ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިނަދޫ ދާރުލްއާސާރުން ބައެއްތަކެތި ވަގަށް ނަގައިފި

ތިނަދޫ ދާރުސް އާސާރުން ވައްކަން ކޮށްފައި-- ފޮޓޯ: ހުވަދޫ ނިއުސް
ޝެއާރކޮށްލާ ކަހަލަދޯ؟

ގދ. ތިނަދޫގައި ހުންނަ ހުވަދޫ ސަރަހައްދީ ދާރުލްއާސާރަށް ބަޔަކު ވަދެ އެތަނުގައި ހުރި ބައެއް ތަކެތި ވަގަށް ގެންގޮސްފިއެވެ.

ހެރިޖޭޓް މިނިސްޓްރީން ބުނީ ތިނަދޫގައި ހުންނަ ދާރުލްއާސާރަށް ރޭ ބަޔަކު ވަދެ އެތަނުގައި ހުރި ބައެއް ތަކެތި ވަގަށް ގެންގޮސްފައިވާ ކަމަށެވެ.

ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުން އެ މައްސަލަ މިހާރު ފުލުހަށް ހުށަހަޅާފައިވާއިރު، ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

ފުލުހުން ބުނެފައިވަނީ މި މައްސަލަ ފުލުހަށް ހުށަހަޅާފައިވަނި ރޭ 21:40 އެހާކަށްހާއިރު ކަމަށެވެ. އަދި މިހާތަނަށް ފުލުހުން ކުރި މަސައްކަތުން ގެއެއް ބަލައި ފާސްކޮށް ބައެއް ތަކެތި ހޯދިފައިވާ ކަމަށެވެ. އެގޮތުން ކޮމްޕިއުޓާ ސިސްޓަމްގެ ސިސްޓަމް ޔުނިޓަކާއި ކީބޯޑަކާއި މައުސް އެއް ހޯދިފައިވާ ކަމަށް މައުލޫމާތު ދެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: