ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑރ.މައުސޫމަށް ރުހުން އޮތްތޯ މިއަދު ބަލަނީ!

ޓުއަރިޒްމް މިނިސްޓަރ ޑރ މައުސޫމާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ޝެއާރކޮށްލާ ކަހަލަދޯ؟

ޑރ.އަބްދުﷲ މައުސޫމަށް ރުހުން ދިނުމުގެ މައްސަލަ މިއަދު އޮންނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.

ޑރ.މައުސޫމަށް ރުހުން ދިނުމުގެ މައްސަލަ އަލުން އެޖެންޑާ މިކުރީ ޓޫރިޒަމް މިނިސްޓަރުކަމާ ހަވާލުވެވަޑައިގެންނެވި އިރު ކުންފުންޏެއްގެ މަގާމެއްގައި ހުންނެވުމުން އުފެދުނު ސުވާލުތަކާ ހެދި އޭނާ ކުރެއްވި ހުވައިގެ ސައްހަކަމާއިމެދު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ސުވާލު އުފެއްދެވުމުންނެވެ. މައުސޫމް އެ ކުންފުނިން އިސްތިއުފާ ދެއްވީ މަގާމުގެ ހުވާ ކުރެއްވުމަށްފަހުއެވެ. އެސުވާލުގެ ތެރެއިން ރުހުން ދިނުން ފަސްކުރުމުން، ޑރ.މައުސޫމްވަނީ މަގާމުން އިސްތިއުފާ ދެއްވާ އަލުން މަގާމުގެ ހުވާ އޮގަސްޓްމަހުގެ 31 ގައި ކުރައްވާފައެވެ.

އާއްމު އުސޫލުގެތެރެއިން ރައްޔިތުންގެ މަޖިލިސް ކުރިއަށްދާނަމަ މިއީ ޗުއްޓީ ދުވަސްވަރެވެ. ނަމަވެސް ޓޫރިޒަމް މިނިސްޓަރކަމަށް ޑރ.މައުސޫމަށް ރުހުން ދިނުމަށްޓަކައި މަޖިލިސް އިދާރާއިން މެމްބަރުންގެ ޗުއްޓީ ފަސްކޮށްލީއެވެ. މިއަދުގެ ޖަލްސާ ފެށުމަށް ހަމަޖެހިފައިވާ ގަޑިއަކީ މެންދުރުފަހު 02:00 އެވެ.

މައުސޫމް ދެ ވަނަ ފަހަރަށް ހުވާ ކުރެއްވުމަށް ރައީސް އޮފީހަށް އަންގަން ހުށަހެޅުއްވީ ދިއްދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އަބްދުﷲ ވަހީދެވެ. އެއަށްފަހު މިމަހުގެ 1 ވަނަ ދުވަހު، ޑރ. އަބްދުﷲ މައުސޫމަށް އަނެއްކާވެސް ރުހުންދޭން މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ވަނީ ފާސްކޮށްފައެވެ.

ޓޫރިޒަމް މިނިސްޓަރު ކަމަށް މައުސޫމް އައްޔަން ކުރެއްވީ އެ މަގާމުގައި ކުރިން ހުންނެވި އަލީ ވަހީދު އެ މަގާމުން މިދިޔަ ޖުލައި މަހު ވަކި ކުރެއްވުމުންނެެވެ. އަލީ ވަހީދު ވަކި ކުރެއްވީ ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކެއްގައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: