ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުލުހުން އަނިޔާކުރި ބިދޭސީއެއް ޖަލު ބަންދުގައި، އަނިޔާ ކުރި ފުލުހުން މިނިވަން ކަމާއެކު ރަށުތެރޭގައި

މާފަންނު ގެ އެއްގެ ތެރޭގައި ފުލުހުން ބިދޭސީއަކަށް އަނިޔާކުރި މަންޒަރު
ޝެއާރކޮށްލާ ކަހަލަދޯ؟
  • ބިދޭސީ މީހާއަށް ފުލުހުން އަނިޔާކުރީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ފަސްަ ވަނަ ދުވަހު
  • މަސްތުވާތަކެތީގެ މައްސަލައިގައި ބިދޭސީ މީހާ ހައްޔަރުކޮށް ޝަރީޢަތް ނިމެންދެން ވަނީ ބަންދުކޮށްފަ
  • ބިދޭސީ މީހާއަށް އަނިޔާކުރި ފުލުހުންގެ މައްޗަށް ދައުވާ އުފުލި ނަމަވެސް އެ މީހުން ތިބީ ދޫކޮށްލާފަ

މަސްތުވާތަކެތީގެ މައްސަލައެއްގައި ފުލުހުންގެ ހިންގި އޮޕަރޭޝަނެއްގެ ތެރެއިން މާފަންނު ގެއަކަށް ވަދެ ބިދޭސީއަކަށް ފުލުހުންގެ އޮފިސަރުންތަކެއް އަނިޔާކުރި މައްސަލަ މީޑުއާތަކުގައި ފެންމަތިވެން އައީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ.

އެގޮތުން މާފަންނު ގެއެއްގެ ތެރޭގައި ފުލުހުން ވަދެ ބިދޭސީއަކަށް އަނިޔާ ކުރާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވިއެވެ. ވީޑިއޯއިން ފެންނަ ގޮތުން އޮފިސަރުން ވަނީ ބިދޭސީ މީހާ ފާރަށް ޖަހައި، އަތުންނާއި ފައިން އޭނާގެ މޫނަށާއި ހަށިގަނޑުގެ އެކި ތަންތަނަށް ހަމަލާދީފަ އެވެ. އަދި އެ ވީޑިއޯ އަށް ފަހު ފުލުހުން ވަނީ ވީޑިއޯ ރިވިއުކޮށް ތަހުގީގެއް ފަށައިފަ އެވެ. އަދި އެ ކަމުގައި ބައިވެރިވި އޮފިސަރުން ވަނީ ވަގުތުން ސަސްޕެންޑްކޮށްފަ އެވެ.

މި ދިޔަ އަހަރުގެ ޖުލައި މަހުގެ ފަސް ވަނަ ދުވަހު ފުލުހުންގެ ހިންގި މި އޮޕަރޭޝަންގައި ބިދޭސީ މީހާ ހައްޔަރު ކުރުމަށް ކުރި މަސައްކަތުގައި އޭނާ އަށް އަނިޔާކުރި މައްސަލަ އޭރު ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީއަށް ހުށަހެޅި ފުލުހުންގެ ކޮމެޓީއަށް ހާޒިރު ކޮށް މައްސަލަ ކުރިއަށް ގެންދިޔައެވެ. ނަމަވެސް ފަހުން އެ މައްސަލައެއް ނީނުވީއެއް ސާފުވެފައެއް ނުވެއެވެ.

މީގެއިތުރުން މަސްތުވާތަކެތީގެ ތުހުމަތުގައި ބިދޭސީ މީހާ ހައްޔަރުކޮށް އޭނާ ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. އަދި ބިދޭސީ މީހާއަށް އަނިޔާ ކުރި ފުލުހުން ސަސްޕެންޑްކޮށް އެ ފުލުހުންގެ މައްސަލަ ތަހުގީގު ކުރުމަށް ފަހު އަށް ފުލުހުންގެ މައްޗަށް ދައުލަތުން ވަނީ ދައުވާ އުފުލާފައެވެ.

އެގޮތުން މިދިޔަ އަހަރުގެ ތެރޭގައި މައްސަލައިގައި ދައުވާ އުފުލި ނަމަވެސް މިހާތަނަށް މި މައްސަލައިގައި ބާއްވާފައި ވަނީ އެންމެ އަޑުއެހުމެކެވެ. އަދި ބިދޭސީ މީހާއަށް އަނިޔާ ކުރި ކަމަށް ތުހުމަތު ކުރެވޭ ފުލުހުން ކޯޓުން ވަނީ ދޫކޮށްލާފައެވެ.

ފުލުހުންގެ މީޑިޔާ އޮފިޝަލު މައުލޫމާތު ދެއްވި ގޮތުގައި މިމައްސަލާގައި 11 މީހެއްގެ މައްޗަށް ފުލުހުން ތަޙުޤީޤު ހިންގާފައިވެއެވެ. އަދި 11 މީހުންގެ މައްޗަށް ދަޢުވާކުރަން ފުލުހުން ފޮނުވިއެވެ. ނަމަވެސް ޕީޖީ ދަޢުވާކުރަން ބަލައިގަނެފައިވަނީ 8 ފުލުހެއްގެ މައްސަލައެވެ.

މިމައްސަލާގައި ޝާމިލުވަނީ ކުރައިމްސް ކޮމާންޑުގެ ފުލުހުން ކަމަށްވާތީ އެފުލުހުންގެ މައްސަލަ ތަޙުޤީޤުކުރީ އެހެން ދާއިރާތަކަށް ނިސްބަތްވާ އިންވިސްޓެގޭޝަން އޮފިސަރުންގެ މައްޗަށް އެކުލެވޭ ޓީމަކުން ކަމުގައިވެސް ފުލުހުން ވިދާޅުވިއެވެ.

ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގެ ފުލުހުންގެ ތެރެއިން މިމައްސަލާގައި ތުހުމަތުވާ ފުލުހުން ޑީމޯޓުކުރުމާއި ޑިޕާޓްމަންޓު ބަދަލުކުރަން ޑިސިޕްލިނަރީ ބޯޑުން ކުރިން ނިިންމާފައިވެއެވެ. އެއަދަބަކީ މާލުއި އަދަބެއް ކަމުގައި ޤަބޫލުކުރެވިގެން އެމައްސަލަ އަލުން އެބޯޑުގައި އިސްތިއުނާފުކުރުމުންވެސް ބޯޑުންވަނީ އެނިންމުން ދަމަހައްޓާފައެވެ. އެހެންކަމުން އެމައްސަލައާ ގުޅިގެން އެއްވެސް ފުލުހެއް ވަޒީފާއިން ވަކިކޮށްފައިނުވެއެވެ.

މި މައްސަލައާއި ގުޅޭ ގޮތުން “ސަންގު” އަށް މައުލޫމާތު ދެއްވަމުން ބިދޭސީ މީހާގެ ގާނޫނީ ވަކީލް ވިދާޅުވީ މިހާތަނަށް މި މައްސަލައިގައި ބާއްވާފައި ވަނީ އިބްތިދާއީ އެންމެ އަޑުއެހުމެއް ކަމަށާއި އޭގެ ފަހުން އަހަރަކަށް ވުރެ ގިނަ ދުވަސް ވެގެން ދިޔައިރުވެސް މައްސަލައިގައި އެއްވެސް އަޑުއެހުމެއް ބާއްވާފައި ނުވާ ކަމަށެވެ.

ވަކީލް ވިދާޅުވީ ބިދޭސީ މީހާ ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވާއިރު އޭނާ ބަހައްޓާފައި ހުރީ މާލޭ ޖަލުގައި ކަމަށް ވިދާލުވިއެވ.

މީގެއިތުރުން ބިދޭސީ މީހާގެ ވަކީލް ވިދާޅުވީ ބިދޭސީ މީޙާ ޝަރީޢަތް ނިމެންދެން ބަންދުގައި ބަހައްޓާފައި ހުންނަ އިރު އޭނާ އަށް އަނިޔާކުރި ފުލުހުން މިނިވަން ކަމާއިއެކު މުޖުތަމައުއަށް ދޫކޮށްލާފައި ބޭތިއްބުމަކީ ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި ޝަރީޢަތް ކުރުމެއް ނެތި ބިދޭސީ މީހާ ޖަލުގައި ބަންދުކޮށްފައި ބެހެއްޓުމަކީ ރާއްޖެ ބައިވެރިވެފައިވާ ބައިނައްލަޣުވާމީ މުއާހަދާތަކާއި ހިލާފް ކަމެއް ކަމަށް ވަކީލް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: