ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޖޭއޭގެ ރައީސް ކަމަށް ހަމްދޫން، ނައިބް ކަމަށް ރިފްޝާން!

ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ނޫސްވެރިންގެ ޖަމިއްޔާ، މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) ގެ ރައިސް ކަމަށް މިހާރު ނޫހުގެ ނޫސްވެރިޔާ އަދި އެސިސްޓެންޓް އެޑިޓަރު މުހައްމަދު ހަމްދޫން ހޮވިއްޖެ އެވެ.

އެ މަގާމަށް ހަމްދޫން ހޮވާފައިވަނީ އޮންލައިންކޮށް މިއަދު ބޭއްވި އެމްޖޭއޭގެ އާއްމު ޖަލްސާގައެވެ. 130 އަށް ވުރެ ގިނަ މެމްބަރުން ބައިވެރިވި އެ ޖަލްސާގައި ހަމްދޫން އެ ޖަމިއްޔާގެ ރައީސަކަށް ހޮވުނީ 66 ވޯޓުންނެވެ. އެ މަގާމަށް ހަމްދޫންއާ ވާދަކުރި “ދުވަސް”ގެ އެޑިޓަރު އަޒްމީ އަލީ އަށް ލިބިފައިވަނީ 59 ވޯޓެވެ.

ޖަމިއްޔާގެ ނައިބް ރައީސް ކަމަށް ހޮވިފައިވަނީ ވަން މީޑިއާ ގުރޫޕްގެ މެނޭޖިން އެޑިޓަރު އަލީ ރިފްޝާން އެވެ. އޭނާ އެ މަގާމަށް ހޮވިފައި ވަނީ 65 ވޯޓުންނެވެ. ދެން މި މަގާމަށް ކުރިމަތި ލާފައިވަނީ ވޮއިސް ޑޮޓް އެމްވީގެ ސީއީއޯ މުހައްމަދު ސައުޒަމްއެވެ. އޭނާ އަށް ލިބިފައިވަނީ 63 ވޯޓެއެވެ.

މީގެތެރެއިން މި ޖަލްސާގައި ވަނީ އެމްޖޭއޭގެ އިތުރު މަގާމުތަކަށް ވެސް މެމްބަރުން ހޮވާފައެވެ. އެގޮތުން އެމްޖޭއޭގެ ޖެނެރަލް ސެކްރެޓަރީއަކަށް “ސަން” އޮންލައިންގެ މެނޭޖިން އެޑިޓަރު އަހުމަދު ނާއިފު ހޮވުނުއިރު ބަޖެޓު ސެކްރެޓަރީއަކަށް ހޮވުނީ “ޖަޒީރާ” އޮންލައިންގެ ނާޒިމް ހަސަން އެވެ.

އަދި އެމްޖޭއޭގެ އާއްމު މެމްބަރުންގެ ގޮތުގައި ހޮވުނީ މުހައްމަދު ޖުނެއިދު އާއި “ސީއެންއެމް” ގެ ފާތިމަތު ސާޔާ އަހުމަދެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: