ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޫސުން ގޯސްވެ އުތުރަށް ވައިޓް އެލާރޓް ނެރެފި

މޫސުން ގޯސްވެފައިވަނިކޮށް ލޯންޗެއް ދަތުރު ކުރަމުންދަނީ: ފޮޓޯ ވީ ނިއުސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ އެކި ހިސާބުތަކަށް ކުރަމުންދާ ވިއްސާރައިގައި މޫސުން ގޯސްވެ ރާއްޖޭގެ އުތުރުގެ ބައެއް ރަށްތަކަށް ވެސް ވައިޓް އެލާރޓް ނެރެފިއެވެ.

އެގޮތުން މޯލްޑިވްސް މީޓްރޮލޮޖިކަލް ސާރވިސް އިން ވަނީ މިރޭގެ 20:20 އިން ދަންވަރު 02:00 އާ ހަމައަށް ހއ. އަތޮޅުން ބ އަތޮޅަށް ވައިޓް އެލާރޓް ނެރެފައެވެ.  އަދި އެ އެލާރޓްގައި ބުނެފައި ވަނީ އެ ވަގުތުގަތަކުގައި އެ ސަރަހައްދުތަކަށް ގަޑިއަކު 22 މޭލާއި 27 މޭލާއި ދެމެދުގެ ބާރުމިނެއްގައި ވައި ޖެހޭނެ ކަމަށެވެ. އަދި މި ސަރަހައްދުގެ ކަނޑުތައްވެސް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމުގައި ވެސް ބުނެފައި ވެއެވެ.
https://twitter.com/MetMaldives/status/1302263408029396992

ރާއްޖޭގެ ދެކުނާއި މެދުރާއްޖެތެރެއަށް ވެސް 55 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް ވަނީ ރީނދޫ އެލާރޠް ނެރިފައެވެ. މި އެލާރޓް ނެރިފައި ވަނީ މިރޭގެ 20:00 އިން ދަންވަރު 12:00 އަށެވެ. އަދި އެ ސަރަހައްދުތަކަށް އެ ވަގުތުގައި ބޯކޮށް ވާރެ ވެހޭނެ ކަމަށް މެޓް އޮފީހުން ބުނެފައި ވެއެވެ. އަދި ގަޑިއަކު 28 މޭލާއި 35 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ ކަމަށް ލަފާ ކޮށްފައި ވާއިރު، ވިލާގަނޑުގައި 55 މޭލަށް ވައިގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: