ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“އަޅުގަނޑުގެ އިލްތިމާސްއަކީ އެފަދަ މީޑިއާތައް އަޑު ނޭހުން، ޤަބޫކުނުރުން”

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ ރިޔާސަތުގައި
ޝެއާރކޮށްލާ ކަހަލަދޯ؟

އެއްވެސް މީޑިއާއެއް އުވާލަން ބުނުމަކީ އެދެވޭ ގޮތެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިެން ވިދާޅުވެ ޓްވީޓް ކުރައްވާފައިވަނީ، ޗެނަލް13 އިން ގެނެސްދިން ޕްރޮގްރާމެއްގައި ރައީސް ޞާލިހުގައި އަިލފާން ރޯކޮށްލަން ޖެހޭކަމަށް ފޯނު ކޯލެއްގައި ބައިވެރިއަކު ގޮވާލި މައްސަލައެއް ހޫނުވެ، އެ މައްސަލަ ތަހުގީގުކުރަން ފަށާފައިވާ ދަނޑިވަޅެއްގައެވެ. އަދި ބައެއް ފަރާތްތަކުން، ޗެނަލް13 ބަންދުކުރަން ގޮވާލާމުންދާ ދާކަން ފާހަގަކޮށްލެވެއެވެ.

ރައީސް ނަޝީދުގެ ޓްވީޓުގައި ވިދާޅުވެފައިވަނީ، އެއްވެސް މީޑިއާ އަކުން ރުޅިވެރިކަމާއި ހަސަދައާއި ނަފުރަތާއި، ފިތުނަ ފަސާދަ އުފެއްދުމަކީ ބަލައިގަނެވޭނެކަމެއް ނޫން ކަމަށެވެ.

“އަޅުގަނޑުގެ އިލްތިމާސްއަކީ އެފަދަ މީޑިއާތައް އަޑުނޭއްސެވުން. ޤަބޫލުކުރެއްވުން” ރައީސް ނަޝީދު

ބްރޯޑްކާސްޓިން ކޮމިޝަނާއި ފުލުހުން މި މައްސަލަ ތަހުގީގުކުރަން ފަށާފައިވާއިރު، އެ މައްސަލައާއި ގުޅިގެން ޗެނަލް13 ގެ ފަރާތުން ވަނީ އެ ފަދަ ކޮޮންޓެންޓެއް ބްރޯޑްކާސްޓް ކުރެވުނީތީވެ މާފަަށް އެދި ބަޔާނެއް ނެރެފައެވެ. އަދި ޓެރަރިޒަމްގެ އަމަލުތަކަށް އެއްވެސް އިރެއްގައި ހިތްވަރުނުދެއްވާނެކަމަށާއި، އެ ފޯނުކޯލުވެސް ވަގުތުން މެދު ކަޑާލާފައިވާނެކަމަށްވެސް އެ ބަޔާނުގައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: