ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފެއްދިދާނެތަ؟

އިކޮނަމިކް މިނިސްޓަރ ފައްޔާޒް އިސްމާއީލް : ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގައި ވިޔަފާރީގައި ދާއިރާގައި ދުނިޔޭގެ ތަރައްގީވަމުން އަންނަ އެހެން ގައުމުތަކާއި އަޅާބަލާއިރު ވިޔަފާރީގެ ވާދަވެރި މާހައުލެއް ނެތް ވާހަކައަކީ އަބަދުވެސް ދައްކަމުންދާ ވާހަކައެކެވެ. ހާއްސަކޮށް ވިޔަފާރީގެ ދާއިރާއަށް އަލަން ނިކުންނަން ބޭނުންވާ ޒުވާނުންނަށް ވިޔަފާރީގެ ދާއިރާގައި ކުރިއަށް ދިއުމަށް ފުރުސަތު ނުލިބޭކަމީ ދެބަސްވެވެންނެތް ހަގީގަތެކެވެ.

އެހެންކަމުން ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދައި ދެމެހެއްޓުމަކީ ރައިސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގެ ވަރަށް މުހިންމު ސިޔާސަތެކެވެ. އެގޮތުން ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދައި ދެމެހެއްޓުމަށްޓަކައި ރައީސް ސާލިހުގެ ސަރުކާރުން އެންމެ ފުރަތަމަ އެކުލަވާލީ ވިޔަފާރީގެ ދާއިރާގައޮ ވާދަވެރިކަން އުފައްދައި ދެމެހެއްޓމުގެ ގާނޫނީ ނިޒާމެކެވެ.

މި ގާނޫނުގެ ބޭނުމަކީ ދިވެހިރާއްޖޭގައި ވިޔަފާރީގެ ދާއިރާގައި ވާދަވެރި ސަގާފަތެއް އުފައްދައިގެން ވިޔަފާރިތައް ކުރިއަރުވައި، ވިޔަފާރިތަކުގެ ފެންވަރު މަތިކޮށް ދެމެހެއްޓުމަށާއި، ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން ހަނިވާގޮތަށް ހިންގާ ވިޔަފާރީގެ ޢަމަލުތަކުގެ ސަބަބުން ޤައުމުގެ އިޤްތިޞާދީ ކުރިއެރުމަށް ކުރާ ނޭދެވޭ އަސަރުތައް ހުއްޓުވުމެވެ.

އެގޮތުން  ވިޔަފާރީގެ ދާއިރާގައި ވާދަވެރި ސަގާފަތެއް އާލާކުރުމާއި، ވިޔަފާރީގެ ދާއިރާގައި ވާދަވެރި މާޙައުލެއް ކުރިއަރުވައި ދެމެހެއްޓުމާއި ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދައިގެން ވިޔަފާރިތައް ކުރިއަރުވައި، ވިޔަފާރިތަކުގެ ފެންވަރު މަތިކުރުމާއި، ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދައިގެން ވިޔަފާރީގައި އާ ގޮތްތަކާއި، އާ ވިސްނުންތަކާއި އާ އުފެއްދުންތަކާއި ޚިދުމަތްތައް ތަޢާރުފުކުރުމަށް ހިތްވަރުދިނުމަކީ ގާނޫނޫގެ މަގުސަދެކެވެ.

މީގެއިތުރުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދިވެހިރާއްޖޭގެ އިޤްތިޞާދުގައި ބައިވެރިވުމުގެ ފުރުޞަތުތައް ހުޅުވާލުމާއި، އެފަދަ ވިޔަފާރިތަކަށް އެ ފުރުޞަތުތައް ކަށަވަރުކޮށްދިނުމާއި، މުދާ ގަތުމާއި ޚިދުމަތް ހޯދުމުގައި ޢާންމުންނަށް އޮންނަ އިޚްތިޔާރާއި ފުރުޞަތުތައް އިތުރުކުރުން؛ އަދި ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން ހަނިވާގޮތަށް ހިންގާ ވިޔަފާރީގެ ޢަމަލުތަކުގެ ސަބަބުން ޤައުމުގެ އިޤްތިޞާދީ ކުރިއެރުމަށް ކުރާ ނޭދެވޭ އަސަރުތައް ހުއްޓުވުމަށްޓަކައި ހަރަދުނާ ނިޒާމެއް ގާއިމް ކުރުމަކީ ގާނޫނުގެ މަގުސަދެއް ކަމަށް ވަނީ ބުނެފައެެވެ.

އެގޮތުން ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން ގެއްލޭ ގޮތަށް ވިޔަފާރިތަކަށް ހަނިވާ ގޮތަށް އަދި އިގްތިސާދަށް ގެއްލުންވާފަދަ ކަންކަން ހުއްޓުވުމަށްޓަކައި ހާއްސަ ފިޔަވަޅުތަކެއް ގާނޫނުގެ ދަށުން އެޅިގެންދާނެއެވެ.

ފިޔަވަޅުތަކުގެ ތެރޭގައި ހިމެމެނީ ވިޔަފާރީގެ ދާއިރާގެ ވާދަވެރިކަމަށް ހުރަސްއަޅާ އެއްބަސްވުންތަކާއި ވިޔަފާރީގެ ޢަމަލުތައް މަނާކުރުމާއި، މާކެޓުގައި ނުފޫޒުފޯރުވޭނެ މަޤާމެއް ލިބިފައިވާ ވިޔަފާރިއަކުން އެފަދަ މަޤާމެއްގެ ބޭނުން ނަހަމަގޮތުގައި ބޭނުންކުރާ ކުރުން މަނާކުރުމާއި އަދި އެއް ވިޔަފާރިއެއް އަނެއް ވިޔަފާރިއަކާ މަރޖްކުރުމުގެ ސަބަބުން ވިޔަފާރީގެ ދާއިރާގެ ވާދަވެރިކަމަށް އާދަޔާ ޚިލާފަށް ހުރަސްއެޅިގެންދާދިޔުން ކޮންޓްރޯލްކުރުން ހިމެނެއެވެ.

ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފެއްދުމާއި ދެމެހެއްޓުމުގެ ގާނޫނުގައި ބުނެފައިވާ ގޮތުގައި  އެއްވެސް މުދަލެއް ނުވަތަ ޚިދުމަތެއްގެ މާކެޓުގެ ވާދަވެރިކަން ނައްތާލުމުގެ މަޤްޞަދުގައި ނުވަތަ ވާދަވެރިކަމަށް ހުރަސްއެޅުމުގެ ނުވަތަ ނޭދެވޭ ބަދަލެއް ގެނައުމުގެ މަޤްޞަދުގައި ވިޔަފާރި ހިންގާ ދެ ފަރާތެއްގެ ނުވަތަ އެއަށްވުރެ ގިނަ ފަރާތްތަކުގެ މެދުގައި އެއްބަސްވުމެއް ވުމަކީ ނުވަތަ އެފަދަ ޢަމަލެއް ހިންގުމަކީ ޤާނޫނުގެ ދަށުން މަނާކަމެކެވެ.

ގާނޫނުގައި ބުނެފައިވާ ގޮތުގައި ވިޔަފާރި ހިންގާ ދެ ފަރާތެއް ނުވަތަ އެއަށްވުރެ ގިނަ ފަރާތްތަކުގެ މެދުގައި ވެވޭ އެއްބަސްވުމެއްގެ ސަބަބުން ނުވަތަ އެފަރާތްތަކުގެ މެދުގައި ހިންގާ ޢަމަލެއްގެ ސަބަބުން އެއް ވެސް މުދަލެއްގެ ނުވަތަ ޚިދުމަތެއްގެ މާކެޓުގެ ވާދަވެރިކަން ނެތިދާފަދަ ނުވަތަ ވާދަވެރިކަމަށް ހުރަސްއަޅާ ނުވަތަ ނޭދެވޭ ބަދަލެއް އަންނަފަދަ ނަތީޖާއެއް ކުރިމަތިވެއްޖެނަމަ، އެފަދަ އެއްބަސްވުމެއް ނުވަތަ ޢަމަލެއް ބާތިލް ކުރެވޭނެއެވެ. އަދި އެފަދަ އެއްބަސްވުެއް ހެދުމަކީ ވެސް މަނާ ކަމެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.

ދިވެހިރާއްޖޭގައި ވިޔަފާރި ކުރާ ފަރާތްތަކަށް ހާއްސަކޮށް އަލަށް ވިޔަފާރީގެ ދާއިރާއަށް ނިކުންނަ ޒުވާނުންނަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ވިޔަފާރީގެ ދާއިރާގައި ގިނަ ދުވަސްވެފައިވާ ވިޔަފާރިވެރިންގެ ނުފޫޒް ގަދަވުމެވެ. ގާނޫނުގެ ދަށުން ނުފޫޒްގަދަ ވިޔަފާރިވެރިންގެ ސަބަބުން ވިޔަފާރީގެ ވާދަވެރިކަމަށް އުޅޭ ހުރަސްތައް ނައްތާ؛ެވޭނެ ނިޒާމެއް ވެސް ގާނޫނުގެ ތެރެއިން ވަނީ ލިބިގެން ގޮސްފައެވެ.

އެގޮތުން މާކެޓެއްގައި މުދަލެއް ނުވަތަ ޚިދުމަތެއް ވިއްކުމަށް ނުފޫޒުފޯރުވޭފަދަ މަޤާމެއް ލިބިފައިވާ ވިޔަފާރި ހިންގާ ފަރާތަކުން، އެފަރާތުން އަމިއްލައަށް ނުވަތަ އެހެން ފަރާތަކާ ގުޅިގެން ނަމަވެސް، އެ ވިޔަފާރި ހިންގާ ފަރާތަކަށް ލިބިފައިވާ މަޤާމުގެ ބޭނުން ނަހަމަގޮތުގައި ހިފުމަށްޓަކައި ނުކުރެވޭނެ ކަންކަން ގާނޫނުގައި ވަނީ ޖަނީ ކަނޑައަޅާފައެވެ.

ގާނޫނުގައި ބުނެފައިވާ ގޮތުގައި ވާދަވެރި އެހެން ވިޔަފާރި ހިންގާ ފަރާތެއްގެ ވިޔަފާރި ނައްތާލުމުގެގޮތުން މުދާ ނުވަތަ ޚިދުމަތުގެ އަގަށްވުރެ ދަށް އަގެއްގައި އެ މުދަލެއް ނުވަތަ ޚިދުމަތެއް ފޯރުކޮށްދިނުމަކީ މަނާ ކަމެކެވެ. ހަމައެހްމެ ވާދަވެރި އެހެން ވިޔަފާރި ހިންގާ ފަރާތެއްގެ ވިޔަފާރި ނައްތާލުމުގެގޮތުން އިންސާފުވެރި ނޫން އަގެއް ކަނޑައެޅުމާއި، ވާދަވެރި އެހެން ވިޔަފާރި ހިންގާ ފަރާތެއްގެ ވިޔަފާރި ނައްތާލުމުގެގޮތުން ވަކި ވިޔަފާރިއަކަށް ނުވަތަ ވިޔަފާރިތަކަކަށް މުދާ ފޯރުކޮށްދިނުމަށް އިއުތިރާޒުކުރުމާއި،  ކަސްޓަމަރުންނަށް ގެއްލުންވާނެގޮތަށް މުދާ އުފެއްދުން ކޮންޓްރޯލްކުރުން ނުވަތަ ޓެކްނޮލޮޖީ ތަރައްޤީކުރުން ކޮންޓްރޯލްކުރުމާއި،  ކަސްޓަމަރުންނަށް ގެއްލުންވާނެގޮތަށް މުދަލެއް ނުވަތަ ޚިދުމަތެއް ލިބޭނެ ތަންތަނުގެ ޢަދަދު ކޮންޓްރޯލްކުރުމަކީ ވެސް ގާނޫނުގެ ދަށުން މަނާ ކަމެކެވެ.

މީގެއިތުރުން  ވާދަވެރި ވިޔަފާރިއެއް އެ މާކެޓުން ބޭރުކޮށްލުމުގެގޮތުން ނުވަތަ ވިޔަފާރިއަކަށް ވަކި މާކެޓަކަށް ވަދެވުނަ ނުދިނުމަށްޓަކައި ހުރަސްއެޅުމުގެގޮތުން، ނުވަތަ އެ ވިޔަފާރިއެއް ފުޅާވުމުގެ ފުރުޞަތު ނުދިނުމުގެގޮތުން އެއް ބާވަތެއްގެ މުޢާމަލާތްތަކަކާ ގުޅިގެން އެއް ޙާލަތެއްގައިވާ ދެ ވިޔަފާރިއެއް ތަފާތުކުރުމާއި، އެފަދަ ވިޔަފާރިއަކަށް ތަފާތުވާނެގޮތަށް ޝަރުޠު ކަނޑައެޅުން؛ ނުވަތަ ވިޔަފާރީގެ މުޢާމަލާތްތަކާ ގުޅިގެން ހަދަންޖެހޭ އެއްބަސްވުމެއް ހަދާނީ، އެ އެއްބަސްވުމުގެ އަނެއް ބައިވެރިޔާ އިތުރު އެހެން އިލްތިޒާމްތައް އަދާކުރުމަށް އެއްބަސްވާ ގޮތުގެމަތިންކަމަށް ޝަރުޠުކުރުން. އަދި، މިގޮތަށް ޝަރުޠުކުރާ އިލްތިޒާމްތަކަކީ، އެފަދަ އެއްބަސްވުމެއްގައިވާ މައިގަނޑު ކަންކަމާ އޭގެ ޒާތުގައި އެއްވެސް ގުޅުމެއް ނެތް ނުވަތަ ވިޔަފާރީގެ ބޭނުމަށް ބެލިނަމަވެސް، އެއްވެސް ގުޅުމެއް ނެތް އިލްތިޒާމްތަކަކަށްވުމަކީ ވެސް ގާނޫނުގެ ދަށުން މަނާކަމެއް ކަމަށް ވަނީ ކަނޑައަޅާފައެވެ.

ކޮންމެއަކަސް އަޅުގަނޑުގެ މި ރިޕޯޓުގައި މި ހިމަނާލީ ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފެއްދުމާއި ދެމެހެއްޓުމާއި ގުޅޭ ގޮތުން އެކުލަވާލެވުނު ގާނޫނީ އޮނިގަނޑުގެ ތެރެއިން މުހިންމު ބައިތަކެވެ. އުންމީދަކީ ވިޔަފާރީގެ ދާއިރާއަށް ކުރިއެރުވުމަށް ސަރުކާރުން އަލަށް މިގެނައި ގާނޫނީ އޮނޮގަނޑިގެ ސަބަބުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އިތުރު ދޮރުތައް ހުޅިވި ޒުވާނުންނަށް ވިޔަފާރީގެ ދާއިރާއިން އިތުރު ކުރިއެރުން ލިބެގެންދާނެ ކަމަށެވެ. ހަގީގަތަކީ ވިޔަފާރީތައް ކުރިއަރައި ވިޔަފާރީގެ ދާއިރާގައި ޒުވާނުންނަށް ކުރިއެރުން ލިބިގެންދާނީ ކަނޑައަޅާފައިވާ ގާނޫނީ އޮނިގަނޑު ތަންފީޒް ކުރެވިގެންނެވެ. އެ ނޫން ގޮތަކަށް އެއްވެސް ދާއިރާއެއް ކުރިނާރާނެ ކަމީ ގަބޫލު ކުރަން ޖެހޭ ހަގީގަތެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: