ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގައުމު ވައްޓާލާފައި އަރައިގަންނަން އޮތް މަގު ބަންދުކުރަން ސަރުކާރުން ކުރާ މަސައްކަތަށް ރައްޔިތުން ޖަވާބު ދޭނެ: ޝިޔާމް

ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް: ފޮޓޯ ޕީޕީއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުން ގައުމު ވައްޓާލާފައި އަރައިގަންނަން އޮތް މަގު ބަންދުކުރަން ކުރާ މަސައްކަތަށް ރައްޔިތުން ޖަވާބު ދޭނެ ކަން ޔަގީން ކަމަށް އިދިކޮޅު ޕީޕީއެމްގެ ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް މިހެން ވިދާޅުވީ ޗައިނާ އިން މަސައްކަތް ކުރަނީ ފައިސާ ދީގެން ރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލި ކުރަން ކަމަށް އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަލީ އާޒިމް ވިދާޅުވުމާ ގުޅިގެންނެވެ.

އާޒިމަށް ރައްދު ދެއްވައި ޝީޔާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި ނާގާބިލު ސަރުކާރުން ގައުމު ވައްޓާލާފައި އަރައިގަންނަން އޮތް މަގު ބަންދުކުރަން ކުރާ މަސައްކަތަށް ރައްޔިތުން ޖަވާބު ދޭނެކަން ޔަގީން ކަމަށެވެ.

ރޭ ރާއްޖެޓީވީން ގެނެސްދިން ޕްރޮގްރާމެއްގައި އާޒިމް ވިދާޅުވީ ރާއްޖޭގެ ސިޔާސީ ކަންކަމުގެ ތެރެއަށް ޗައިނާ އިން ނުވަނުމަށް އެދޭ ކަމަށާއި ފައިސާ ދީގެން ކަންކަން ނުކުރުމަށް ގޮވާލާ ކަމަށެވެ.

“ކަނޑައެޅިގެން ޗައިނާއިން ފައިސާ ދީގެން އަޅުގަނޑުމެންގެ މިއޮތް މާހައުލު، އަޅުގަނޑުމެންގެ މިގައުމު ހަލަބޮލި ކުރަން. މިއޮތް ނުރައްކާތެރި ދަނޑިވަޅުގައި މިގައުމު ހަލަބޮލި ކުރަން އެކުރާ މަސައްކަތް ނުކުރައްވާށޭ. އަޅުގަނޑު ބޭނުން ޗައިނާ ސަރުކާރަށް ވެސް އަދި ޗައިނާ ސަފީރާ އަޅުގަނޑު ބޭނުން މިވާހަތަކައް ދަންނަވަން. އެހެން ނަހައްދަވާށޭ” އާޒިމް ވިދާޅުވިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އަވަށްޓެރި އިންޑިއާ އަށް ވުރެ ބޮޑަށް ރާއްޖެއިން ގުޅުންް ބަދަހިކޮށްފައިވަނީ ޗައިނާއާއެވެ. އެގޮތުން އެ ސަރުކާރުން ހިންގި ބޮޑެތި ގިނަ މަޝްރޫއުތައް ހިންގަން ހަވާލުކޮށްފައިވަނީ ވެސް ޗައިނާގެ ކުންފުނިތަކަށެވެ.

ނަމަވެސް މި ސަރުކާރު ވެރިކަމާ ހަވާލުވުމަށްފަހު އަލުން ވަނީ އިންޑިޔާއާ ވަރަށް ބޮޑަށް ގުޅުން ބަދަހި ކޮށްފައެވެ. އަދި އިންޑިއާއިން ވަނީ ރާއްޖެއަށް ގިނަ ގޮތްގޮތުން އެހީވެސް ވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: