ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުޅި ގައުމުން ފެންނަނީ ކާރިސާ: ޑރ ޖަމީލް

ކުރީގެ ނައިބް ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

މުޅި ގައުމުން ފެނިގެންދަނީ ކާރިސާކަމަށް ކުރީގެ ނައިބް ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

މިހާރު ޕީޕީއެމްގެ އެޑްވައިޒަރުކަންވެސް ކުރައްވަމުން ގެންދަވާ ޑރ ޖަމީލް ވިދާޅުވީ ‏ސަރުކާރުގެ އެންމެ އިސް ވާޖިބަކީ ޤައުމް އަމާނާތްތެރިކަމާއެކު ހިންގުންކަމަށެވެ.

އެހެންނަމަވެސް، ކޮވިޑާއި ގުޅިގެން ފެންނަމުންދަނީ ހުސް ޚިޔާނާތްކަމަށް ވިދާޅުވިއެވެ. އަދި ދަރަނިވެސް ދަނީ އިތުރުވަމުންކަމަށް ވިދާޅުވިއެވެ. ޚާރިޖީ ސިތާސަތުވެސް ވަނީ ފެއިލް ވެފައި ކަމަށާއި އަވަށްޓެރިންނާ މެދު ރައްޔިތުން ނަފްރަތު އުފެދިފައިވާ ކަމަށެވެ.

މިހުރިހާ ކަމެއް ދިމާވަމުންދަނީ ހަރުދަނާ ސިޔާސަތެއް ނެތުމުންކަމަށް ވިދާޅުވިއެވެ. އަދި ޤައުމީ މަސްލަހަތު ފަހަތަށްޖެހި، ކޮންމެ ދިމާލަކުން ފެންނަމުންދަނީ ކާރިސާތައް ކަމަށް ވިދާޅުވިއެވެ.

މިފަހަކަށް އައިސް އިދިކޮޅު ކޯލިޝަންގެ ފާޑުކިޔުން ސަރުކާރަށް ވަނީ ވަރަށް ބޮޑަށް އަމާޒުވެފައެވެ. އަދި ސަރުކާރު ޒިންމާދާރުކުރުވުމުގެ ނަމުގައި އިދިކޮޅު ކޯލިޝަނުން އެކި ހަރަކާތްތައް އަންނަނީ ހިންގަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: