ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާގެ ބޯޓު އައީ ކޯސްޓްގާޑާއި އިންޑިއަން ނޭވީ ގުޅިގެން ހިންގާ އޭރިއަލް ސަވައިލަންސް ޕެޓްރޯލުގައި ބައިވެރިވުމަށް!

ހަނިމާދޫއަށް ޖެއްސި އިންޑިއާގެ އަސްކަރީ ދެ މަތިންދާބޯޓު
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާގެ އަސްކަރިއްޔާގެ ދެ ޑޯނިއާ ބޯޓު ހަނިމާދޫ އެއާޕޯޓަށް ޖައްސާފައިވަނީ އެމްއެންޑީއެފް ކޯސްޓްގާޑާއި އިންޑިއަން ނޭވީ ގުޅިގެން ހިންގާ އޭރިއަލް ސަވައިލަންސް ޕެޓްރޯލުގައި ބައިވެރިވުމަށްކަމަށް ގައުމީ ދިފާއީ ބާރު އެމްއެންޑީއެފްއިން ބުނެފިއެވެ.

ހަނިމާދޫގެ އެއާޕޯޓަށް އިންޑިއާގެ އަސްކަރިއްޔާގެ ދެ ބޯޓު ޖައްސާފައިވަނީ، ސިލްސިލާކޮށް ރާއްޖޭގައި އީއީޒެޑް ބެލުމަށް އެމްއެންޑީއެފްގެ ސިފައިންނާއި ގުޅިގެން ކުރިޔަށް ގެންދާ އޮޕަރޭޝަނަކަށް ކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ. މިއީ އެމްއެންޑީއެފް ކޯސްޓްގާޑާއި އިންޑިއަން ނޭވީ ގުޅިގެން ހިންގާ ސަވައިލަންސް ޕެޓްރޯލުގައި ބައިވެރިވުމަށް އައި ޑޯނިއާރ ބޯޓެކެވެ.

އާއްމު ގޮތެއްގައި މިފަދަ އެކްސަސައިޒްތަކުގެ ބޭނުމަށް ރާއްޖެއަށް އިންޑިއާގެ ސިފައިން އާދެއެވެ. އެހެން ނަމަވެސް، މި ދުވަސް ވަރަކީ ރާއްޖޭގައި އިންޑިއާގެ ސިފައިން ބޭސްވެ ތިބިކަމަށް ވާހަކަތައް ދެކެވޭ ދުވަސްވަރަކަށްވާއިރު ސޯޝަލް މީޑިއާގައި އިންޑިއާގެ އަސްކަރިއްޔާ ބޯޓުގެ ފޮޓޯތަކާއި ވީޑިއޯތައް ދަނީ ދައުރުވަމުންނެވެ. އެމްއެންޑީއެފުން މީީޑިއާތަކަށް މި މައްސަލައިގައި މައުލޫމާތުތައް ދިނީ ސޯޝަލް މީޑިއާގައި ފޮޓޯތައް ދައުރުވެ މީީޑިއާތަކުން ވެސް ސުވާލުކޮށް ހަބަރުތައް ގެނެސްދޭން ފެށުމުންނެވެ.

މައުލޫމާތު ލިބޭ ގޮތުގައި، އިންޑިއާގެ ބޯޓު ޖެއްސިއިރު އެކަން އިމިގްރޭޝަންއަށް ނާންގައެވެ. އަދި އެކަން ސާފު ކުރުމަށް އެމްއެންޑީއެފް އާއި ސުވާލު ކުރުމުން އެއްވެސް ޖަވާބެއް ދީފައި ނުވެއެވެ. އޭގެ އިތުރުން އޮޕަރޭޝަންގައި ހަރަކާތްތެރިވާ ސިފައިން ކޮވިޑަށް ޓެސްޓު ކުރިތޯ އާއި ހަނިމާދޫގައި ބޭސްވެގެން ތިބޭނީ ކޮންތަނެއްގައި ތޯ ވެސް ނޫސްވެރިން ސުވާލު ކުރިއެވެ. އެހެން ނަމަވެސް އެއަށް އެއްވެސް ޖަވާބެއް ނުލިބެއެވެ.

އެމްއެންޑީއެފް ކޯސްޓްގާޑާއި އިންޑިއަން ނޭވީ ގުޅިގެން ހިންގާ އޭރިއަލް ސަވައިލަންސް ޕެޓްރޯލުގައި ބައިވެރިވުމަށް އިންޑިއަން ނޭވީގެ ޑޯނިއާ ފްލައިޓު ހަނިމާދޫއަށް ޖައްސާފައިވަނީ މިއަދުގެ ހެނދުނުއެވެ. އަދި މިއަދުން ފެށިގެން މިމަހުގެ 16 ގެ ނިޔަލަށް ރާއްޖޭގެ ހާއްސަ އިގްތިސާދީ ކަނޑުގެ ސަރަޙައްދުގައި އެމްއެންޑީއެފް ކޯސްޓްގާޑާ ގުޅިގެން އޭރިއަލް ސަވައިލަންސް ޕެޓްރޯލް ކުރާގޮތަށް އޮޕަރޭޝަން ކުރިޔަށް ގެންދާނެ ކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.

2009 ވަނަ އަހަރުން ފެށިގެން އެމްއެންޑީއެފް ކޯސްޓްގާޑާއި އިންޑިއާ ނޭވީ ގުޅިގެން ކުރިޔަށްދާ މި ޕެޓްރޯލަކީ، ރާއްޖޭގެ ކަނޑައެޅޭ ވަކި ސަރަޙައްދެއްގައި ސިލްސިލާކޮށް ހިންގަމުންދާ ޕެޓްރޯލްތަކުގެ ތެރެއިން ހިންގޭ ޕެޓްރޯލެއް ކަމަށް އެމްއެންޑީއެފްއިން މައުލޫމާތު ދެއެވެ. މި ސަވައިލަންސް ޕެޓްރޯލްގައި ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުގައި ގާނޫނާއި ގަވައިދާ ހިލާފަށް ކަނޑުމަތީގެ އެއްވެސް ކަމެއް ހިނގާތޯ ބަލާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: