ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަގްސަދު ހާސިލް ނުވާ ކަމަށް ބުނެ “ވަގުތު” ނޫހުން، ކޮވިޑާ ދެކޮޅަށް މީީޑިއާތަކުން ފެށި ކެމްޕޭނުން ވަކިވެއްޖެ

މީޑިއާތައް ގުޅިގެން 'ކޮވިޑް ހުއްޓުވާނީ އަހަރެން' ކެމްޕެއިން ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

މަގްސަދު ހާސިލް ކުރުމަށް ހުރަސް އެޅޭ ކަމަށް ބުނެ “ވަގުތު” ނޫހުން ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް މީޑީއާތަކުން ފެށި ކެމްޕޭނުން ވަކިވެއްޖެއެވެ.

‘ކޮވިޑް ހުއްޓުވާނީ އަހަރެން’ ނަމުގައި މީޑީއާތަކުން ކެޕްމެއިނެއް ލޯންޗު ކޮށްފައި ވަނީ މި މަހުގެ 1 ވަނަ ދުވަހުއެވެ. އެ ކެމްޕެއިން ރަސްމީކޮށް ފައްޓަވައި ދެއްވީ ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެވެ.

“ވަގުތު” ނޫހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކޮވިޑް ކޮންޓްރޯލް ކުރުމަށް ރައްޔިތުން ހޭލުންތެރި ކުރުމުގެ މަސައްކަތް އެކަށީގެންވާ ގޮތެއްގައި ނުކުރެވި، އެއްވެސް ނަތީޖާއެއް ނުނެރެވޭ ވާހަކަތައް ގިނަ ބައްދަލުވުންތަކުގެ ސަބަބުން ކެމްޕޭނުން ހާސިލް ކުރަން ބޭނުންވާ މަގްސަދު ހަސިލްކުރަން ހުރަސް އެޅިފައިވާތީ ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް މިޑިއާތަކުން ފެށި ކެމްޕޭނުން ވަކިވާން އެ ނޫހުން ނިންމާފައިވާކަމަށެވެ.

“ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް މީޑިއާތަކުން ފެށި ކެމްޕޭންގެ ނާޖާއިޒު ފައިދާތަކެއް ނަގައިގެން ބައެއް ފަރާތްތަކުން ގެންދަނީ އަމިއްލަ މަންފާތަކެއް ހާސިލް ކުރުމަށް މަސައްކަތް ކުރުމުންނެވެ. ގައުމު ބޮޑު ނުރައްކަލެއްގައި ވަނިކޮށް އެނުރައްކަލުން ގައުމު ސަލާމަތް ކުރުމުގައި މީޑިއާތަކުގެ ހިއްސާއެއް އޮތުން އެއީ މުހިންމު ކަމެއް ކަމުގައި ދެކިގެން ފެށި ކެމްޕޭންގެ އަމާޒު މިހާރު ހުރީ ކެމްޕޭން ފެށިއިރު ހާސިލް ކުރަން ބޭނުންވި މަގްސަދު ހާސިލްވާނެ ގޮތަށް ކަމަށް އަޅުގަނޑުމެން ގަބޫލެއް ނުކުރަމެވެ.” ނޫސްބަޔާނުގައި ވެއެވެ.

ވަގުތު ނޫހުން ބުނީ ކޮވިޑާ ގުޅިގެން މީޑީއާތަކުން ފަށާފައިވާ ކެމްޕޭނުން ވަކިވި ނަމަވެސް ކޮވިޑާ މެދު ރައްޔިތުން ހޭލުންތެރި ކުރުވުމުގެ މަސައްކަތް އެއްވެސް މަޑުޖެހުމެއް ނެތި އެ މީހުން ކުރަމުން ގެންދާނެ ކަމަށެވެ. އަދި މިހާތަނަށް ވެސް ކޮވިޑާ ގުޅޭ ހަބަރުތައް އެންމެ އަވަހަށް އެންމެ ފުރިހަމައަށް އަދި އެންމެ ގިނައިން ގެނެސްދިން މީޑިއާއަކީ އެ ނޫސް ކަމަށް ބަޔާނުގައި ވެއެވެ. އެހެންކަމުން ކުރިއަށްއޮތް ތަނުގައި ވެސް އެ ނޫހުން މިހާރެކޭ އެއްގޮތަށް ކޮވިޑާ ގުޅޭ ހަބަރުތައް ގެނެސްދޭނެ ކަމަށް އެ ނޫހުން ބުނެއެވެ.

ވަރަށް ގަދަ
2%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 4%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 2%ވަރަށް ދެރަ 92%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: