަގަމުން ގެންދާ 30 އިންސައްތަ ޗާޖު ކަނޑާލުމަށް އެ ކުންފުނިން ނިންމައިފިއެވެ.

އެމްޕީއެލްއިން އާއްމުކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ކުންފުނިން ރޭގަނޑު ފޯރުކޮށްދޭ ހިދުމަތްތަކުގެ ތެރެއިން 23:30 އިން ހެނދުނު 7:30 އަށް ނަގަމުން ދިޔަ 30 އިންސައްތައިގެ ޗާޖު މި މަހުގެ 13 ވަނަ ދުވަހުން ފެށިގެން ކަނޑާލަން ނިންމާފައިވާ ކަމަށެވެ. އަދި މި ކުންފުނީގެ ބެލުމުގެ ދަށުގައިވާ ބަނދަރު ތަކުން ނަގާ ހޭންޑްލިން އަދި ވޯފޭޖް ޗާޖުތައް އެ މުއްދަތުން ފެށިގެން ބަދަލު ގެންނާނެ ކަމަށް ވެސް އެމްޕީއެލްއިން ވަނީ ބުނެފައެވެ.

އެމްޕީއެލްއިން މިގޮތަށް ނިންމާފައިވަނީ، ކުންފުނިން ސާޗާޖު ނަގާތީކަމަށް ބުނެ އެޖެންޓުންތައް އިތުރު ފީތަކެއް ނަގަމުންދާތީ އެވެ. މި ބަދަލާއި އެކު އެކި ނަންނަމުގައި ނަގާ ފީތަކަށް ނިމުމެއް ވެސް އަންނާނެ ކަމަށް އެމްޕީއެލްއިން ވަނީ ބުނެފައެވެ.

އެމްޕީއެލް ސަރަހައްދަކީ ކާރުބާރުބޮޑު ސަރަހައްދެއް ކަމަށްވާއިރު ރާއްޖެއަށް އެތެރެ ކުރެވޭ މުދަލުގެ 90 އިންސައްތައެއްހާ މުދާ ރާއްޖެއަށް ގެންނަނީ ކަނޑުމަގުންނެވެ. އަދި އެ މުދަލުގެ ތެރެއިން ގިނަ މުދާތައް ގެންނަނީ ކޮންޓެއިނަރުތަކުގައެވެ. އެމްޕީއެލްއިން ބުނެފައިވަނީ ހުރިހާ މުދަލެއް ވެސް އެމްޕީއެލްގެ ޕޯޓު ސަރަހައްދަށް ގެންނައިރު، އެތަނުން ކޮންޓެއިނަރުތައް ގެނެރަލް ގުޑްސްގެ ގޮތުގައި ބޭލުމަށްފަހު ދެން ކްލިއާ ކުރުމުގެ މަސައްކަތް ފެށޭ ކަމަށެވެ. އަދި ގިނަ އަދަދެއްގެ މުދާތައް އެއްގަމަށް އެތެރެ ވާއިރު، ކޮންޓެއިނާތައް ލޮރީތަކަށް ބަރުކޮށް މާލޭގެ ގުދަންތައް ނުވަތަ ފިހާރަތަކަށް ގެންދެވޭ ކަމަށް ކުންފުނިން ވަނީ ބުނެފައެވެ.

މާލޭ ކޮމާޝަލް ހާބަރު ސަރަހައްދުން ލޮރީތަކުގަ ނިކުންނަން ޖެހޭއިރު، އެ ސަރަހައްދު ތޮއްޖެހި ކާރުބާރުބޮޑުވުމުގެ ސަބަބުން ދަތިތަކެއް އަންނަ ކަން މީގެ ކުރިން ވެސް އެމްޕީއެލްއިން ވަނީ ފާހަގަކޮށްފައެވެ. އެ މައްސަލައަށް އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު ޝާހިދު އަލީ ވިދާޅުވީ ޕޯޓު ހުންނަ ސަރަހައްދުގައި، މަސް މާރުކޭޓާއި، ލޯކަލް މާރުކޭޓާއި އަދި ވިޔަފާރި އެކި ފިހާރަތަކުގެ އިތުރުން މާލެއަށް އަންނަ ބޯޓު ފަހަރުތަކުން މުދާ ބާލާނެ ގޮތެއް ވެސް ނޯންނަ ކަމަށެވެ. މަގު ވެސް ކުޑަވުމުގެ ސަބަބުން ޓްރެފިކް ޖޭމްވުމަކީ ވެސް ދިމާވާ ދަތިތަކެއްގެ ގޮތުގައި ޝާހިދު ވިދާޅުވިއެވެ. އަދި ވިދާޅުވީ އެންމެ ބޮޑު ދައްޗެއްގެ ގޮތުގައި ދިމާވަނީ، މުދާ ބާލާތަން ކުޑަވެފައި އަދި ޕޯޓުން ގިނަ އަދަދެއްގެ މުދާ މާލޭގެ މަގުތަކަށް ނިކުންނަން ޖެހޭ މައްސަލަ ކަމަށެވެ.

މުޅި ރާއްޖެއަށް ވެސް އަދި މާލެއަށް ވެސް ދިމާވާ އެންމެ ބޮޑު އެއް ދައްޗަކީ އެއީ، ލޯކަލް ހާބަރުތަކަށް ދިމާވާ ކޮންޖެޝަންސްކަމަށާއި މިހާރު މިދިމާ މައްސަލަތައް ނުނިކުންނާނެ ވަރުގެ ލޯކަލް ޕޯޓެއްކަމަށް އެމްޕީއެލްއިން ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: