ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދަރަނީގެ އަދަދުތަކުން ބުނެދެނީ އަޅުވެތިކަމަށް މި ގައުމު ހުށަހެޅިފައިވާ މިންވަރު: ޝިޔާމް

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ދަރަނި މަތިވަމުންދާއިރު، އެ އަދަދުތަކުން ބުނެދެނީ އަޅުވެތިކަމަށް މި ގައުމު ހުށަހެޅިފައިވާ މިންވަރު ކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބް ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ފިނޭންސް މިނިސްޓްރީ އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖޭގެ ޖުމްލަ ދަރަނި ވަނީ 73.9 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް ބޭރުގެ ދަރަނި ހުރީ 37.7 ބިލިއަން ރުފިޔާގަ އެވެ. އެތެރޭގެ ދަރަނި ހުރީ 36.1 ބިލިއަން ރުފިޔާގަ އެވެ.

ރާއްޖޭގެ ދަރަނި ދުވަހެއް ދުވަހަކަށް މަތިވަމުންދިއުމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައި ޝިޔާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދަރަނީގެ އަދަދުތަކުން ދައްކުވައިދެނީ ގައުމުގެ ނިކަމެތި ހާލުތު ކަމަށާއި ފޮރިން އިންވެސްޓަރުންނާއި ފަންޑު އެޖެންސީތަކަށް މިއީ ބިރުވެރި އަދަދުތަކެއް ކަމަށެވެ.

“އަދަދުތައް ބުނެދެނީ ސަރުކާރުގެ ނާގާބިލްކަން، އަދަދުތަކުން ބުނެދެނީ އަޅުވެތިކަމަށް މި ގައުމު ހުށަހެޅިފައިވާ މިންވަރު.” ޝިޔާމް ވިދާޅުވިއެވެ.

މިއަހަރުގެ ދެވަނަ ކުއާޓަރުގެ ނިޔަލަށް ރާއްޖޭގެ ދަރަނި ގާތްގަނޑަކަށް 74 ބިލިއަނަށް އަރާފައިވާއިރު ސަރުކާރުން ވަނީ ކޮވިޑް19 އާއި ގުޅިގެން އެކި ކަންތަކަށް ބޭރުން ލޯނު ހޯދައިފައެވެ. ރާއްޖެއަށް އާމްދަނީ ލިބެމުން އައި މައި ސިނާއަތްކަމަށްވާ ޓޫރިޒަމް ސިނާއަތް ހުއްޓި އާމްދަނީ ލިބެނެ ގޮތްތައް ހުއްޓިފައިވާއިރު، ރައްޔިތުންނަށް ފޯރުކޮށްދެންޖެހޭ ހިދުމަތްތައް ފޯރުކޮށްދިނުމަށް ސަރުކާރުން ވަނީ ގިނަ އަދަދެއްގެ ލޯނު ނަގައިފައެވެ. އަދި ސެންޓްރަލް ބޭންކުން ވަނީ ހަތަރު ބިލިއަން ރުފިޔާ އޯވާޑްރޯ ކޮށްފަ އެވެ.

ދަރަނި މަތިވަމުން ދިޔަ ނަމަވެސް ދަރަނި މެނޭޖު ކުރުމުގެ ގާބިލްކަން އެބަހުރި ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: