ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރަކަށް އިމާދު އައްޔަނު ކުރަން މަޖިލީހުން ރުހުން ދީފި

އަހުމަދު އިމާދު-- ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ޑެޕިއުޓީ ގަވަރުނަރު ކަމުގެ މަގާމަށް އަހްމަދު އިމާދު އައްޔަނު ކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ޑެޕިއުޓީ ގަވަރުނަރުގެ މަގާމަށް އިމާދު އައްޔަންކުރަން ރުހުންދޭން ފެންނަކަމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފައިވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހުގައެވެ. އޭނާއަށް ރުހުން ދެއްވަން ފެންނަކަމަށް މަޖިލީހުގެ ތަޅުމުން ފާސްކޮށްފައިވަނީ 69 މެމްބަރުންގެ ވޯޓާއެކުގައެވެ.

އިމާދު އެމަގާމަށް އައްޔަންކުރައްވަން ފެންނަކަމަށް ފާސްވީ ކޮމިޓީގައި ބައިވެރިވެ ވަޑައިގެންނެވި 10 މެމްބަރުންގެ އިއްތިފާގުންނެވެ.

އެ މަގާމަށް އިމާދު އައްޔަން ކުރަން މަޖިލީހަށް ފާސްކުރިއިރު އޭނާ މީގެކުރިން ހުންނެވީ އެމްއެމްއޭގެ މަނިޓަރީ ޕޮލިސީ ރިސާޗު އެންޑް ސްޓެޓިސްޓިކްސް ޑިވިޝަންގެ އެކްޒެކެޓިވް ޑިރެކްޓަރެއްގެ މަގާމުގަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: