ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑްގެ ފިޔަވަޅުތަކުގެ ސަބަބުން ރައްޔިތުން ބިކަވާ ކަމަށް ބުނެ މަޖިލީހަށް ކުއްލި މައްސަލައެއް

ޑީއާރުޕީގެ ލީޑަރ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު...
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19އާ ގުޅިގެން ސަރުކާރުން އެޅި ފިޔަވަޅިތަކުގެ ސަބަބުން ދިވެހި ރައްޔިތުން ބިކަވަމުންދާ ކަމަށް ބުނެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅުއްވައިފި އެވެ.

ޖާބިރު ހުށަހެޅުއްވި ކުއްލި މައްސަލާގައި ބުނެފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ޗައިނާގެ ވޫހާން ސިޓީން ފެތުރިގެން އައި ކޮވިޑް-19 ދުނިޔޭގެ ހުރިހާ ކަންކޮޅުތަކަށް ފެތުރި މިދިޔަ މާޗު މަހުން ފެށިގެން ރޯގާގެ ބިރުވެރިކަން ރާއްޖެއާ ހަމައަށް ވަކި ހިތްޕާލާފައިވާ ކަމަށެވެ.

އަދި ގައުމުގެ ބޯޑަރުތައް ބަންދުކޮށް، އަދި ނެޝަނަލް ސްޓޭޓް އޮފް ހެލްތު އިމަޖެންސީގެ ހާލަތަށް ގައުމު ގެނެސް، ޖަޒީރާވަންތަ ރަށްތަކެއްގެ މައްޗަށް އުފެދިފައިވާ މި ގައުމުގެ އެއް ރަށުން އަނެއް ރަށަށް އެރުން މަނާކޮށް، އަދި ފުރަބަންދުގައި މީހުން ބައިތިއްބައި، ގެތައް މޮނިޓަރިންގެ ހާލަތަށް ގެނެސް، ފަތުރުވެރިކަމާއި، މަސްވެރިކަމާއި، ދަނޑުވެރިކަމާއި އަދި ޖުމްލަ ގޮތެއްގައި ދިވެހި އިގްތިސޯދުގެ ހުރިހާ ސިނާއަތްތައް ކުރިއަރައިދާން ފަސޭހަ މަގުތައް ބަންދުކޮށްފައިވާ ކަމަށެވެ.

އަދި ދިވެހިންގެ ވަޒީފާތައް ގެއްލި، ދިވެހި އާއިލާތައް ބިކަވެ، ދުވަހުން ދުވަހަކަށް ދިވެހި ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ދަށްވަމުންދާ މަންޒަރު ގާތުން ފެނިގެންދާ ދަނޑިވަޅެއްގައި، “ނިއު ނޯމަލް” އެއްގެ ނަމުގައި މިދިޔަ ޖުލައި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ގައުމުގެ ކޮވިޑް ހާލަތާއި ގުޅިގެން ނިންމާ ހުރިހާ ނިންމުންތައް ނިންމުމަށް ދިވެހި ސަރުކާރުން ކަނޑައަޅާފައިވާ އިދާރާ، އެޗްޕީއޭ އިން ލުއިތަކެއް ދިނުމުގެ ނަމުގައި ދިން ލުއިތަކަކީ ގައުމުގެ ހާލަތަށް ރިއާޔަތްކުރުމަކާއި ނުލައި، ދިން ލުއިތަކެއް ކަަމަށާއި އެކަމުގެ ސަބަބުން އަނެއްކާވެސް ގައުމުގެ އިގްތިސޯދު އަލުން އިއާދަކުރުމަށާއި، ނެގެހެއްޓުމަށް ހުރި ދޮރުތައް ބަންދުވެގެން ގޮސްފައިވާ ކަމަށެވެ.

އެ ފިޔަވަޅުތަކުގެ ސަބަބުން ދިވެހިންގެ ދަރަނިތައް ބޮޑުވެ، ދިރިއުޅުމުގެ އެންމެ އަސާސީ ހައްގުތަކުން ވަނީ މަހްރޫމްވެފައި ކަމަށް ވެސް ބުނެ އެވެ.

އޭގެ އިތުރުން ގަރާރުގައި އެގޮތުން ދިވެހި ރައްޔިތުންނަށް މާސްކު ލިބޭނެ ފަސޭހަ އަދި ރައްކާތެރި ގޮތެއް ކަނޑައަޅާފައި ނުވާ ކަމަށާއި ޖުލައި މަހުގެ 30 ވަނަ ދުވަހުން ފެށިގެން މާސްކު ނާޅައި މަގުމަތީގައި އުޅޭ ފަރާތްތައް 1000 ރުފިޔާއިން ޖޫރިމަނާކުރާ ގޮތަށް ނިންމާފައިވާ ނިންމުމާއި، އަދި ބަލި ކޮންޓްރޯލް ކުރުމުގެ ނަމުގައި އޮގަސްޓް މަހުގެ 4 ވަނަ ދުވަހުން ފެށިގެން ރޭގަނޑު 10 އިން ފެށިގެން 5 އާއި ހަމައަށް ބޭރުގައި މީހުން އުޅުން މަނާކޮށްފައި އޮންނަ އޮތުން ހިމެނެ އެވެ.

އަދި މާލެ، ހުޅުމާލެ، އަދި ވިލިމާލޭގައި އެއްގަމު އުޅަނދުތައް ދުއްވުން ރޭގަނޑު އަށެއްގެ ފަހުން ދުއްވުން މަނާކޮށް، ވެހިކަލް ދުއްވާ މީހުން ހުއްޓުވައި ޖޫރިމަނާކޮށް އަދި ކުށްތަކުރާރު ވެއްޖެނަމަ ވެހިކަލް ޓޯކޮށް އަދި ވެހިކަލް ދޫކުރެވޭނީ ޖޫރިމަނާ ދެއްކުމުން ކަމަށް ކަނޑައަޅައި، އެ ނިންމުންތަކަށް 14 ދުވަސް ފާއިތުވެގެން ދިޔައިރުވެސް، އެ ނިންމުންތައް މުރާޖައާނުކޮށް، ކޮވިޑް-19 އާ އެކުގައި ނޯމަލަސް ވެގެން ދިވެހިންގެ ދިރިއުޅުން ބައްޓަން ކުރުމަށް ހުރަސް އަޅާފައިވާ ކަމަށެވެ.

އޭގެ އިތުރުން ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް އެ ގައުމެއްގެ ހާލަތަށް ރިއާޔަތްކޮށް ރައްޔިތުންނަށް ދިރިއުޅުވޭނެ ފަސޭހަ މެކޭނިޒަމްއެއް ގާއިމުކުރެވޭނެ ފަދަ ގޮތަކަށް ގަވާއިދުތައް ކަނޑައެޅުމުގެ އިހްތިޔާރު ވާލްޑް ހެލްތު އޮގަނައިޒޭޝަން އިން ވެސް ދީފައިވާ ކަމަށާއި، ކުދި، މެދު އަދި ފުޅާ ދާއިރާއެއްގައި ކުރާ ވިޔަފާރިތައް މަޑުޖެހި، ދިވެހި އިގްތިސޯދު އަލުން އިއާދަނުކުރެވޭނެ ފައްތަރަކަށް ހިނގައިދާނެކަމުގެ ބިރު ވެސް ހީވެފައިވާ ކަމަށެވެ.

އަދި ދިވެހި ރައްޔިތުންނަށް ހިތްހަމަޖެހޭ ފަސޭހަ ދިރިއުޅުމެއް އުޅުނު ދިނުމަށް މިހާރު އެޗް.ޕީ.އޭ އިން ކަނޑައަޅާފައިވާ ގަވާއިދުތައް ތަންނުދޭތީ، ކޮވިޑް-19 އާ ގުޅިގެން ތަންފީޒު ކުރަމުންދާ ހުރިހާ ގަވާއިދުތައް އުވާލައި، ދިވެހި ރައްޔިތުން މި ރޯގާއާއި އެކުގައި އުޅެވޭނެ ނޯމަލައިސްޑް ދިރިއުޅުމަކަށް އެކަށީގެންވާ ގަވާއިދުތަކެއް ވަގުތުން ވަގުތަށް ހެދުމަށް ދިވެހި ސަރުކާރަށް ގޮވާލާ ހުށަހެޅި ކުއްލި މައްސަލައެއް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: