ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގްރޭޓާ މާލޭ އިންޓާކަނެކްޝަން ޕްރޮޖެކްޓާއި އެކު ޕަވާ ސެކިއުރިޓީގެ ކަށަވަރު ވެގެން ދާނެ: ސްޓެލްކޯ

ގްރޭޓާމާލެ ސަރަހައްދުގެ ކަރަންޓު އެއް ވިއުގައަކުން ގުޅާލުމަށް ކުރިޔަށް ގެންދާ ޕްރޮޖެކްޓް
ޝެއާރކޮށްލާ ކަހަލަދޯ؟

ގްރޭޓާމާލެ ސަރަހައްދުގެ ކަރަންޓު އެއް ވިއުގައަކުން ގުޅާލުމަށް ކުރިޔަށް ގެންދާ ޕްރޮޖެކްޓްގެ ފޭސް އެކެއް ނިމުމުން ގްރޭޓާރ މާލެ ސަރަހައްދުގެ ޕަވާ ސެކިއުރިޓީގެ ކަށަވަރު ވެގެން ދާނެ ކަމަށް ސެޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ ވިދާޅުވެއްޖެއެވެ.

ކަރަންޓު ހިދުމަތް ދޭ މައި ކުންފުނި، ސްޓެލްކޯއިން މި ޕްރޮޖެކްޓާއި ގުޅޭގޮތުން މީޑިއާތަކަށް މައުލޫމާތު ދެމުން ބުނެފައިވަނީ ހުޅުލޭގައި އަޅާ ސަބްސްޓޭޝަނަކީ ގްރޭޓާ މާލޭ އިންޓާކަނެކްޝަން ޕްރޮޖެކްޓްގެ ވަރަށް މުހިންމު ބައެއް ކަމަށެވެ. އެގޮތުން ގްރޭޓާ މާލޭ އިންޓާކަނެކްޝަން ނުވަތަ ގުރިޑް ޕްރޮޖެކްޓްގެ ފުރަތަމަ ފޭސްގައި ހުޅުމާލެއާއި، މާލެ ގުޅާލަން ނިންމާފައިވާއިރު، އެ ސަބްސްޓޭޝަންގެ ސަބަބުން ހުޅުލެ ވެސް އެ ގްރިޑާ ގުޅިގެންދާނެ ކަމަށް ވަނީ ބުނެފައެވެ.
މި ޕްރްޖެކްޓްގެ ދެވަނަ ފިޔަވަހީގައި މާލެއާއި، ވިލިނގިލި، ތިލަފުށި އަދި ގުޅިފަޅު އެއްގުރިޑަކުން ގުޅާލަން ނިންމާފައިވާ ކަމަށް ސްޓެލްކޯ އިން ބުންޏެވެ. އަދި އެ ޕްރޮޖެކްޓްގެ މަސައްކަތް ނިމުމުން، މާލޭގައި ހުންނަ އިންޖީނުގެއަކީ ހަމަ އެކަނި ބެކަޕެއްގެ ގޮތަށް ބޭނުން ކުރެވިގެންދާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މުޣުނީ ވިދާޅުވީ މިހާރު ކުރެވެމުން ދާ މަސައްކަތަކީ ގްރޭޓާ މާލޭގެ އިންޓަރ ކަނެކްޝަން މަޝްރޫއުގެ ފޭސް އެކެއްގެ މަސައްކަތް ކަމަށެވެ. ކޮވިޑުގެ ސަބަބުން މަޝްރޫއުއަށް ކޮންމެވެސް ވަރެއްގެ ދަތިކަމެއް އައި ނަމަވެސް، މިހާރު އަނެއްކާވެސް ނޯމަލް ސްޕީޑެއްގައި މަސައްކަތް ފެށިގެން ކުރިޔަށް ދާ ކަމަށް މުޣުނީ ވިދާޅުވިއެވެ.

ގްރޭޓާމާލެ ސަރަހައްދުގެ ކަރަންޓު އެއް ވިއުގައަކުން ގުޅާލުމަށް ކުރިޔަށް ގެންދާ ޕްރޮޖެކްޓް

މިވަގުތު ކުރިޔަށް ދާ މަސައްކަތަކީ މާލޭގައި ބަހައްޓާ ދެ ޓްރާންސްފޯމަރު ވެއްދުމުގެ މަސައްކަތް ކަމަށް މުޣުނީ ވިދާޅުވިއެވެ. އަދި މި ޓްރާންސްފޯމަރަކީ 95 އެމްވީއޭގެ ޓްރާންސްފޯމަރު ކަމަށާއި، މި ގޮތަށް ހުޅުމާލޭގައި ވެސް 95 އެމްވީގެ ދެ ޓްރާންސްފޯމަރު ބަހައްޓާނެ ކަމަށް މުޣުނީގެ ވާހަކައިގައި ވަނީ ފާހަގަ ކުރައްވާފައެވެ. އޭގެ އިތުރުން ހުޅުލޭގެ ޓްރާންސްފޯމަރު އޮންޕޮޒިޝަންގައި ބަހައްޓާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

“މާލޭގައި މި ބަހައްޓާ ދެ ޓްރާންސްފޯމަރަށް ފަހު. ހުޅުމާލޭގެ ޓްރާންސްފޯމަރު ބެހެއްޓުމުގެ މަސައްކަތް ކުރިޔަށް ގެންދެވޭނެ. ދެން މި މަސައްކަތް ކުރިޔަށް ގެންދާއިރު އަޅުގަނޑުމެންނަށް ތަފާތު އެކި ގޮންޖެހުންތައް ދިމާވެގެން ދިޔަ، އެއީ މަސައްކަތްތަކުގެ ޝެޑިއުލްއަށް ބަދަލުތަކެއް ގެންނަން ޖެހުނު ކޮވިޑާއި ގުޅިގެން، ޗައިނާގެ ދަތުރުތައް ހުއްޓުމުން. އަދި ރާއްޖޭގެ ބޯޑަރުތައް ވެސް ބަންދު ކުރުމާއި އެއްކޮށް” މުޣުނީ

ދަތިތަކެއް ދިމާވީ ނަމަވެސް ސަރުކާރުން ކުރި މަސައްކަތްތަކުގެ ތެރެއިން، ޗާޓަރު ފްލައިޓެއް ހަމަ ޖެހި އިންޖީނަރުން އައުމާއި އަދި ބޭނުންވާ ތަކެތި ގެނައުމުގެ އިންތިޒާމުތައް ހަމަޖެހިގެން ދިޔަކަމަށް މުޣުނީ ވިދާޅުވިއެވެ. އެގޮތުން މިވަގުތު މަސައްކަތްތަކުގައި ހަރަކާތްތެރިވަމުން ދަނީ ތަޖުރިބާކާރު އިންޖީނިއަރުންގެ ޓީމެއް ކަމަށް މުޣުނީ ވިދާޅުވިއެވެ.

މިވަގުތު މަސައްކަތް ކުރިޔަށް ދާ ސްޕީޑަށް ބަލާ އަންނަ އަހަރުގެ ފުރަތަމަ ކުއާޓާރ އަށް މަސައްކަތް ނިންމާލެވޭނެ ވަރުވާނެ ކަމަށް މުޣުނީ ލަފާ ކުރެއްވިއެވެ. އަދި މި މަސައްކަތް ނިމުމާއި އެކު 100 މެގަ ވޯޓުގެ ކެރީއިން ކެޕޭސިޓީ ލިބިގެން ދާނެ ކަމަށެވެ.

މުޢުނީ ވިދާޅުވީ މާލެ އާއި ހުޅުމާލޭގެ މަސައްކަތް ނިމުމުން ގްރޭޓާރ މާލެ ސަރަހައްދުގެ ޕަވާ ސެކިއުރިޓީގެ ބޮޑު ބައެއް ނިމިގެން ދާނެ ކަމަށެވެ.
ޕްރޮޖެކްޓްގެ ދަށުން ގާއިމް ކުރަމުން އަންނަ ސަބްސްޓޭޝަން ތަކުގެ ތެރެއިން މާލޭގައި ގާއިމް ކުރާ ސަބްސްޓޭޝަންގެ ފްލޯރިންގެ މަސައްކަތް ވަނީ ނިމިފައެވެ.
ސަބްސްޓޭޝަންތަކަށް ބޭނުންވާ ކޭބަލްތައް އެޅުމަށް ކޭބަލް ޑަކްޓްސް މިހާރު ހުޅުމާލެ ލިންކްރޯޑްގައި ހަދަމުން އަންނަ އިރު، އެކަމަށް ބޭނުންވާ ކޭބަލްތައް ރާއްޖެ ވަނީ ގެނެސްފައެވެ.

ވަރަށް ގަދަ
67%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 33%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: